
ކަސްޓަމްސް އަށް ދައްކަންޖެހޭ ފައިސާ މުއްދަތުގައި ނުދައްކާ ފަރާތްތަކުގެ ނަން އާއްމުކުރުމުގެ އުސޫލެއް މިއަދު ވަނީ ގެޒެޓްކޮށްފައެވެ. މި އުސޫލުގެ ދަށުން، ނަން ހާމަކުރެވޭނީ 10,000ރ އަށް ވުރެ ގިނައިން ފައިސާ ދައްކަންޖެހިފައިވާ ފަރާތްތަކުގެއެވެ. ނަން ހާމަކުރުމުގެ ކުރިން، ފުރަތަމަ ފިޔަވަޅަކީ ފައިސާ ދައްކަން ލިޔުމުން އެންގުމެވެ. މިކަން ކުރެވިދާނެ ގޮތްތަކުގެ ތެރޭގައި ސީދާ ލިޔުން ހަވާލުކުރުމާއި، އެޑްރެހަށް ފޮނުވުމާއި، ކަސްޓަމްސް ޕޯޓަލް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވުން ހިމެނެއެވެ. ނަން އާއްމުކުރެވޭ މައުލޫމާތުތަކުގެ ތެރޭގައި ފައިސާ ދައްކަންޖެހޭ ފަރާތުގެ ފުރިހަމަ ނަމާއި، ކަސްޓަމްސް ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީ ނަންބަރު، އަދި ނުދައްކާ ހުރި ފައިސާގެ އަދަދާއި ބާވަތް ހިމެނެއެވެ. މި މައުލޫމާތުތައް ޝާއިއުކުރެވޭނީ ސަރުކާރުގެ ގެޒެޓާއި، ކަސްޓަމްސްގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާގައެވެ.
މި އުސޫލުގައިވާ ގޮތުން، ކޮންމެ މަރުހަލާއެއްގެ ދެމެދުގައި 15 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، ފައިސާ ދައްކަން އަންގާފައި ނުދައްކާ އަދި ބަހާލައިގެން ދެއްކުމަށް އެއްބަސްނުވާ ފަރާތްތަކުގެ ނަން ހާމަކުރެވޭނެއެވެ. ނަމަވެސް، ދައުލަތުގެ އިދާރާތަކާއި، ސަރުކާރުގެ ބޮޑު ހިއްސާ އޮންނަ ކުންފުނިތަކާއި، ދައުލަތުގެ މަޝްރޫއު ހިންގާ ކުންފުނިތަކާއި، ފައިސާ ދައްކަންޖެހިފައި ވަނިކޮށް ނިޔާވާ މީހުންނަށް މި އުސޫލުން އިސްތިސްނާވާނެއެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުން ވަގަށް ނެގި މައްސަލާގައި، އެ ވައްކަން ކުރުމަށް ފަންޑުކުރި ކަމުގެ ތުހުމަތުގައި މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ވަނީ ހައްޔަރުކޮށްފައެވެ. ދިގައްޔަށް 10 ދުވަހުގެ ބަންދު މުއްދަތެއް ދީފައިވާއިރު، އާއްޓޭގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ އިއްޔެ ޖަހާފައެވެ. މި މައްސަލާގައި އިޖުރާޢަތްތަކާ އެއްގޮތަށް ހައްޔަރުކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ.
މީގެ އިތުރުން، ހުޅުމާލޭ ޕޯޓުގައި މަސައްކަތްކުރަމުން އައި ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލާއި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓު މުއާޒު އަލީ ވެސް ހައްޔަރުކޮށް، ޒިވާރަށް 15 ދުވަހާއި މުއާޒަށް ފަސް ދުވަހުގެ ބަންދު މުއްދަތެއް ވަނީ ދީފައެވެ. މި ދެމީހުންގެ މައްޗަށް ތުހުމަތުކުރެވެނީ ސިނގިރެޓް ވަގަށް ނެގުމުގެ އޮޕަރޭޝަން ރާވައި ހިންގުމުގައި ބައިވެރިވި ކަމަށެވެ. މުއާޒަކީ މީގެ ކުރިން ވެސް ރިޝްވަތުގެ މައްސަލަތަކުގައި ތުހުމަތުކުރެވިފައިވާ މީހެކެވެ.
ސިނގިރެޓް ވަގަށް ނެގުމުގެ މައްސަލައާ ގުޅިގެން ޒިވާރާއި މުއާޒު ވަނީ މަގާމުން ސަސްޕެންޑުކޮށްފައެވެ. މީގެ އިތުރުން 12 މީހުން ފުރުން މަނާކޮށް، އެމްޕީއެލްގެ ހަ މުވައްޒަފަކު ވެސް ވަނީ ސަސްޕެންޑުކޮށްފައެވެ. އެމްޕީއެލް އިން ވަނީ ބަނދަރުތަކުގެ ސަލާމަތީ ކަންކަން ހަރުދަނާކުރަމުންދާ ކަމަށް ބުނެފައެވެ. ވަގަށް ނެގި ސިނގިރެޓްތައް، އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި އޮތް ދޯންޏަކަށް އަރުވައިގެން ބޭރުކުރި ކަމަށާއި، ސީސީޓީވީ ކެމެރާތަކަށް ފޮރުވައިގެން މިކަން ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. 13.6 މިލިއަން ސިނގިރެޓަށް 122 މިލިއަން ރުފިޔާގެ ޑިއުޓީ އަރާނެކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
