
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ބެސްޓިނެޓާއެކު ވެފައިވާ އެއްބަސްވުމަށް ކުރީ ސަރުކާރުން އަމަލުނުކޮށް 5 އަހަރުވިކަމަށާއި އެކަމުގައި އެ ކުންފުންޏާއެކު އެއްވެސް މުއާމަލާތެއް ނުކުރާތީ ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް ދައްކަންޖެހުނު ކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ. ބަންޑާރަނައިބު މިހެން ވިދާޅުވީ ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ކަންކަން ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރުމާ ގުޅިގެން ދީފައިވާ ލަފަޔާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. މުޙައްމަދު ޝަމްހީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވީ ބެސްޓިނެޓާއެކު އެންމެ ފުރަތަމަ އިމިގްރޭޝަނުން ސޮއިކުރީ 2016ވަނަ އަހަރު ކަމަށެވެ. ނަމަވެސް 2019ވަނަ އަހަރު ބިދޭސީން ގެނައުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، ބަންގްލަދޭޝްގެ މަސައްކަތްތެރިން އެއް އަހަރު ދުވަހަށް ނުގެނެވޭ ގޮތަށް ހެދުމުން އެއްބަސްވުން ތަންފީޒުނުކުރެވި ހުއްޓިފައި އޮތް ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ. މި ބަދަލުތައް އޭރުގެ ސަރުކާރުން ގެންނެވިއިރު ބެސްޓިނެޓާ އެއްވެސް ކަމެއް ހިއްސާކުރައްވާފައި ނުވާ ކަމަށްވެސް ބަންޑާރަނައިބު ވިދާޅުވިއެވެ.
މި އެއްބަސްވުމަށް އަމަލުނުކޮށް، ބެސްޓިނެޓުގެ ސިސްޓަމް ބޭނުންކުރުން ހުއްޓާލުމާ ގުޅިގެން އެ ކުންފުނިން ފަސް ލީގަލް ނޯޓިސް ފޮނުވި ކަމަށާއި އެއަށް އޭރުގެ ސަރުކާރުން އެއްވެސްޖަވާބެއް ދީފައިވާކަން ލިޔެކިޔުންތަކުން ފެންނަން ނެތް ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ. “އެ ކުންފުނިން ފާހަގަކުރީ ސިސްޓަމް ބޭނުންކުރުން ހުއްޓާލިއިރު ރަސްމީކޮށް އެއްވެސް އެއްޗެއް އަންގާފައި ނުވާ ކަމަށާއި އެހާތަނަށް ސިސްޓަމްގެ އެކި ކޮމްޕޯނަންޓްތައް ޑިވެލޮޕްކުރުމަށް ބޮޑެތި ޚަރަދުތައް ގޮސް، އިންވެސްޓްމަންޓުތައް ކޮށްފައިވާ ކަމަށް. އަދި އަހަރުން އަހަރަށް ދައްކަންޖެހޭ ފީތައް ނުދެއްކުމުގެ ސަބަބުން އެ ކުންފުންޏަށް ގެއްލުންވާކަމަށް. އެހެންކަމުން ގެއްލުމުގެ ބަދަލު ދިނުމަށް ސަރުކާރުގައި ވަނީ އެދިފައި،” ބަންޑާރަނައިބު ވިދާޅުވިއެވެ. ބަންޑާރަނައިބު ވިދާޅުވީ ބެސްޓިނެޓުން ހުށަހެޅުއްވީ ބަދަލުގެ ގޮތުގައި 13.7 މިލިޔަން ޑޮލަރާއެކި އެހެނިހެން ގެއްލުމުގެ ބަދަލުވެސް ހޯދަން ކަމަށެވެ. މިކަމާ ގުޅިގެން 2023ވަނަ އަހަރު ކުރީ ސަރުކާރުގެ ބަންޑާރަނައިބު އޭރު ސަރުކާރުގައި އޮތް ސެޓަލްމަންޓް ކޮމިޓީއަށް ހުށަހަޅައިގެން މައްސަލަ ކުރިއަށްގެންދިއުމަށް ލަފާ ދެއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ބަންޑާރަނައިބު ވިދާޅުވީ މި ސަރުކާރުގައި ދާޚީލީ ސަލާމަތާބެހޭ ވުޒާރާއިން އެ މައްސަލަ ހުށަހެޅުއްވުމުން ދިރާސާކުރުމުގެ ތެރެއިން ބެސްޓިނެޓާއެކު ވެފައިވާ އެއްބަސްވުމާމެދު ވަކި ގޮތެއް ނުނިންމައި އަދި އަމަލުކުރާނެ ގޮތެއް އެ ފަރާތައް ނާންގައި ފަސްވަރަކަށް އަހަރުވެފައިވާތީ އެއްބަސްވުން އިތުރަށް ކުރިއަށް ނުގެންދެވޭގޮތަށް އޭރުގެ ސަރުކާރުން އަމަލުކޮށްފައިވާ ކަމަށް ފާހަގަކުރެވިފައިވާކަށެވެ. އަދި ޝަރުޢީ މަރުހަލާގައި މި އެއްބަސްވުމުގެ ދަށުން އުފުލަންޖެހޭ އިލްތިޒާމްތަކުގައި މެޓީރިއަލް ބްރީޗެއް ސަރުކާރުގެ ފަރާތުންވެފައިވާ ކަމަށާއި ޝަރުޢީ މަރުހަލާއަކަށްދާނަމަ ބެސްޓިނެޓުން އެދިފައިވާ ބަދަލު އެފަރާތައް ނަގައިދިނުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރެވުނު ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން އާބިޓްރޭޝަނަށް ދިޔަ ނަމަވެސް ދައުލަތުން ބޮޑެތި ޚަރަދުތައް ކުރަންޖެހޭނެކަން ފާހަގަކުރެވުނު ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ. އެހެންކަމުން ބެސްޓިނެޓާއެކު އެއްބަސްވުމެއް ހަދަން ފެންނަކަމަށް ލަފާ ދެއްވާފައިވާނެ ކަމަށާއި އެ އެއްބަސްވުމުގެ ސަބަބުން ދައުލަތަށް ގެއްލުންވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
