
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އާސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު 23 ބާވަތެއް އިތުރުކޮށް، އެތަކެތި އެސްޓީއޯއިން މިހާރު ވަނީ ބާޒާރަށް ނެރެފައެވެ. ސަރުކާރުގެ މި ނިންމުމަކީ ކުދި ވިޔަފާރިތަކާ ވާދަކުރުން ނޫންކަމަށާއި، މިއީ އަގުތައް އިންތިހާއަށް އުފުލުނަނުދީ އަސާސީ ކާބޯތަކެތީގެ ދަތިކަން އަޔަނުދީ ބަޒާރުގެ އަގުތައް ހިފެހެއްޓުމަށް އެޅި ފިޔަވަޅެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. 1948 ވަނަ އަހަރު، އޭރުގެ ނަމުންނަމަ އަތިރި މާފަންނު ޓްރޭޑިން ހުޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ރާއްޖޭގައި ކަށަވަރުކުރުމަށް އަސާސީ ކާބޯތަކެތީގެ ގޮތުގައި 3 ބާވަތެއް ކަނޑައަޅައި، އެ ބާވަތްތައް މެދުކެނޑުމެެއްނެތި ރާއްޖެއަށް އެތެރެކޮށް ރައްޔިތުންނަށް ލިބޭކަން ކަށަވަރުކުރުމަށެވެ. އެގޮތުން މިހާރުގެ ގޮތުންނަމަ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން އުފައްދާ 57 އަހަރު ވެގެންދިޔައިރު، ރާއްޖޭގައި އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައެޅި އެތެރެކުރަމުންދާ ހަމައެކަނި 3 ބާވަތަކީ ހަނޑު، ހަކުރު ފުށެވެ. މިކަން އެސްޓީއޯއިން ދެމެހެއްޓެނިވިގޮތުގައި، އެއްވެސް ދަތިކަމެއް ނައިސް މުޅި ރާއްޖެއަށް ދަނީ ކަށަވަރުކޮށްދެމުންނެވެ.
އޭގެފަހުން އަސާސީ ކާބޯތަކެތީގެ ތެރެއަށް އިތުރު ބާވަތްތަކެއް ފުރަތަމަ ފަހަރަށް ސަރުކާރުން އިތުރުކޮށް، އިއުލާނުކުރީ މިދިޔަ މަހު 14ވަނަ ދުވަހުއެވެ. އެއީ 10 ބާވަތުގެ މޭވައާއި 10 ބާވަތުގެ ތަރުކާރީ އަދި އިތުރު 3 ބާވަތެކެވެ. ސަރުކާރުގެ ވަޢުދާ އެއްގޮތަށް ބާވަތްތައް ކަނޑައަޅާ، އޭގެ 1 މަސް ފަހުން، މިހާރު މިވަނީ މި ބާވަތްތައް ބާޒާރުގައި ވިއްކަން ފަށާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ނިންމެވުމަކީ މިއީ ރައްޔިތުންގެ ސިއްޙީ ދުޅަހެޔޮކަން ކަށަވަރުކޮށް، ދެމެހެއްޓެނިވިގޮތުގައި އަގުހެޔޮކޮށް އާއްމުކޮށް ކާން ބޭނުންކުރާ ބާވަތްތައް ލިބޭކަން ޔަގީންކޮށްދެއްވުމެވެ. ކޮންމެ އަހަރަކުވެސް އެކި ދުވަސްވަރު، އަދި ޚާއްސަކޮށް ރަމަޟާންމަހަށްވެސް އާއްމުކޮށް ކެއިންބުއިމަށް ބޭނުންވާ ބާވަތްތައް ލިބުން ދަތިވެ، ތަކެތީގެ އަގުތައް އިންތިހާއަށް އުފުލި އޭގެ ތަކުލީފާ ދަތިކަން ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރިމަތިވެވެގެންދެއެވެ. އަދި ސަރުކާރުން އޭގެތެރެއަށް ވަދެ، އެސްްޓިއޯ މެދުވެރިކޮށް ރައްޔިތުންނަށް ޙައްލުތަކެއް ހޯދައިދޭން ޖެހެއެއެވެ.
