
(ފޮޓޯ ކްރެޑިޓްސް: މެސީ ޝޯޝަލް މީޑިއާ)
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، އޭނާގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމައިފިއެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އޭނާގެ ނަމުގައި ބާއްވާ މުބާރާތުގެ ފެށުން އޮންނާނީ މި އަހަރުގެ ޑިސެމްބަރު މަހު އެމެރިކާގެ ފްލޮރިޑާގައެވެ. މީގެ ފަހުން ކޮންމެ ޑިސެމްބަރަކު ބާއްވާ މުބާރާތުގައި ބައިވެރިކުރަނީ 16 އަހަރުން ދަށުގެ ޓީމުތަކެވެ. މި ގޮތުން މި އަހަރުގެ މުބާރާތުގައި ވާދަކުރާނީ މެސީ އެންމެ ގިނަ ދުވަހު ކުޅުނު ކުލަބު ކަމަށްވާ ސްޕޭނުގެ ބާސެލޯނާ އާއި އޭނާ ކުޑައިރު ކުޅުނު އާޖެންޓީނާގެ ނިއުވެލްސް އޯލްޑް ބޯއީސް އާއި ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑާއި އިޓަލީގެ އިންޓަމިލާނާއި އިނގިރޭސިވިލާތުން މެންޗެސްޓާ ސިޓީ އާއި ޗެލްސީ އަދި އާޖެންޓީނާއިން ރިވަޕްލޭޓް އާއި މެސީ މިހާރު ކުޅެމުން އަންނަ އެމެރިކާގެ އިންޓަ މިއާމީ އެވެ.
އޭނާ ކުޅުނު ކުލަބުތަކުގެ ތެރެއިން ފްރާންސްގެ ޕީއެސްޖީ އަށް ދައުވަތެއް ނުދެ އެވެ. މި މުބާރާތާ ބެހޭ ގޮތުން މެސީ އޭނާގެ އިންސްޓަގްރާމުގައި ބުނެފައިވަނީ މިއީ ކުރިމަތުގެ ތަރިން އެއްތަނަކުން ބައްދަލުވާނެ މުބާރާތް ކަމަށާއި މި މުބާރާތަކީ ތަރިން އުފައްދަން ބާއްވާ މުބާރާތެއް ކަމަށެވެ. މުބާރާތް އޮގަނައިޒް ކުރަން ހަވާލުކޮށްފައިވަނީ މެސީ ޕްރޮޑަކްޝަން ކުންފުނި 525 ރޮސާރިއޯއާ އެވެ. މުބާރާތް ބާއްވާނީ ޑިސެމްބަރު 9 އިން 16 އަށެވެ. ޖުމުލަ މުބާރާތުގައި 16 މެޗު ކުޅޭނެ އެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
