
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ކަސްޓަމްސް އަށް ދައްކަންޖެހޭ ފައިސާ، މުއްދަތުގައި ނުދައްކާ ފަރާތްތަކުގެ ނަން އާއްމުކުރުމުގެ އުސޫލެއް މިއަދު ވަނީ ގެޒެޓްކޮށްފައެވެ. މި އުސޫލުގެ ދަށުން، ނަން ހާމަކުރެވޭނީ 10,000ރ އަށް ވުރެ ގިނައިން ފައިސާ ދައްކަންޖެހިފައިވާ ފަރާތްތަކުގެއެވެ. ނަން ހާމަކުރުމުގެ ކުރިން، ފުރަތަމަ ފިޔަވަޅަކީ ފައިސާ ދައްކަން ލިޔުމުން އެންގުމެވެ. މިކަން ކުރެވިދާނެ ގޮތްތަކުގެ ތެރޭގައި ސީދާ ލިޔުން ހަވާލުކުރުމާއި، އެޑްރެހަށް ފޮނުވުމާއި، ކަސްޓަމްސް ޕޯޓަލް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވުން ހިމެނެއެވެ.
ނަން އާއްމުކުރެވޭ މައުލޫމާތުތަކުގެ ތެރޭގައި ފައިސާ ދައްކަންޖެހޭ ފަރާތުގެ ފުރިހަމަ ނަމާއި، ކަސްޓަމްސް ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީ ނަންބަރު، އަދި ނުދައްކާ ހުރި ފައިސާގެ އަދަދާއި ބާވަތް ހިމެނެއެވެ. މި މައުލޫމާތުތައް ޝާއިއުކުރެވޭނީ ސަރުކާރުގެ ގެޒެޓާއި، ކަސްޓަމްސްގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާގައެވެ. މި އުސޫލުގައިވާ ގޮތުން، ކޮންމެ މަރުހަލާއެއްގެ ދެމެދުގައި 15 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، ފައިސާ ދައްކަން އަންގާފައި ނުދައްކާ އަދި ބަހާލައިގެން ދެއްކުމަށް އެއްބަސްނުވާ ފަރާތްތަކުގެ ނަން ހާމަކުރެވޭނެއެވެ. ނަމަވެސް، ދައުލަތުގެ އިދާރާތަކާއި، ސަރުކާރުގެ ބޮޑު ހިއްސާ އޮންނަ ކުންފުނިތަކާއި، ދައުލަތުގެ މަޝްރޫއު ހިންގާ ކުންފުނިތަކާއި، ފައިސާ ދައްކަންޖެހިފައި ވަނިކޮށް ނިޔާވާ މީހުންނަށް މި އުސޫލުން އިސްތިސްނާވާނެއެވެ.
About Post Author
މާދަމާ ނިއުސް
“ފުލުހުން ކުރަމުންދާ މަސައްކަތަކީ ނޫސްވެރިކަމަށްދޭ ހަމަލާއެއް ނޫން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުކޮށް އޮންލައިން ނޫހަކުން ފެތުރި ދޮގު ތުހުމަތުތަކާ ގުޅިގެން ފުލުހުން ހިންގާ ތަހުޤީޤަކީ ނޫސްވެރިކަމަށް ދޭ ހަމަލާއެއް...
“ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އިސްލާމީ ޙުދޫދުގެ ތެރޭގައި ދަމަހައްޓަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤާނޫނުއަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އިސްލާމްދީނާއި ޤާނޫނީ އިމުގެ ތެރޭގައި ދެމެހެއްޓުމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ...
މީޑިއާ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބެލުމުގެ އައު ގަވާއިދަށް ޢަމަލުކުރަން ފަށައިފި
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބަލައި ފިޔަވަޅު އެޅުމާ ބެހޭ އައު ގަވާއިދު އެކުލަވައިލައި، މިއަދު ސަރުކާރުގެ ގެޒެޓުގައި...
މިނިވަންކަމާއެކު އިހްތިރާމް ހޯދައި އަދި ދޭންވެސް އެނގެންޖެހޭ: ވަޒީރު ސަޢީދު
ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ފުޅާދާއިރާއެއްގައި އޮތް ނަމަވެސް، އެ މިނިވަންކަން ބޭނުންކުރަންވާނީ ޒިންމާދާރުކަމާއެކު އަނެކުންގެ އިޙްތިރާމާއި ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތަށް ކަމަށް އިޤްތިޞާދީ...
ފުލުހުންގެ ޚިދުމަތުގައި އަންހެނުން އިތުރުވުމަކީ އަމަން ބެލެހެއްޓުމަށް ލިބޭ ކުރިއެރުމެއް: ފަސްޓްލޭޑީ
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ" ކޮމިޓީ އިފްތިތާޙްކޮށްދެއްވައި، ފުލުހުންގެ ޚިދުމަތުގައި އަންހެނުންގެ ދައުރު ފުޅާކުރުމަކީ ގައުމުގެ އަމަން ބެލެހެއްޓުމަށް...
ރައީސްއަށް ދޮގު ތުހުމަތުކުރި ޑޮކިއުމެންޓްރީގެ މައްސަލައިގައި އަދަދު ފިޔާޒުގެ ޕާސްޕޯޓު ހިފަހައްޓައިފި
"އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓަރީގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދޮގު ތުހުމަތުތަކެއް ކުރި މައްސަލައިގައި ފުލުހުން ވަނީ އެ ނޫހުގެ އޮފީސް...