ނަމަވެސް އެސްޓީއޯއާއެކު މި ފެށި މަސައްކަތުން، ބާޒާރުން މި ބާވަތްތައް ދެމެހެއްޓެނިވިގޮތުގައި ހުރެމެ އަދި އަގުތައް ބާޒަރުގެ އާއްމު އަގަށްވުރެ މައްޗަށް އަރައިގެން ނުދާނެކަން ކަށަވަރުކުރާނެއެވެ. މީގެތެރޭގައި ހިމެނެނީ ހަމައެކަނި ބޭރުން އެތެރެކުރާ މުދަލެއް ނޫންނެވެ. ރާއްޖޭގައި މިއިން ބާވަތްތަކުގެ ދަނޑުވެރިކަން ކުރާ ދަނޑުވެރިންގެ އަތުން އެތަކެތި ގަތުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މިހާރު ބާޒާރަށް ނެރެފަވާ ބާވަތްތަކުގައިވެސް ރާއްޖޭގެ ދަނޑުތަކުގައި ހައްދާ ޕެޝަން ފުރުޓާއި ޑްރެގަން ފްރުތްވެސް ހިމެނެއެވެ. އަދި ކަނޑޫދޫ މިރުސްފަދަ ބާވަތްތައް ހިމެނުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ކުދި ވިޔަފާރިޔަކަށް ގެއްލުން ނުވާނެކަމުގެ ޔަގީންކަން ސަރުކާރުން އަދި އެސްޓީއޯއިންވެސް ދެއްވައެވެ. އެސްޓީއޯއިން މި ތަކެތި މިވަގުތު ވިއްކަމުންދަނީ ރީޓެއިލްކޮށް، އެސްޓީެޯ ޕީޕަލްސް ޗޮއިސްގައެވެ. ސަރުކާރުގެ މި ނިންމުމުގެ ސަބަަބުން ލިބޭ އެންމެ ބޮޑު ޔަގީންކަމަކީ، ސަޕްލައި ދައްވާ ކޮންމެ ފަހަރަކު، ނަހަމަ ގޮތުގައި އަގުތައް އިންތިހާއަށް އުފުލާ އުފުލުން ކޮންޓްރޯލްވެގެންދިއުމެވެ. އެއްވެސް ވަރަކަަށް ބާޒަރުގެ ކޮންޓްރޯލް ނަގާ ނުވަތަ ކުދި ވިޔަފަރީގެތެރެއަށް ވަދެ ވާދަވެރިކަމެއް އުފެއްދުމެއްވެސް ނޫނެވެ. ރައްކާތެރިގޮތުގައި، ކަށަވަރުކަންމަތީ ހެޔޮ އަގުގައި ރައްޔިތުމީހާއަށް ކާބޯތަކެތި ލިބޭކަން ކަށަވަރުކުރުމެވެ. އަސާސީ ކަބޯތަކެތިގެ ގޮތުގައި އިތުރު ބާވަތްތަކެއް ކަނޑައަޅާފަވަނީ އެކަމަށް ދިރާސައެއްކުރެވިގެންނެވެ. އަދި މިހާރުވެސް މި ތަކެތި ބާޒާރަށް ނެރުމަށްފަހުގައިވެސް ބަޒާރުގެ އަގުތަކަށް އަންނަ ބަދަލުތައް ދިރާސާކުރާނެއެވެ.
އެސްޓީއޯއިންދަނީ މި ބާވަތްތައް ރަށްރަށަށް ސަޕްލައި ކުރެވޭނެ ފަސޭހަ އިންތިޒާމްތަކެއް ބާޒާރުމަތީ ސަރަޙައްދުގައި ހަމަޖެއްސުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި ހުޅުމަލެއާއި އަތޮޅުތަކުގައި ހުރި އެސްޓީއޯގެ ފިހަރަތަކުންވެސް ފަސޭހައިން ލިބޭނެ ގޮތް ކުރިމަގުގައި ހަމަޖެހިގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
