
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ގައުމީ ޓީމުގެ ކުޅުންތެރިންނާ އޮފިޝަލުންގެ އިނާޔަތްތައް އެއްހަމަކޮށް، ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަށް އެކަން އަންގައިފިއެވެ. ކުޅިވަރާ ހަށިހެޔޮކަ މާބެހޭ ވުޒާރާއިން ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ނިންމާފައިވާ ނިންމުމާއި އެއްގޮތްވާ ގޮތުގެ މަތިން ކުޅުންތެރިން އޮފިޝަލުންނާއި ޕެރަ އެތުލީޓުންނަށް ދެމުން ގެންދާ އެލަވަންސް މި އަހަރުގެ މެއި މަހުން ފެށިގެން 7000 ރުފިޔާއަށް ބޮޑު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާ އޮފިޝަލުންގެ މުސާރަތައް ބޮޑުކޮށް ކުޅުންތެރިންނަށް އަންގާފައިވާއިރު މި އުސޫލާއި އެއްގޮތަށް މި އަހަރުގެ މެއި މަހުން ސެޕްޓެމްބަރުގެ ނިޔަލަށް ކުޅުންތެރިންނާއި، އޮފިޝަލުންނާއި ފެރާ އެތުލީޓުންގެ އެލަވަންސަށް ބޮޑުވެފައިވާ އަދަދު ޖަމާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ބުންޏެވެ.
މި ބަދަލާއި ގުޅޭގޮތުން “ޕީއެސްއެމް ނިއުސް” އަށް މައުލޫމާތު ދެއްވަމުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު ވިދާޅުވީ ގައުމީ ޓީމުތަކުގައި ހިމެނޭ އޮފިޝަލުންނާއި އެތުލީޓުންނާ ހަމަހަމަކޮށް މުސާރަ ބޮޑުވެގެން ދިޔުމުގެ ސަބަބުން ކުޅުންތެރިންގެ ކުރިއެރުމަށް ލިބޭ ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. “ގައުމީ ޓީމުތަކުގެ މުސާރަތައް އެއްހަމަކޮށް 7000 އަށް ބޮޑުކޮށްފައިވާއިރު، މި ގެނައީ ދެ ބަދަލެއް. މި ގެނެވުނު އެއްބަދަލަކީ އޮފިޝަލުންނާއި ޕްލެޔަރުންނާ އެއްހަމަކުރުން. ކުރީގައި ދެމުން އައި 5000 ރުފިޔާ 7000 ރުފިޔާއަށް ބޮޑުވެގެން ދިޔުމާއެކު އެއްހަމަވެގެން ދިޔައީ” ވަޒީރު ވިދާޅުވިއެވެ. މި ބަދަލާއެކު ކުޅުންތެރިންގެ ކުރިއެރުމަށް އިތުރު ހިތްވަރެއްލިބިގެންދާނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިއީ ވަރަށް މުހިންމު ބަދަލެއް ކަމަށެވެ.
“ވާގޮތަކީ ބައެއް އޮފިޝަލުންނަކީ އަސްލުގައި އެތުލީޓުންނަށްވުރެ މުސާރަ ބޮޑުކޮށް ގެނެސްފައި ތިބޭ ބައެއް. އެކަމަކު އެލަވަންސަން އެމީހުންނަށް ލިބެނީ ވަރަށް ކުޑަ އެއްޗެއް. 2500 ރުފިޔާ ލިބެނީ. އެހެންވީމަ މިހާރު ނެޝަނަލް ޓީމުތަކުގައި ހިމެނޭ އޮފިޝަލުންނާއި އެތުލީޓުންނަށް މުޅި އޯވަރޯލް މުސާރަ ބޮޑުވެގެން މި ދިޔައީ” ވަޒީރު ވިދާޅުވިއެވެ. މި ބަދަލު ހުރިހާ ގައުމީ ޓީމުތަކުގެ އަންހެން ކުޅުންތެރިންނަށްވެސް އަންނާނެ ކަމަށާއި، މީގެ ކުރިން ބައެއް އަންހެން ޓީމުތައްވެސް މުސާރަ ނުދޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. “ކުރީގައި ބައެއް ނެޝަނަލް ޓީމުތަކުގައި މިސާލަކަށް ސަރފިން ކަހަލަ ނެޝަނަލް ޓީމުތަކުން ހަމައެކަނި ފިރިހެން ޓީމުތަކަށް މުސާރަދީފައި ހުރީ. މި ބަދަލާއެކުގައި އަންހެން ޕްލޭޔަރުނަށްވެސް މުސާރަ ދެވޭނެ” ވަޒީރު ވިދާޅުވިއެވެ. ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ސަރުކާރުން ދޭ އިނާޔާތް ގަވާއިދުން ދިނުމާއި، ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް ތަމްރީނާއި ތަޖްރިބާގެ ފުރުސަތުތައް ހޯދައިދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެކެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
