
އާންމުކޮށް ބޭނުންކުރާ ފައިދާ ހުރި ކާނާ ހެޔޮއަގުގައި ދާއިމީ ގޮތެއްގައި ބާޒާރުން ލިބޭނެކަން ކަށަވަރުކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ފެށިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގުޅުވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި ސަރުކާރުން ރައްޔިތުންގެ ސިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އަޅުއްވާފައިވާ ބައެއް ފިޔަވަޅުތަކަށް އަލިއަޅުއްވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ދުންފަތާއި ވޭޕްގެ ބާވަތްތަކުން ރައްޔިތުން ދުރުހެލިކުރަން ސަރުކާރުން ފެށި މަސައްކަތުގެ މާޤްޞަދަކީ ހަށިގަނޑަށް ގެއްލުން ލިބޭ ކެއިންބުއިމުގެ އާދަތަކާއި ރައްޔިތުން ދުރުހެލިކުރުވުން ކަމަށެވެ.
ސަރުކާރުން ވަނީ އަސާސީ ކާބޯތަކެތީގެ ލިސްޓަށް މޭވާ އަދި ތަރުކާރީ އިތުރުކޮށް މިމަހުގެ 15 ވަނަ ދުވަހު އެސްޓީއޯ މެދުވެރިކޮށް ބާޒާރަށް ނެރެފައެވެ. މިކަމަށް އިޝާރާތް ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ ރާއްޖޭގައި ޢާއްމުކޮށް ބޭނުންކުރާ ފައިދާހުރި ރަނގަޅު ކާނާ ހެޔޮއަގެއްގައި އަބަދުވެސް ބާޒާރުން ލިބުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ބަލިތަކާއި ދުރުހެލި ދުޅަހެޔޮ މުޖްތަމަޢުއެއް ހޯދުމަށާއި، ދަރީންނަކީ ޞިއްޙަތު ރަނގަޅު ކުދިބަޔަކަށް ހެދުމުގައި އެންމެ އިސްކަމެއް ދޭން ޖެހެނީ، ކެއިން ބުއިމުގައި ސިއްޙީ އާދަތައް ހިފެހެއްޓުމަށް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ ފެންވަރުގައި ރައްޔިތުން މިކަންކަމަށް ހޭލުންތެރިކުރުމަށް ފުޅާ ދައިރާއެއްގައި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޕޯސްޓް ނިންމަވާލެއްވީ، ދިވެހިންގެ ކެއިންބުއިމުގައި މާތްﷲ ބަރަކާތްލައްވައި، ބަލިތަކާއި ދުރު އަދި ދުޅަހެޔޮ ބައެއްގެ ގޮތުގައި ދިވެހިން ލެހެއްޓެވުމަށް ދުޢާ ކުރައްވަމުންނެވެ.
ދުންފަތާއި ވޭޕްގެ ބާވަތްތަކާ ރައްޔިތުން ދުރުހެލިކުރަން ސަރުކާރުން ފެށި މަސައްކަތުގެ ބޭނުމަކީ، ހަށިގަނޑަށް ގެއްލުން ލިބޭ ކެއިންބުއިމުގެ އާދަތަކާ ރައްޔިތުން ދުރުހެލިކުރުން.
އެއާއެކު، ރާއްޖޭގައި ޢާއްމުކޮށް ބޭނުންކުރާ ފައިދާހުރި ރަނގަޅު ކާނާ ހެޔޮއަގުގައި އަބަދުމެ ބާޒާރުން ލިބޭނެ… pic.twitter.com/3ygMo2jwmo
— Dr Mohamed Muizzu (@MMuizzu) October 16, 2025
ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް އަތްފޯރާ އަގެއްގައި ކެއިންބުއިމުގެ ބާވަތްތައް ލިބޭނެ ގޮތް ހެދުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މިގޮތުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތެއް އިތުރުކުރަން ނިންމީ، ރާއްޖެއިން އެންމެ ގިނައިން އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތަކާއި ގޭގޭގައި ކެއިން ބުއިމަށް ބޭނުންކުރާ މިންވަރު އަދި އެ ބާވަތްތަކުގެ ސިއްޙީ ފައިދާތަކަށް ބަލާފައެވެ. މިހާތަނަށް ހަނޑޫ، ހަކުރު ފުށް އެކަނި އަސާސީ ހިމެނުނު ކާބޯތަކެތީގެ ލިސްޓުގައި އާންމުކޮށް ބޭނުންކުރާ 10 ބާވަތެއްގެ މޭވާއާއި 10 ބާވަތެއްގެ ތަރުކާރީ، ލިސްޓުގައި ސަރުކާރުން އަލަށް ވަނީ ހިމަނާފައެވެ. މީގެ އިތުރުން ރީނދޫ، މުގު، ކާށި އަދި ކުކުޅުބިސްވެސް ހިމަނާ މި ތަކެތި އެސްޓީއޯ މެދުވެރިކޮ އެތެރެކޮށް ހިފެހެއްޓިފައިވާ އަގެއްގައި ވިއްކަން މިހާރު ވަނީ ފަށާފައެވެ.
މީގެކުރިން ބައެއް ދުވަސްވަރު، މިފަދަ ބާވަތްތަކުގެ އަގު މަކެޓުގައި ވަރަށް ބޮޑަށް އުފުލިދިޔަ ނަމަވެސް، މިހާރު ސަރުކާރުން މިކަމަށް ޙައްލު ގެނެސް ސަރުކާރުން އެސްޓީއޯ މެދުވެރިކޮށް އެ ބާވަތްތައް ބާޒާރަށް މިވަނީ ނެރެފަވެއެވެ. އެސްޓީއޯއިން ވަނީ މި ބާވައްތަކުގެ އަގު ބާޒާރުގައި ހިފަހައްޓައިދޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
