
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ، ފީފާގެ ރޭންކިންގައި އަނެއްކާވެސް ރާއްޖެ ދެ ދަރަޖަ ފަހަތަށް ހިނގައްޖެއެވެ. އިއްޔެ ނެރުނު ރޭންކިންގައި ރާއްޖެ ހިމެނެނީ 173 ވަނައިގައެވެ. ކުރިން ރާއްޖެ އޮތީ 171 ވަނައިގައެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މި ފަހަރު ސްރީ ލަންކާ އާއި ޕާކިސްތާން އަދި ބަންގްލަދޭޝް ފިޔަވައި އެހެން ހުރިހާ ގައުމެއްވެސް ވަނީ ފަހަތަށް ޖެހިފައެވެ. ހުސްވި މަހު ރާއްޖެ އަތުން ބަލިވި ލަންކާއަށް ހަތަރު ދަރަޖައިގެ ކުރިއެމެއް ލިބުނުއިރު، ބަންގްލަދޭޝް އާއި ޕާކިސްތާން ވަނީ އެއް ދަރަޖަ ކުރިއަށް ޖެހިފައެވެ. ސަރަހައްދުގެ އެއްވަނައިގައި އޮތް އިންޑިއާވެސް ވަނީ ދެ ދަރަޖަ ފަހަތަށް ވެއްޓިފައެވެ. ސާކް ގައުމުތަކުގެ ތެރެއިން އިންޑިއާ އެއްވަނައިގައި ވަނީ 136 ޕޮއިންޓާއެކުގައެވެ.
ސާކް ގައުމުތަކުގެ ރޭންކިން:
1. އިންޑިއާ – 136 ވަނަ
2. ދިވެހިރާއްޖެ – 173 ވަނަ
3. ނޭޕާލް – 180 ވަނަ
4. ބަންގްލަދޭޝް – 183 ވަނަ
5. ބޫޓާން – 189 ވަނަ
6. ސްރީ ލަންކާ – 193 ވަނަ
7. ޕާކިސްތާން – 198 ވަނަ
މި ފަހަރުގެ ރޭންކިންގައިވެސް ދުނިޔޭގެ އެއްވަނަ މަގާމުގައި ވަނީ ސްޕެއިނެވެ. ދެވަނައިގައި އާޖެންޓީނާ އޮތްއިރު، ތިންވަނައިގައި އޮތީ ފްރާންސެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
