
(ފޮޓޯ ކްރެޑިޓްސް: އެމްއެމްއޭ)
ޕޭޕަލްގެ ޚިދުމަތް ދިނުމަށް ބޭނުންވާ އިންވާޑް ރެމިޓެންސް ހުއްދަ އުރީދޫގެ ދަށުން ހިންގާ ޓެކްފިން މޯލްޑިވްސްއަށް ދޫކޮށްފިއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ލައިސެންސް އުރީދޫއާއި ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރުއެވެ. މި ލައިސެންސްއާ ރަސްމީކޮށް ހަވާލުވީ އުރީދޫ ފިންޓެކް މޯލްޑިވްސްގެ ބޯޑު މެމްބަރު އަދި އުރީދޫ މޯލްޑިވްސްގެ ޗެއާމަން ފާތިމާ އަލް ކުވާރީއެވެ. މި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީއާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއެމްއޭއިން ވިދާޅުވީ މި ހުއްދައާއެކު އެމްފައިސާ ވޮލެޓަށް ޕޭޕަލް ފަދަ ވަސީލަތްތަކުން ފައިސާ ގެނައުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތަކާއި ޓެސްޓިންގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި މިއާއެކު، ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސްގެ ދަށުން އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތާއި އިންވާޑް އަދި އައުޓްވާޑް ރެމިޓަންސްގެ ޚިދުމަތް ދެމުން ގެންދާނެކަމަށްވެސް އެމްއެމްއޭއިން ވިދާޅުވިއެވެ.
އުރީދޫގެ އެމްފައިސާ ވޮލެޓަށް ބޭރު ޤައުމުތަކުން ފައިސާ ޖަމާ ކުރުމަށް އެމްއެމްއޭގެ ހުއްދަ ލިބިގެން ދިޔައިރު، ޕޭޕަލް މެދުވެރިކޮށް އެމްފައިސާ ވޮލެޓަށް ފައިސާ ޖަމާ ކުރެވޭ ގޮތް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި އެ ހިދުމަތް އަންނަ އަހަރު ފަށާނެކަމަށްވެސް އުރީދޫއިން ވަނީ އިއުލާންކޮށްފައެވެ. މީގެ ސަބަބުން އަމިއްލަ ފަރުދުން، ޚާއްސަކޮށް ފްރީލާންސަރުންނާއި ކުދި ވިޔަފާރިވެރިންނާއި، އާމްދަނީ އާއި އެހީއަށް ބައިނަލްއަގުވާމީ މުއާމަލާތްތަކަށް ބަރޯސާވާ އާއިލާތަކަށް ޕޭޕާލް މެދުވެރިކޮށް ފައިސާ ފޮނުވޭނެކަމަށް އުރީދޫން ބުނެއެވެ.
Ooredoo Fintech has officially received an Inward Remittance License from the @MMA_Maldives
The license marks a major milestone in Ooredoo Fintech journey to expand its fintech offerings, enabling seamless, secure, and convenient cross-border money transfers directly to mFaisaa… pic.twitter.com/rzxHtbAZPk
— Ooredoo Maldives (@OoredooMaldives) October 15, 2025
އުރީދޫގެ މޯލްޑިވްސް ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ މި ލައިސަންސްގެ ސަބަބުން އުރީދޫއިން ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާ ކަމަށެވެ. އެމްފައިސާގެ ހިދުމަތްތަކުގެ ތެރޭގައި ބިލް ދެއްކުމާއި، މާޗަންޓް ކިއުއާރު ޓްރާންސެކްޝަންތަކާއި، ޑޮމެސްޓިކް ޓްރާންސްފަރގެ ހިމެނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އިންޓަނޭޝަނަލް ރެމިޓެންސް ޚިދުމަތް އިތުރުވެގެން ދިއުމާއެކު ޑިޖިޓަލް އަދި ގުޅިފައިވާ ރާއްޖެއަށް ބިނާކުރުމަށް އެކުންފުނިން ކުރާ މަސައްކަތް އިތުރަށް ފުޅާވެގެން ދާނެކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫގެ އެމްފައިސާ ވޮލެޓާއި ޕޭޕަލް ގުޅުވާލާއި، ޕޭޕާލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފް ކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށާފައިވާއިރު މި ޚިދުމަތް ރާއްޖެއަށް ތަޢާރަފް ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އައި މަސައްކަތެކެވެ. ރާއްޖެއަށް ޒަމާނީ އޮންލައިން ޕޭމެންޓް ސިސްޓަމްތަކާއި، އީވޮލެޓް ތާޢަރްފްކޮށް ފަސޭހަކަމާއެކު މާލީ މުޢާމަލާތް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
ފަވަރަ ޔޫޕީއައި ގުޅާލުން: މި ނިޒާމު މަސައްކަތް ކުރަނީ ކިހިނެއް؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާގައި ދިރިއުޅޭ އަދި ބޭސްފަރުވާއާއި ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އިންތިޒާމު މަރުކަޒީ...
ވައިގެ ދަތުރުފަތުރުގެ އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށްޓަކައި، އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް...
