
ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ދުނިޔޭގެ ވިޔަފާރިތަކާއި ޚިދުމަތްތައް ޑިޖިޓަލްވެފައިވާއިރު، ނަގުދު ފައިސާއަށްވުރެ ބޮޑަށް އީ-ވޮލެޓްފަދަ އޮންލައިން ވަސީލަތްތައް ބޭނުންކުރެވެއެވެ. ރާއްޖެއިން ބޭރުގެ އީކޮމާސް ވެބްސައިޓުތަކުން ވިޔަފާރިކުރުމުގެ ފުރުސަތު ދިވެހިންނަށް އޮތް ނަމަވެސް، ބައިނަލްއަޤްވާމީ ގިނަ ޕޭމަންޓް ގޭޓްވޭތައް ރާއްޖޭގައި ނެތުމުގެ ސަބަބުން އޮންލައިންކޮށް އާމްދަނީ ހޯދުމަށް ހުރަސްތަކެއް އެބަހުއްޓެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ރާއްޖޭގެ އިޤްތިޞާދު ޑިޖިޓަލައިޒްކުރުމުގެ ވަޢުދާއެކުއެވެ. މި ވަޢުދުގެ ދަށުން ޕޭޕަލްފަދަ އީ-ވޮލެޓްތައް ތަޢާރަފްކޮށް ފައިސާގެ މުޢާމަލާތްތައް ފަސޭހަކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސަރުކާރުން ޤަބޫލުކުރާ ގޮތުގައި ކުރީ ސަރުކާރުތަކުގައި މިކަމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވުމުގެ ސަބަބުން ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ލިބިފައި ނުވަނީއެވެ. މިކަމުގެ މަޝްވަރާތައް ރައީސް މުޢިއްޒުގެ ސަރުކާރުން މިދިޔަ އަހަރު ޕޭޕަލްއާއެކު ފެށިއެވެ.
ސަރުކާރުގެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އުރީދޫގެ އެމްފައިސާ ވޮލެޓް މެދުވެރިކޮށް ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ރައީސް ވިދާޅުވީ ގަތަރުގެ އުރީދޫ ފިންޓެކް މެދުވެރިކޮށް ޕޭޕަލްގެ ޚިދުމަތް ލަސްތަކެއްނުވެ، އަންނަ އަހަރުގެ ތެރޭގައި ރާއްޖެއަށް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. ޕޭޕަލްފަދަ ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފްކުރުމުގައި ސަރުކާރުގެ ދައުރަކީ އެކަމަށް ހުރި ހުރަސްތައް ނައްތާލާ، މަގުފަހިކޮށްދިނުމެވެ. އެގޮތުން، އުރީދޫ ފިންޓެކް ކުންފުންޏަށް ބޭރުން ފައިސާ ގެނައުމުގެ ހުއްދަ (އިންވާޑް ރެމިޓެންސް ހުއްދަ) އެމްއެމްއޭއިން ދޫކޮށްފައިވާތީ، މިހާރު ޓެސްޓިން މަރުހަލާތައް ފަށާފައިވެއެވެ.
ޕޭޕަލްގެ ޚިދުމަތާއެކު ދިވެހި ވިޔަފާރިވެރިންނަށް އެމީހުންގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކުގައި މާކެޓްކޮށް، އާމްދަނީ ހޯދުމަށް ފަހި ފުރުސަތެއް ހުޅުވޭނެއެވެ. މީގެ އިތުރުން ކޮންޓެންޓް ކްރިއޭޓަރުންނާއި ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށްވެސް ބޭރަށް ވިޔަފާރި ފުޅާކޮށް އާމްދަނީ އިތުރުކުރުމުގެ މަގު ފަހިވެގެންދާނެއެވެ. މި ޚިދުމަތް ތަޢާރަފްވުމާއެކު، އަންނަ އަހަރު ރާއްޖޭގެ އިޤްތިޞާދަށް އަންނާނެ ކުރިއެރުން އެންމެ ރަނގަޅަށް ފެނިގެންދާނެއެވެ. މިއީ 2030 ވަނަ އަހަރާ ހަމައަށް ޤައުމުގެ އިޤްތިޞާދުގެ 15 އިންސައްތައަކީ ޑިޖިޓަލް އިޤްތިޞާދަކަށް ހެއްދެވުމުގެ ރައީސްގެ ތަޞައްވުރު ޙާސިލްކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
