
(ފޮޓޯ ކްރެޑިޓްސް: އިސްލާމިކް މިނިސްޓްރީ)
ނަމާދަކީ ދީނުގެ ތަނބު، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެކަމަށް އިއްޔެގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. އިއްޔެގެ ހުކުރު ޚުތުބާގެ މަޢުޟޫއަކީ، “ނަމާދަަށް ފަރުވާތެރިވުން” މި މަޢުޟޫއެވެ. ހުކުރު ޚުތުބާގައި ވިދާޅުވީ، ފިރިހެނަކަސް އަންހެނަކަސް، މުއްސަންޏަކަސް ފަޤީރަަކަސް، ދުޅަހެޔޮ ސިއްޙިތެއްގައި ހުރި މީހަކަސް ބަލިމީހަކަސް ނުވަތަ ރަށުގައި ޤާއިމްވެހުރި މީހަކަސް ދަތުރުވެރިޔަކަސް ނަމާދަކީ ދޫކޮށްނުލެވޭނެ ފަރުޟެއްކަމަށެވެ. ނަމާދުގެ މުހިންމުކަމާއި، އޭގެ މަތިވެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ހުކުރު ޚުތުބާގައި ވިދާޅުވީ، ބާލިޣުވެ ބުއްދި ސަލާމަތުން ހުރި ކޮންމެ މުސްލިމެއްގެ މައްޗަށް އެންމެ ފުރަތަމަ ފަރުޟުކުރެއްވި އަޅުކަަމަކީ ނަމާދުކަމަށެވެ. އަދި އެއީ ކީރިތި މާތް ނަބިއްޔާގެ އެންމެ ފަހު ވަސިއްޔަތްފުޅުވެސް ކަންވެސް ހުކުރު ޚުތުބާގައި ހަނދާންކޮށްދެއްވިއެވެ.
މާތްﷲގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ ނަމާދު އޭގެ ވަގުތުގައި އަދާކުރުންކަމަށާއި، ނަމާދަކީ ކީރިތި ޤުރުއާނުގައި އެންމެ ގިނައިން ބަޔާންކުރައްވާފައިވާ އަޅުކަންކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ. އަދި އެއީ ޤިޔާމަތްދުވަހުން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނެ ޢަމަލުކަންވެސް ޚުތުބާގައި ފާހަގަކުރެއްވިއެވެ. “ނަމާދަށް ރައްކާތެރިވާ މީހާއަށް، ޤިޔާމަތްދުވަހުން އެ ނަމާދުވާހުށީ ނޫރެއްކަމުގައެވެ. އަދި ބުރުހާނެއްކަމުގައެވެ. އަދި ނަރަކައިން ދިންނެވުމެއްކަމުގައެވެ. އަދި އެނަމާދަށް ރައްކާތެރިނުވާ މީހާއަށް އެ ނަމާދު ނޫރެއްކަމުގައްޔާއި، ދިންނެވުމެއްކަމުގައި އަދި ބުރުހާނެއްކަމުގައި ނުވާނެތެވެ. އަދި ޤިޔާމަތްދުވަހު އެމީހަކު ވާހުށީ ޤާރޫނާއި ފިރުއައުނާއި ހާމާނާއި، އުބައްޔު ބުނު ޚަލަފާ އެކުގައެވެ.” ޚުތުބާގައި ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އިސްލާމިކް މިނިސްޓްރީ)
ޝަރުޢީ އެއްވެސް އުޒުރެއްނެތި ނަމާދު އޭގެ ވަގުތުން ފަސްކު ކުރުމަކީ ނަމާދު އެޅުމުގެ ތެރޭގައި ހިމެނޭކަމެެއްކަން ފާހަގަކުރައްވާ ހުކުރު ޚުތުބާގައި ވިދާޅުވީ، އަހަރުމެންގެ ތެރެއިން ބައެއް މީހުން ނަމާދު ފަސްކުރަމުން ފަސްކުރަމުންގޮސް، އެންމެ ފަހުން ނަމާދު ވަގުތު ފާއިތުވެދާއިރުވެސް އެބައިމީހުންނަށް އެ ނަމާދެއް ނުކުރެވޭކަމަށެވެ. އަދި މިއީ އަހަރުމެން އެކަމާމެދު ނުހަނު ސަމާލުކަންދީ ރައްކާތެރިވާންޖެހޭ ކަމެއްކަމަށް ހުކުރު ޚުތުބާގައި ވިދާޅުވިއެވެ. ނަމާދަކީ މުސްލިމުންނާއި، ކާފުރުންނާ ދެމެދުވާވާ ތަފާތުކަމަށާއި، އަދި އެއީ އެދެެމެދި ވަކުކުރާ އިންކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ.
” އަހަރުމެންނާ އެބައިމީހުންނާ ދެމެދުވާ އަހުދަކީ ނަމާދެވެ. އެ ނަމާދު ދޫކޮށްލާ މީހާ ހަމަކަށަވަރުން ކާފިރުވެއްޖެއެވެ.” ހުކުރު ޚުތުބާގައި ވިދާޅުވިއެވެ. އިއްޔެ ހުކުރު ޚުތުބާގައި، މިސްކިތްތަކުން ކޮންމެ ދުވަހަކު ފަސް ފަހަރު ބަންގީގައި ގޮވައިލެވެނީ ކާމިޔާބު ހޯދުމަށާއި، ނަމާދަށް އަވަސްވެގަތުމަށްކަން ފާހަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
