
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މޫސުމީ ބަދަލުތަކާ އެކިއެކި ކާރިސާތަކާ ޙާދިސާތަކުގެ ވަގުތުތަކުގައި، ހާލުގައިޖެހޭ މީހުންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޤައުމުތަކުން އަތުގުޅާލާ ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިހެން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެކަމަނާ ވިދާޅުވީ ކާބޯތަކެއްޗަކީ އަސާސީ ބޭނުމަކަށްވުރެ ބޮޑަށް، އިންސާނީ ޙައްޤެއްކަމަށެވެ. ހެދިބޮޑުވުމުގައި ބޭނުންވާ، ސިއްޙަތަށް ފައިދާހުރި ކާނާ ލިބުމަކީ ކޮންމެ ފަރުދަކަށްވެސް ކަށަވަރުވާންޖެހޭ ޙައްގެއްކަމަށް ވިދާޅުވިއެވެ.
As we mark #WorldFoodDay, we recognize that food is more than a basic need. Food is a right. Food nourishes our bodies, and also plays a vital role in bringing people together across cultures and communities.
As we face unprecedented challenges, from climate change to conflicts,… pic.twitter.com/9gKlGdDnmI
— First Lady Sajidha Mohamed (@sajidhaamohamed) October 16, 2025
އެގޮތުން ތަފާތު ކާރިސާތަކާ ޙާދިސާތަކާ ކުރިމަތިލަމުންދާ އެތައް ބަޔަކު ދިރިއުޅެމުންދާއިރު، މިފަރާތްތަކަށް ކާނާގެ ޔަޤީންކަން ކަށަވަރުކުރުމާއި، ފޯރުކޮށްދެވޭ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އާލާކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވިއެވެ. މިއީ ފައިދާ ހުރި ކާނާ ލިބުމަށް މަގުފަހިކޮށްދިނުމާއި، ބަނޑުހައި ހޫނުކަން ނައްތާލާ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ މުހިންމު ބަދަލަކަށްވާނެކަމަށް ވިދާޅުވިއެވެ. އަދި މިއީ ސަޤާފަތުގެގޮތުން ބެލިއަސް، މުޖުތަމަޢުތައް ގުޅުވައިދީ ގުޅުން ބަދަހިވުމުގެ ވަރަށް މުހިންމު ބަހާއެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
