
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ދާއޫދުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފި އެވެ. މިކަން ހާމަކުރެއްވީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ ބައްދަލުވުމެއްގަ އެވެ.
ނާޒިމް ހުށަހެޅުއްވި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި 2023 އަދި 2024 ވަނަ އަހަރު ދާއޫދުގެ އަދި އާއިލާގެ ބައެއް މެންބަރުންގެ އެކައުންޓުތަކަށް އާމްދަނީ ލިބުނު ގޮތް ނޭނގޭ ފައިސާ ޖަމާވެފައިވެ އެވެ. އަދި ފުލުހުންނަކީ ވިޔަފާރިކުރުން މަނާ ބަޔަކަށް ވާއިރު، ދާއޫދުގެ ނަމުގައި ވިޔަފާރިއެއް ނެތެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީ ކޮރަޕްޝަނާ ގުޅޭ އެސެޓް ރިކަވަރީ ކޮމިޝަންގެ ރިޕޯޓުގައި ވެސް ދާއޫދު ހިމެނޭ ކަމަށް ނާޒިމް ވިދާޅުވި އެވެ. ވިސްލްބްލޯވަރުން ދިން މައުލޫމާތުތަކަށް ބަލާއިރު، ދާއޫދާއި ވިޔަފާރިވެރިޔާ ހަސަން ތައުފީގު ގުޅިގެން ދެ ބޭފުޅުންގެ އަނބިކަނބަލުންގެ ނަމުގައި 10.5 މިލިއަން ރުފިޔާގެ ރިއަލް އެސްޓޭޓް އިންވެސްޓްމެންޓެއް ކޮށްފައިވެ އެވެ. އަދި 4.1 މިލިއަން ރުފިޔާގެ އެޕާޓްމެންޓެއް ނަގުދު ފައިސާއިން 10 އިންސްޓޯލްމެންޓަށް ބަހާލައިގެން ދައްކާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ނާޒިމްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ދާއޫދުގެ ގާނޫނީ ވަކީލުން ބުނީ، އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ އެއްވެސް ފައިސާއެއް ޖަމާވެފައި ނުވާނެ ކަމަށާއި ގާނޫނާ ހިލާފު އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށް ޔަގީންކަން ދިނެވެ. އަދި އެމްއެމްޕީއާރުސީގެ އެއްވެސް ފައިސާއެއް ދާއޫދަށް ލިބިފައި ނުވާކަން ތަހުގީގުތަކުން ސާފުވާނެ ކަމަށާއި، ކުރީގެ ޕޮލިސް ބޯޑުގެ ނިންމުންތައް ކޯޓުން ބާތިލުކޮށްފައިވުމުން ދާއޫދުގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް ކަމަށް ވެސް ވަކީލުން ބުނެ އެވެ. އަދި ތުހުމަތު ރައްދުވާ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ މަޖިލީހުގެ ކޮމިޓީއެއްގައި ސާބިތު ނުހިފޭ ވާހަކަތައް ދެއްކުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށް ވެސް ދާއޫދުގެ ގާނޫނީ ވަކީލުން ފާހަގަކުރެ އެވެ.
މި ތުހުމަތުތައް ދާއޫދުގެ މައްޗަށް ކުރިއިރު، އޭނާ މިއަދުން ފެށިގެން ޗުއްޓީއަކަށް ވަޑައިގެންފައިވާ ކަމަށާއި، ހުޅުމާލެ ޕޮލިސް ހިންގުން ވަގުތީ ގޮތުން އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) އާ ހަވާލުކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. ނަމަވެސް ދާއޫދާ މެދު އަދި އެއްވެސް ފިޔަވަޅެއް އެޅި ކަމެއް ސާފެއް ނުވެ އެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
