
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބަންގްލަދޭޝްގެ މައި ވައިގެ ބަނދަރު ކަމަށްވާ ހަޒްރަތު ޝާހް ޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުގައި އަލިފާން ރޯވެ، ފްލައިޓްތަކަށް ބުރޫ އެރުމަށްފަހު އަލުން ދަތުރުތައް ފަށައިފިއެވެ. ހަޒްރަތު ޝާހް ޖަލާލް ވައިގެ ބަނދަރުގައި އަލިފާން ރޯވެފައި ވަނީ އޮކްޓޯބަރު މަހުގެ 18ވަނަ ދުވަހުގެ ވަގުތެއްގައި، އެ ވައިގެ ބަނދަރުގެ ކާގޯ ސަރަޙައްދުގައެވެ. އެ އަލިފާންގަނޑު ނިވައިލުމަށް އަލިފާން ނިއްވައި 37 ޔުނިޓަކުން މަސައްކަތްކޮށްފައިވެއެވެ. ބަންގްލަދޭޝްގެ އަސްކަރިއްޔާއާއި ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިން ވެސް އެ މަސައްކަތުގައި ބައިވެރިވެފައިވެއެވެ. އެ އަލިފާންގަނޑު މިހާުރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އަދި ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނެއެވެ.
ހަޒްރަތު ޝާހް ޖަލާލް ވައިގެ ބަނދަރުގައި އަލިފާން ރޯވުމުގެ ސަބަބުން ވައިގެ ބަނދަރުން ދެމުންދިޔަ ޚިދުމަތްތަކަށް ވަރަށް ބޮޑަށް ބުރޫއަރާފައިވެއެވެ. އެ ގޮތުން ފްލައިޓްތައް ފުރުމާއި ޖެއްުސުން ލަސްވެ، އެހެނިހެން މަސައްކަތްތައް ވެސް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. ޚިދުމަތް މެދުކަނޑާލާފައި ހަ ގަޑިއިރެއްހާއިރު އޮތުމަށް ފަހު، ޙާލަތު ރަނގަމުވުމާއެކު މިރޭގެ ވަގުތެއްގައި އަލުން ޚިދުމަތްތައް ދޭން ވަނީ ފަށައިފައެވެ. ބަންގްލަދޭޝްގެ ސިވިލް އޭވިއޭޝަން އަދި ފަތުރުވެރިކަމާބެހޭ ވުޒާރާއިން އިތުރަށް ބުނީ އަލިފާން ރޯވި ސަބަބު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ފަދަ ހާދިޘާއެއް މެދުވެރިވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެެވެ.
ބަންގްލަދޭޝްގެ އިންޓަނޭޝަނަލް އެއަރ އެކްސްޕްރެސް އެސޯސިއޭޝަންގެ ރައީސް، ކަބީރް އަޙްމަދު ވިދާޅުވީ އަލިފާނުގެ ސަބަބުން ލިބުނު ގެއްލުމުގެ އަގު ބުނަން އަދި މާ އަވަސް ކަމަށެވެ. ނަމަވެސް ސީދާ ގޮތުންނާއި ނުސީދާ ގޮތުން މުދާ އެތެރެކުރުމާއި ބޭރުކުރުމުގެ ދާއިރާއިން ލިބުނު ގެއްލުން އެކަނި ވެސް އެއް ބިލިޔަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ބެލެވެއެވެ. މިއީ މި ހަފްތާގެ ތެރޭގައި ބަންގްލަދޭޝްގައި އަލިފާނުގެ ބޮޑު ހާދިޘާއެއް ހިނގާފައިވާ ތިންވަނަ ފަހަރެވެ. އޮކްޓޯބަރު މަހުގެ 13ވަނަ ދުވަހު ހެދުން އުފައްދާ ކާރުހާނާއަކާއި އެ ކާރުހާނާއާ އިންވެގެން ހުރި ކެމިކަލް ގުދަނެއްގައި ރޯވުމުގެ ސަބަބުން 15 މީހުން މަރުވެފައިވެއެވެ. އޮކްޓޯބަރު މަހުގެ 16ވަނަ ދުވަހު ވެސް ހެދުން އުފައްދާ ކާރުޚާނާއެއްގައި ރޯވެފައިވެއެވެ. ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ބުނީ އަލިފާނުގެ ހުރިހާ ހާދިޘާއެއް ވެސް ތަހުޤީޤު ކުރަމުންދާ ކަމަށާއި، ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަމުންދަނީ ފުރާނައާއި މުދާ ރައްކާތެރިކޮށް ދިނުމަށް ކަމަށެވެ. ސަރުކާރުން ބުނީ އަލިފާނުގެ ހާދިޘާ ދިމާވީ ގަސްތުގައި ރޯކޮށްލުމުގެ ސަބަބުން ކަމަށް ވާނަމަ ވަގުތުން ފިޔަވަޅު އަޅައިނެ ކަމަށެވެ. އާންމު ދިރިއުޅުމާއި ޤައުމުގެ ސިޔާސީ މަރުހަލާތަކަށް ހުރަސް އެޅުމަށް އެއްވެސް ޖިނާއީ ކުށެއް ކުރުމުގެ ފުރުޞަތު ނުދޭނެ ކަމަށް ވެސް ވަގުތީ ސަރުކާރުން ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
