
(ފޮޓޯ ކްރެޑިޓްސް: ވީއެމްސީ)
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީން އޭޝިއާގެ އެންމެ ބޮޑު ޓްރެވަލް ޓްރޭޑް އެގްޒިބިޝަން، އައިޓީބީ އޭޝިއާ 2025ގައި ބައިވެރިވެ، ރާއްޖެ އިޝްތިހާރުކޮށްފިއެވެ. މިފެއަރ ބާއްވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް ސިންގަޕޫރުގެ މެރީނާ ބޭ ސޭންޑްސްގައެވެ. އަދި މިއަހަރުގެ ފެއަރގައި ވީއެމްސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 20 ކުންފުންޏަކުން 32 މަންދޫބުން ވަނީ ބައިވެރިވެފައެވެ.
މިއަހަރުގެ ފެއާރގައި ވީއެމްސީއިން ވަނީ ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ތަފާތުކަން ދައްކުވައިދޭ ގޮތަށް ފަރުމާކުރެވިފައިވާ 99 އަކަފޫޓުގެ ސްޓޭންޑެއް ބަހައްޓާފައެވެ. މީގެ އިތުރުން، މި ސްޓޭންޑުގައި 22 ކައުންޓަރާއި، ތިން ފްލޯޓިންގ މޭޒުގެ އިތުރުން މަޢުލޫމާތު ދިނުމަށް ޚާއްޞަ ކައުންޓަރެއްވެސް ބަހައްޓާފައިވެއެވެ. މި ސްޓޭންޑުތަަކަށް ޒިޔާރަތްކުރި ފަރާތްތަކަށް ރާއްޖެއާއި ގުޅޭ މައުލޫމާތުތަކުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައްވެސް ހިއްސާކޮށްފައިވާނެކަމަށް ވީއެމްސީއިން ވިދާޅުވެއެވެ.

(ފޮޓޯ ކްރެޑިޓްސް: ވީއެމްސީ)
ވީއެމްސީއިން ވިދާޅުވީ، މިފެއަރގެ ސަބަބުން އޭޝިއާ އާއި ޕެސިފިކް ސަރަހައްދުގެ މަޝްހޫރު ޓުއާ އޮޕަރޭޓަރުންނާއި މީޑިއާތަކާއެކު ހަރުދަނާ ގުޅުމެއް އުފެއްދުމަށް ފަސޭހަވެގެންދިޔަކަމަށެވެ. އަދި މިފެއަރގައި ބައިވެރިވުމަކީ، އޭޝިއާ ޕެސިފިކް މާކެޓް ފުޅާކޮށް، ހުރިހާ ކެޓަގަރީއަކުންވެސް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބޭނެ ކުރިއެރުމެއްކަމަށްވެސް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ. އޭޝިއާގެ އެންމެ ބޮޑު ޓްރެވަލް ޓްރޭޑް އެގްޒިބިޝަން، އައިޓީބީ އޭޝިއާއަކީ އޭޝިއާ ޕެސިފިކް ޓްރެވަލް އިންޑަސްޓްރީގެ ޕްރައިމަރީ އިވެންޓަކަށް ހެދުމަށް ފަރުމާކޮށްފައިވާ މި ސަރަހައްދުގެ ލީޑިންގ ޓްރެވަލް ޓްރޭޑް ފެއަރތަކުގެ ތެރެއިން އެއް ފެއަރއެވެ. މި ފެއަރގައި އޭޝިއާ ޕެސިފިކް ސަރަހައްދާއި ޔޫރަޕާއި އެމެރިކާ އާއި އެފްރިކާ އަދި މެދުއިރުމަތީގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވެއެވެ.
ކޮންމެ އަހަރަކުވެސް އޭޝިއާ އަދި ޕެސިފިކް މާކެޓުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކުރަމުންދާއިރު، މި މާކެޓަށް ހާއްސަކޮށްގެން ވީއެމްސީިއިން ދަނީ ރާއްޖެ ޕްރޮމޯޓްކޮށް އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން އިންޑިއާ، ބަންގްލަދޭޝް، އަދި ތައިލޭންޑުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތަކެއް މިއަހަރުގެ ތެރޭގައި ކުރިއަށްގެންގޮސްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
