
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ލާއިންސާނީ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށް ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ވެފައި ވަނިކޮށް، ޔަހޫދީން ޣައްޒާގައި އަނެއްކާ ވެސް ވަރުގަދަ ޙަމަލާއެއް ދީފިއެވެ. ޙަމަލާ ދިނުން ހުއްޓައިލުމަށް މި އަހަރުގެ އޮކްޓޯބަރު މަހުގެ 9ވަނަ ދުަވަހު އެއްބަސްވުމެއް ޤާއިމް ކުރި ނަމަވެސް މިއަދާ ހަމައަށް ވެސް ޔަހޫދީން ދަނީ އެކި ގޮތްގޮތުން އެއްބަސްވުމާ ޚިލާފުވަމުންނެވެ. ނަމަވެސް އެންމެ ފަހުން ދީފައި މިވާ ޙަމަލާއަކީ އެއްބަސްވުމަށް ޢަމަލުކުރަން ފެށިފަހުން ދީފައިވާ ޙަމަލާތަކުގެ ތެރެއިން އެންމެ ގިނަ ޢަދަދެެއްގެ މީހުން ޝަހީދުވި ޙަމަލާއެވެ. ޔަހޫދީން ވަނީ ޣައްޒާ ސިޓީގެ ޒައިތޫން އަވަށުގައި ޢާއިލާއެއް ގޮވައިގެން ދަތުރުކުރި އުޅަނދަކަށް ޙަމަލާދީ، އެ ޢާއިލާއަށް ނިސްބަތްވާ 11 މީހުން ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ހަތް ކުޑަކުދިންނާއި ތިން އަންހެނުން ހިމެނެއެވެ.
ޣައްޒާގެ މަދަނީ ދިފާޢުގެ ތަރުޖަމާނު މަޙްމޫދު ބަސަލް ވިދާޅުވީ އެ މީހުން ޝަހީދުކޮށްލާފައި ވަނީ އެއްވެސް އިންޒާރެއް ދިނުމެއް ނެތި ކަމަށެވެ. އެ ކަމުން ވެސް ދޭހަކޮށްދެނީ ޔަހޫދީން އަދިވެސް ތިބީ ޣައްޒާގެ ރައްޔިތުންގެ ލޭއޮހޮރުވުމަށް ފެން ބޮވައިގެންފައިވާ މިންވަރު ކަމަށް އޭނާ ވިދާޅުވިއެވެ. ޙަމާސުން ވަނީ ޔަހޫދީންގެ މި ޙަމަލާ ކުށްވެރިކޮށް، އެއީ ބޮޑު ލޭއޮހޮރުވުމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެ ޖަމާޢަތުން ބުނީ ޔަހޫދީން އަބޫ ޝަމާން ޢާއިލާއަށް ޙަމަލާދީފައި ވަނީ ޙަމަލާ ދޭންޖެހޭ އެއްވެސް މަގުބޫލު ސަބަބެއް ނެތި ކަމަށެވެ. ޙަމާސުން ވަނީ އެއްބަސްވުމަށް އިޚްތިރާމްކޮށް، އެއާ އެއްގޮތަށް އަމަލު ކުރުމަށް ހިތްވަރު ދިނުމަށް ޔަހޫދީންނަށް ފިއްތުންތައް ކުރިމަތިކުރުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި އެއްބަސްވުން އެކުލަވައިލުމުގައި އެހީތެރިވި ޤައުމުތަކުގެ ކިބައިން އެދިފައެވެ.
ޣައްޒާގެ 53 އިންސައްތަ އަދިވެސް އޮތީ ޔަހޫދީންގެ ބާރުގެ ދަށުގައެވެ. އެއްބަސްވުން ޤާއިމްކުރި ފަހުން ވެސް ޔަހޫދީން ވަނީ ޣައްޒާގެ 38 މީހުން ޝަހީދުކޮށްލައިފައެވެ. އަދި ޣައްޒާއަށް ކޮންމެހެން ބޭނުންވާ އެހީގެ ސާމާނާއި ކާބޯތަކެތި އެ ސަހަރަށް ވެއްދުން އަދިވެސް އޮތީ ދަތިކޮށްފައެވެ. ހަމައެއާއެކު ޣައްޒާއާއި މިޞްރާ ދެމެދު އޮންނަ ރަފަޙް ހުރަސް އަދިވެސް އޮތީ ބަންދުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
