
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މުސްތަޤުބަލުގައި ފަލަސްޠީނުގެ ޣައްޒާގައި ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އދ މެދުވެރިކޮށް ޙަރަކާތްތެރިވާނެ ބައިނަލްއަޤުވާމީ ފައުޖެއް ޤާއިމުކުރުމުގެ މަސައްކަތް، އެމެރިކާގެ ލަފާގެ މަތީން، އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން އިސްވެ ފަށައިފިއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ލާއިންސާނީ ޢުދުވާނީ ޙަމަލާތައް، ދެ އަހަރަށް ފަހު ހުއްޓާލައިފައި ވަނީ މި މަހުގެ 9ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުން އެކުލަވައިލުމުގައި އެންމެ އިސް ދައުރެއް އަދާ ކުރައްވާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެވެ. އެ އެއްބަސްވުމަށް ޢަމަލުކުރަން ފެށުމާ އެކު، ޣައްޒާގައި ސަލާމަތީ ކަންކަން ބަލަހައްޓާނެ ބައިނަލްއަޤުވާމީ ފައުޖެއް ޤާއިމުކުރުމުގެ ތައްޔާރީތައް ފެށިގެން ކުރިއަށްދާކަމަށް، އެމެރިކާގެ އިސް ދެ އޮފިޝަލަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުންޏެވެ.
ފަރަންސޭސިވިލާތުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޕަސްކަލް ކޮންފަވްރޯ ނޫސްވެރިންނަށް ވިދާޅުވީ، މިފަދަ ފައުޖެއް ޤާއިމުކުރުމަށް ބޭނުންވާ އެހީތެރިކަން ޤައުމުތަކުން ހޯދުމަށްޓަކައި، އދގެ ރުހުން ބޭނުންވާ ކަމަށެވެ. އެހެންކަމުން، މިކަމަށްޓަކައި، ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން އިސްވެ އދގެ އެންމެ ބާރުގަދަ ގުނަވަންކަމަށްވާ ސަލާމަތީ މަޖިލީހަށް ޤަރާރެއް ހުށަހަޅައި، އެ ޤަރާރު ފާސްކުރުމުގެ މަސައްކަތް އެމެރިކާގެ ލަފާގެ މަތިން ކުރެވެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. މި ފައުޖަށް އެހީތެރިކަން ހޯދުމަށްޓަކައި، ޓްރަމްޕްގެ އެކި ޤައުމުތަކުގެ ވެރިންނާ މަޝްވަރާތައް ފައްޓަވާފައިވާކަމަށް، ވައިޓްހައުސްގެ އޮފިޝަލަކު ވަނީ ޔަޤީންކޮށްދެއްވައިފައެވެ.
ޣައްޒާގައި މުސްތަޤުބަލާމެދު ފަރަންސޭސިވިލާތުން ވަނީ ވިލާތާއި އަރަބި އެހެން ބާރުތަކާ އެކު އޮކްޓޯބަރު 10 ވަނަ ދުވަހު މަޝްވަރާތައް ބާއްވައިފައެވެ. އޭގެތެރޭގައި، ޣައްޒާގައި ސަލަމާތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާނެ ބައިނަލްއަޤުވާމީ ފައުޖެއްގެ މަޝްވަރާތައް ވެސް ހިމެނެއެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވަނީ، ޣައްޒާގައި ސުލްޙަ ބެލެހެއްޓުމަށް، އދގެ ސުލްޙަ ބަލަހައްޓާ ސިފައިންގެ ބަދަލުގައި، އދގެ ސަލާމަތީ މަޖިލީހުގެ ރުހުން ލިބިފައިވާ ވަކި ފައުޖެއް ޤާއިމުކުރަންޖެހޭކަމަށް އެއްބަސްވެފައެވެ. މި ފައުޖުގައި ބައިވެރިވާން އެމެރިކާއިން މަޝްވަރާކުރަމުންދާ ޤައުމުތަކުގެ ތެރޭގައި، އިންޑޮނީޝިއާ، މިޞްރު، އެކުވެރި ޢަރަބި ޢިމާރާތް، ޤަތަރު އަދި އަޒަރުބައިޖާން ހިމެނެއެވެ. މިގޮތުން، އިންޑޮނީޝިއާއިން ވަނީ އެ ޤައުމުގެ 20،000 ސިފައިން، ޣައްޒާގައި ސުލްޙަ ބެލެހެއްޓުމަށް ފޮނުވަން ތައްޔާރުކަމަށް މީގެކުރިން ބުނެފިއެވެ. އަދި މި ފައުޖުގައި އިޓަލީވިލާތުގެ ސިފައިން ބައިވެރިކުރަން އެ ޤައުމުން ވެސް ވަނީ ހުށަހަޅައިފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
