
މެލޭޝިއާ ފުޓްބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ސަސްޕެންޑްކޮށް، ވަރުގަދަ ތަހުގީގެއް ފަށައިފިއެވެ. މެލޭޝިއާ އެފްއޭގެ ޖެނެރަލް ސެކްރެޓަރީ ނޫރް އަޒްމާން ރަހުމާން ސަސްޕެންޑް ކޮށްފައިވަނީ މެލޭޝިޔާގެ ގައުމީ ޓީމަށް ކުޅުވަން ދާދި ފަހުން ނެޗުރަލައިޒް ކޮށްފައިވާ ހަތް ކުޅުންތެރިންގެ މައްސަލައިގައި ފީފާ އިން އެ ގައުމު ސަސްޕެންޑް ކުރުމާއި ގުޅިގެންނެވެ. އެފްއޭ އިން އިއްޔެ ބޭއްވި ހޫނު ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އިދާރާގެ ނައިބް ރައީސް އެސް. ސިވަސުންދަރަމް ބުނެފައިވަނީ ކުޅުންތެރިން ރަޖިސްޓަރީ ކުރުމުގައި ގޯސް ލިއުންތަކެއް ހުށައަޅާފައި ނުވާނެ ކަމަށާއި އަދި އެ މައްސަލަ މިހާރު ފީފާ އިން އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.
ފީފާ އިން މެލޭޝިޔާ ސަސްޕެންޑް ކޮށްފައިވަނީ މެލޭޝިޔާގެ ގައުމީ ޓީމަށް ކުޅުވުމަށް ދާދި ފަހުން ރަޖިސްޓަރީ ކުރަން މަސައްކަތް ކުރި ހަތް ކުޅުންތެރިން މެލޭޝިޔާ އާއި ގުޅުން އޮތްވަރު ހާމަކޮށްދިނުމަށް ހުށައަޅާފައިވާ ލިޔެކިއުންތަކަކީ ސައްހަ ލިއުންތަކެއް ނޫން ކަމަށާއި އެއީ ފޯޖް ކޮށްފައިވާ ލިއުންތަކެއް ކަމަށް ބުނެ އެވެ. ފީފާގެ ޑިސިޕްލިނަކީ ކޮމިޓީ އިން ބުނެފައިވަނީ ފީފާ އަށް ލިބިފައިވާ އެ ހަތް ކުޅުންތެރިންގެ އުފަން ދުވަހުގެ ސެޓްފިކެޓާއި މެލޭޝިޔާއިން ހުށައެޅި ލިއުންތަކުގައި ތަފާތު ކުރުންތަކެއް ހުރި ކަމަށާއި އެހެންކަމުން އެ ގައުމުން އެ ކުޅުންތެރިން ރަޖިސްޓަރީ ކުރުމުގެ ކުރިން ބަލަންވާވަރަށް ނުބަލާ ކަމަށެވެ.
އަދި އެ މައްސަލަ އިތުރަށް މެލޭޝިޔާގެ އެފްއޭ އިން ބެލުމަށް ޖެނެރަލް ސެކްރެޓަރީ ވަގުތުން ސަސްޕެންޑްކޮށް މިނިވަން ތަހުގީގެއް ވަނީ ފަށާފަ އެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
