
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ށ. މާއުނގޫދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު މާއުނގޫދޫއަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. މާއުނގޫދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެރަށުގެ ތަރައްޤީއަށްވެސް ސަރުކާރުން މަޝްރޫޢުތައް ކުރިއަށްގެންދަވާނެކަމަށެވެ. އެގޮތުން ކައުންސިލް އިމާރާތާއި ސިއްޙީ މަރުކަޒަށް ޖާގަ އިތުރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމުގެ ގޮތުން 4 ފަންގިފިލާގެ އައު އިމާރާތުގެ މަސައްކަތާއި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕަކާއި ފުލުހުންގެ އިމާރާތާއި ފިޓްނެސް އެންޑް ރެކްއިރޭޝަން ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި މި މަޝްރޫޢުތައް ކުރިއަށްގެންދަނީ އެކަމަށް ބޭނުންވާ ފައިސާއި އެހެނިހެން ކަންކަންވެސް ހަމަޖެހިގެންކަމަށް ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މާއުނގޫދޫ ސިއްޙީ ދާއިރާއަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ސަބަބުން އައު ޚިދުމަތްތައް ދިނުމަށް މަގުފަހިވާނެކަމަށެވެ. އަދި ސިއްޙީ މަރުކަޒުގެ އައު އިމާރާތާއެކު، ސިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަށް ގަސްދުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. “ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ވެގެންދާނީ އޭގެ ސަބަބުން ސިއްޙީ ޚިދުމަތްތަކެއް ދިނުމަށް ލިބިގެންދާނެ ކުރިއެރުމަކަށް. 24 ގަޑިއިރަށް ޚިދުމަތް ބަދަލުކުރަން ސަރުކާރުން ގަސްތުކުރަން. މިކަން ކުރުމުގައިވެސް މިއީ ވަރަށް މުހިންމު މަޝްރޫޢެއް.” ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. މާއުނގޫދޫގައި މިވަގުތު ހިނގަމުންދާ މަޝްރޫޢުތަކަށް އިޝާރާތްކުރައްވާ ރައީސް ވަނީ އެރަށުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އަވަސްކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. މިއީ ކުރީ ސަރުކާރުން އަމިއްލަ ކުންފުންޏަކާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދެބައިކުޅަ އެއްބައި މަސައްކަތް ކުރިއަށްގެންދިއުމަށްފަހު އޮތީ ހުއްޓާލާފައެވެ.
“އެމްޑަބްލިޔުއެސްސީން ވަރަށް އަވަހަށް އެ މަޝްރޫޢު ރީ-ސްޓާޓް ކުރާނެ، ތަކެތި އަރުވައިގެން މޮބިލައިޒްކުރާނެ. އެއަށްފަހު އެކުންފުނިން އެ މަސައްކަތް ކުރިއަށްގެންގޮސް ފުރިހަމަކޮށްދޭނެ.” ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާ ވަނީ ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން އެރަށުގެ މަގުތައް ހެދުމުގެ މަޝްރޫޢުވެސް ފެށިގެންދާނެކަމަށް ވިދާޅުވެފައެވެ. މާއުނގޫދޫ ރައްޔިތުން އެދޭގޮތަށް ބަނދަރުގެ މަސައްކަތްވެސް ނިންމައިދެއްވާނެކަމަށާއި، ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢު ކުރިއަށްގެންދާއިރު ރައްޔިތުން އެދިފައިވާގޮތަށް މޫދަށް އެރޭނެ ސަރަޙައްދެއްވެސް ޤާއިމުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. ކުޅިވަރުގެ ދާއިރާއިން ރަށަށް ހުރި ކަންކަމަށް އަޅިއަޅުއްވާލައްވަމުން ރައީސް ވަނީ މާއުނގޫދޫގައި ފުޓުބޯޅަ ދަނޑެއް ތަރައްޤީކުރުމަށް މިމަހުގެ ތެރޭގައި ބަޔަކާއި ޙަވާލުކޮށް ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް ވިދާޅުވެފައެވެ.
ރައީސް ވަނީ މާއުނގޫދޫގައިވެސް ހިންގުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތައް އެގޮތުގައި ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަން ރަށުގެ ރައްޔިތުންނަށްދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
