
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ގައުމީ ބޮޑީބޯޑިން ލީގުގެ އެންމެ ކާމިޔާބު ދެ އެތުލީޓުން ކަމަށްވާ އިޔަން އަޙްމަދާއި، މުޙައްމަދު އަޒާން އަޙްމަދު ޖޫނިއަރ މެންސް 2025 ގެ ރޭންކިންގެ އެއްވަނައަށް އަރައިފިއެވެ. މިއަހަރު ކުރިއަށްގެންދިޔަ ދެ އިވެންޓުން ޖުމްލަ ޖުމްލަ 1860 ޕޮއިންޓު ހަމަކޮށްގެން ރޭންކިންގެ އެއްވަނައިގައި މާލެ ސިޓީގެ އިޔަން އޮތް އިރު އޭނާ އަކީ އެންމެފަހުން ބޮޑީބޯޑިން ލީގުގައި މިއަހަރުގެ ޖޫންމަހު ކުރިޔަށް ގެންދިޔަ ބުރުނު ޝިކާރު މުބާރާތުގެ ޖޫނިއަރ މެންސް ކެޓަގަރީގެ އެއްވަނަ ހޯދި އެތުލީޓެވެ. އެ މުބާރާތުގައި އިޔަން އާއި ވާދަކޮށް ދެވަނަ ހޯދި މުޙައްމަދު އަޒާން އަޙްމަދުވެސް ވަނީ ރޭންކިންގައި އިޔާން އާއި އެއްވަރަށް ޕޮއިންޓް ހޯދާ އެއްވަނަ މަގާމަށް ޖެހިލާފައެވެ. ފުވައްމުލައް ސިޓީގެ އެތުލީޓު އަޒާންވެސް ވަނީ ޖުމްލަ 1860 ޕޮއިންޓް ހަމަކޮށްގެންނެވެ.
ރޭންކިންގެ ތިން ވަނާގައި އޮތީ މާލެ ސިޓީގެ ނޫހް މުހައްމަދު ދުނެއިމް އިރުޝާދެވެ. ބުރުނު ޝިކާރު ޗެލެންޖުގައި އާމިން އަދި އަޒާން އާއި އެންމެ ގާތްކުރި ޖޫނިއާ މެންސް ކެޓަގަރީގެ ތިންވަނަ ހޯދި ނޫހު ރޭންކިންގެ ތިންވަނައަށް އެރީ ދެ އިވެންޓުން ޖުމްލަ 1460 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރުވަނައިގައި އޮތީ ކ. ދިއްފުށީގެ އަރަމުން އަންނަ އެތުލީޓު ދާއިން އަބްދުލް ފައްތާހެވެ. އޭނާވަނީ މިއަހަރުގެ ދެ އިވެންޓުން ޖުމްލަ 1220 ޕޮއިންޓް ހޯދާފައެވެ. ހަތަރުވަނައިގައި އޮތް އަނެއް އތުލީޓަކީ 1220 ޕޮއިންޓް ހަމަކޮށްފައިވާ މާލެ ސިޓީގެ ޒާވީ އައިދިން ފިޒާންއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްބީބީއޭ)
މި ފަސް އެތުލީޓުން ރޭންކިންގެ އެންމެ މަތީ ފަސް މަގާމަށް ޖެހިލާފައިވާއިރު މިއީ ގައުމީ ބޮޑީބޯޑިން ލީގުގައި ފާހަގަކޮށްލެވޭ މޮޅެތި ޖޫނިއާ އެތުލީޓުންނެވެ. ރާއްޖޭގައި ކުރިއަރަމުން އަންނަ ބޮޑީ ބޯޑިން ކުޅިވަރު އިތުރު ހަރުފަތަކަށް ގެންދިއުމަށް ބައިނަލްއަގްވާމީ މުބާރާތްތަކަށް ރާއްޖެ އަލުން ހުޅުވާލުމަށް މަސައްކަތް ކުރާއިރު މި އެތުލީޓުންނަކީ ރާއްޖޭގެ ބޮޑެތި މުބާރާތްތަކުގެ އިތުރުން ކުރިޔަށް އޮތްތަނުގައި ބައިނަލްއަގްވާމީ މުބާރާތްތަކުން ޖާގަހޯދާނެ އެތުލީޓުންނެވެ. ރޭންކިންގެ 6 ވަނައިގައި އޮތީ ނޫހް މުހައްމަދު ދުއިމް އިރުޝާދެވެ. އޭނާއަށް 1165 ޕޮއިންޓް ލިބިފައިވާއިރު 7 ވަނައިގައި އޮތީ 730 ޕޮއިންޓް ހޯދާފައިވާ ނ. ޅޮހި ހަސަން ނަދީމް އާއި ފުވައްމުލައް ސިޓީގެ މުހައްމަދު ލިބާންއެވެ. ގައުމީ ލީގުގައި މުޅިން އަލަށް ވާދަކުރި ނަދީމަކީ އެންމެ ފަހުން ބޭއްވި ބުރުނު ޝިކާރު އިވެންޓުން ފާހަގަވި އަރަމުން އަންނަ އެތުލީޓެކެވެ.
ރޭންކިންގެ 9 ވަނައިގައި އޮތީ 610 ޕޮއިންޓާއެކު މާލެ ސިޓީގެ ކަޔާން އަބުދުﷲ އަރީފެވެ. ރޭންކިންގެ 10 ވަނަ ހޯދާފައިވަނީ ޖުމްލަ 528 ޕޮއިންޓާއެކު މާލެ ސިޓީގެ ޝާއިފް ޝަރީފެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
