
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ބޭރުގެ އެކި ފަރާތްތަކުން ނަގާފައިވާ ދަރަނީގެ ތެރެއިން އަންނަ އަހަރު ދައްކަންޖެހޭ ބޮޑު ދަރަނި ދެއްކުމުގައި އެއްވެސް ދައްޗެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ށ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ފުނަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފުނަދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ވެއްޓިފައިވާ އަނދަވަޅުން ނަގާ ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތުގައި ކާމިޔާބީތައް ހާސިލްވަމުންދާކަމަށެވެ. އަދި އެ ކާމިޔާބީތަކާއެކު ދަރަނި ދެއްކުމަށް އެއްވެސް ދައްޗެއް ކުރިމަތިނުވާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“ރާއްޖޭގެ އިޤްތިޞާދު ނަގާ ކޮޅަށް ޖެހުމަށްވެސް އިރާދަކުރެއްވިއްޔާ މިދަނީ ކާމިޔާބީތައް ހޯދަމުން. އެއްގޮތަަކަށްވެސް އަޅުގަނޑުމެންގެ ތެރޭގައި މިހާރު ކަންބޮޑުވުންއޮތްކަމެއް ނޫން މިއަންނަ އަހަރު ދައްކަންޖެހޭ ދަރަނި ދެއްކުމުގެ ކަންތައްތައް ކުރިއަށްގެންދިއުމުގައި. އެއްވެސް ކަމެއްގަ އެއްވެސް ދައްޗެއް ނެތް. އަޅުގަނޑުމެންގެ ޕްލޭނާއި އެއްގޮތަށް ހުރިހާ ކަމެއްވެސް ތަރުތީބުވެފައި ހުރީ.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޭރުގެ ދަރަނީގެ އިތުރުން. ނިމިދިޔަ ސަރުކާރުގެ ދިވެހި އެކި ކުންފުނިތައް މެދުވެރިކޮށް ކުރުވާފައި ފައިސާނުދީ ހުރި ބިލުތަކަށް ދައްކަންޖެހޭ ފައިސާވެސް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ދައްކާ ނިންމާލައްވާނެކަމަށެވެ. “ކުރިއަށްއޮތް ހަފްތާތެރޭގައި މިދިޔަ ސަރުކާރުން އެތައް ހާސް ރައްޔިތުންނަށް ދަރާފަ ހުރި ބިލުތަކާއި އެއްކޮށް، މިދިޔަ 30 ދުވަސްތަކުގެ ތެރޭގައި އައި ބިލުތަށް ފިޔަވައި، ޑިއު ޕްރޮސެސްގެ ތެރެއިން އައިސްފަ ހުރި ހުރިހާ ބިލަކަށް ފައިސާ ދިނުންވެސް އަޅުގަނޑުމެން ނިންމާނަން.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އިޤްތިޞާދަށް އަންނަ ކުރިއެރުންތަކާއެކު ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދެވުމުގެ މަސައްކަތްވެސް ހަލުވި ދުވެލީގައި ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
