
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސަރުކާރާ މެދު ހިތްހަމަ ނުޖެހި މިދިޔަ އަހަރުގެ ތެރޭގައި ބަންގްލަދޭޝްގެ ދަރިވަރުން ކުރި މުޒާހަރާތަކަށް ފަހު، އެ ޤައުމުގެ ވަގުތީ ސަރުކާރުން އެކުލަވާލާފައިވާ “ޖުލައި ޗާޓަރ” އިޞްލާޙީ މަގުޗާޓަށް އެ ޤައުމުގެ ގިނަ ސިޔާސީ ޕާޓީތަކުން ތާއީދުކޮށްފިއެވެ. އެ މަގުޗާޓަށް ތާއީދުކޮށް ސޮއިކުރި ސިޔާސީ ޕާޓީތަކުގެ ތެރޭގައި މިދިޔަ އަހަރުގެ ތެރޭގައި ބަންގްލަދޭޝްގެ އޭރުގެ ރައީސް، ޝައިޚް ޙަސީނާގެ ވެރިކަން ވައްޓައިލުމުގައި އެންމެ އިސް ދައުރެއް އަދާކުރި ދަރިވަރުން އުފައްދާފައިވާ ސިޔާސީ ޕާޓީ ނުހިމެނެއެވެ.
ބަންްގްލަދޭޝްގެ ވަގުތީ ސަރުކާރުން އެކުލަވާލާފައިވާ މި މަގުޗާޓުގެ ބޭނުމަކީ އެ ޤައުމުގެ ސިޔާސީ މަސްރަހާއި މުއައްސަސާތައް އަލުން ބައްޓަންކޮށް އެކުލަވާލައި، ޝައިޚް ޙަސީނާ ވެރިކަމުން ދުރުވެވަޑައިގަތުމަށް މަޖުބޫރުކުރުވި މުޒާހަރާތަކަށް ޤާނޫނުއަސާސީން ހައިސިއްޔަތު ދިނުމެވެ. އެ މަގުޗާޓުގައި ޝައިޚް ޙަސީނާގެ ވެރިކަމުގައި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންނާއި އަނިޔާކޮށްފައިވާ މީހުންގެ އިތުރުން މިދިޔަ އަހަރުގެ މުޒާހަރާތަކުގައި މަރުވި މީހުންނަށް އިންސާފު ހޯދައިދޭނެ ކަމަށް ވެސް ބުނެފައިވެއެވެ. މަގުޗާޓަށް ތާއީދުކޮށް ސޮއިކޮށްފައިވާ ޕާޓީތަކުގެ ތެރޭގައި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ބަންގްލަދޭޝް ނެޝަނަލިސްޓު ޕާޓީއާއި، ޖަމާޢަތީ އިސްލާމީ ޕާޓީ ވެސް ހިމެނެއެވެ. ބަންގްލަދޭޝްގެ އިންތިޤާލީ ސަރުކާރުގެ އިސްވެރިޔާ، މުޙައްމަދު ޔޫނުސް ވިދާޅުވީ މަގުޗާޓުގައި ސޮއި ކުރުމަކީ ޤައުމުގެ ހަަލަބޮލިވެފައިވާ ސިޔާސީ މަސްރަހު ހަމައަކަށް އެޅުވުމާ ގާތަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އެއީ 2026ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ ޤައުމީ އިންތިޚާބަށް މަގުފަހިކޮށްދޭ މަގުޗާޓެއް ކަމަށެވެ. އޭނާ ވިދާޅުވީ އެއީ މުޅިން އައު ބަންގްލަދޭޝެއް އުފަންވުން ފަދަ ކަމެއް ކަމަށެވެ.
ނަމަވެސް މިދިޔަ އަހަރުގެ މުޒާހަރާތައް އިންތިޒާމްކޮށް ކުރިއަށް ގެންގޮސްފައިވާ ދަރިވަރުން އުފައްދާފައިވާ ސިޔާސީ ޕާޓީ ކަމަށްވާ ނޭޝަނަލް ސިޓިޒެންސް ޕާޓީ (އެންސީޕީ) އާއި ވައަތު ފިޔައިގެ ހަތަރު ޕާޓީއަކުން މަގުޗާޓުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފައެއް ނުވެއެވެ. އެންސީޕީން ބުނީ އެ ޕާޓީން އެ ރަސްމިއްޔާތުގައި ބައިވެރި ނުވީ މަގުޗާޓުގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމަށް ޤާނޫނީ އޮނިގަނޑެއް ނެތުމުން ކަމަށެވެ. މަދު ސިޔާސީ ޕާޓީތަކަކުން އެ މަގުޗާޓުގައި ސޮއިކުރުމަކީ އެ މަގުޗާޓަށް މުޅި ޤައުމުން ރުހޭކަމުގެ ހެއްކެއް ނޫން ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
މަގުޗާޓުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔަ ވަގުތު 2024ވަނަ އަަހަރުގެ މުޒާހަރާގައި މަރުވި މީހުންގެ ޢާއިލާތަކުން ވަނީ އެ ރަސްމިއްޔާތު ކުރިއަށް ދިޔަ ސަރަޙަްއްދުގައި ހަމަނުޖެހުން ހިންގައިފައެވެ. އެ މީހުން ފައްސައިލުމަށް ފުލުހުން ކަރުނަގޭހާއި ސްޓަން ގްރެނޭޑު ފަދަ އާލާތްތައް ބޭނުންކޮށްފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
