
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަށާފައިވާ ބިން ހިއްކުމުގެ މަޝްރޫއުތަކުން އެމްއޭސީއެލްއާ ހަވާލުކޮށްފައިވާ ބިންތައް ހިއްކަން އެ ކުންފުނިން މި އަހަރު ތިން ޑްރެޖަރު ގެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ. ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ކޮމަންޑޫގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި ރައީސް ވިދާޅުވީ ރަށްރަށުގައި އެއްފަހަރާ އެފަދަ ކަންކަން ކުރަން ފަށާފައިވާތީ އެކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ފާޑުކިޔާ ކަމަށެވެ. އެ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ ސަރުކާރުގެ ކޮންމެ ކަމެއް ކުރަނީ ވެސް ޕްލޭނެއް އޮވެގެން ކަމަށާއި ބިން ހިއްކުމުގެ ހުރިހާ މަޝްރޫއުއެއް ވެސް ކުރިއަށް ގެންދާނީ އެއްފަހަރާ ކަމަށެވެ.
ބައެއް އަތޮޅުތަކުގެ ބިން ހިއްކުމުގެ މަޝްރޫއުތައް ވެސް އެމްއޭސީއެލްއާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރު ވެފައިވާ ކަމަށެވެ.
އެމްއޭސީއެލް އިން ގެންނަ ތިން ޑްރެޖަރު
– މި މަސް ނިމުމުގެ ކުރިން، 11،000 ޓަނުގެ ޑްރެޖަރެއް ގެންނާނެ
– ނޮވެމްބަރު މަހުގެ 3 ވަނަ ހަފުތާގެ ތެރޭގައި 40،000 ޓަނުގެ ޑްރެޖަރެއް ރާއްޖެ ގެންނާނެ، މަސައްކަތް ކުރާނީ ރަސްމާލޭގައި
– ތިން ވަނަ ޑްރެޖަރު ރާއްޖެ ގެންނާނީ ޑިސެމްބަރު މަސްތެރޭ، ފަށާނީ ހއ. ދިއްދޫގެ ޕްރޮޖެކްޓް
ރައީސް ވިދާޅުވި ގޮތުގައި ހއ. އަތޮޅު ނިންމާ ގޮތަށް އެ ޑްރެޖަރު އަންނާނީ ށ. އަތޮޅު އެއާޕޯޓުތަކަށް ބޭނުންވާ ބިން ހިއްކާށެވެ. އަދި ށ. އަތޮޅުގައި ހިއްކަން ނިންމާފައިވާ ހުރިހާ ބިމެއް ނިންމުމަށްފަހު މާލެ އަތޮޅުގައި ނުނިމި ހުރި މަސައްކަތްތައް ނިންމާނެ ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ އިތުރުން ރައިސް ވިދާޅުވީ މާލެ ސަރަހައްދުގެ މަޝްރޫއުތައް ނިންމުމަށް އެމްއޭސީއެލް އިން އިތުރު ކުންފުންޏަކާ އެގްރިމަންޓް ހަދާފައިވާ ކަމަށެވެ. އެ ކުންފުނިން ވެސް ޑްރެޖަރުތައް ގެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
