
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ކޮމަންޑޫ އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް މަޑުޖެހުމެއްނެތި ކުރިއަށްދާނެކަމަށާއި ބަޖެޓުގައި ހިމަނައިގެން އަންނަ އަހަރު ކުރީކޮޅު ކޮމަންޑޫގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢެއް ފައްޓަވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ކޮމްނަޑޫގެ ރައްޔިތުންނަށް ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ކޮމަންޑޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އެއަޕޯޓުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއާއެވެ. އެއަރޕޯޓް މަޝްރޫޢުއަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެއަރޕޯޓުގެ މަސައްކަތް އެއްވެސް މަޑުޖެހުމެއްނެތި ހަލުއި ދުވުލީގައި ކުރިއަށްގެންގޮސް ނިންމަވައިދެއްވާނެކަމަށެވެ. ރައީސް ވިދާޅުވީ އެއަޕޯޓް މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން 48.8 ހެކްޓަރުގެ ބިން ހިއްކާނެކަމަށެވެ.
އެއްވެސް މަޑުޖެހުމެއްނެތި ބިން ހިއްކުމުގެ މަސައްކަތްވެސް ކުރަމުންދާނެކަމަށާއި ބިން ހިއްކުމަށް ބޭނުންވާ ބަންޑްވޯލް ޖެހުމުގެ މަސައްކަތް 2 މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާނެކަމަށް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ނިންމެންވާއިރަށް ބިން ހިއްކުމަށް ބޭނުންވާ ޑްރެޖަރ ގެންނާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު އެއަޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށެވެ. ރައީސް ވިދާޅުވީ އެމްއޭސީއެލުން އެއަރޕޯޓު ތަރައްޤީކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތަެއް ކުރައްވާނެކަމަށާއި އެއަޕޯޓުގެ ޚިދުމަތްތައް އެ ކުންފުނިން ފޯރުކޮށްދޭނެކަމަށެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތް 8 މަސްދުވަހުގެ ތެރޭގައި ނިންމާ ގިނަވެގެން 30 މަަސްދުވަހުގެ ތެރޭގައި އެއަޕޯޓުގެ މަސައްކަތް ނިންމާ ހުޅުވާނެކަމަށް ރައީސް ވިދާޅުވިއެވެ.
“މިއީ ވަރަށް ޔަޤީންކަމާއެކު ސަރުކާރުން ދޭ ޔަޤީންކަމެއް. މިދިނީ އެންމެ ގިނަވެގެންވެސް އެ މަސައްކަތް ނިންމާނެ ތާރީޚުތައް. މި އަތޮޅުގައި އިތުރު 3 އެއަޕޯޓެއްގެ މަސައްކަތް މި ފަށަނީ. ޕްލޭންކޮށްގެން މި މަސައްކަތްތައް ކުރިއަށްގެންދަނީ. އެކަންކަން ތަންފިޒުވާނެގޮތަށް މަސައްކަތްތައް މިކުރަނީ” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. ކޮމަންޑޫގެ ތަރައްޤީއަށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ އިތުރު މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނެސް ދިނުމުގެ ގޮތުން އެ ރަށުގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރަން ނިންމަވާފައިވާކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އެ މަޝްރޫޢު ހިމަނާފައިވާކަމަށާއި އަންނަ އަހަރުގެ ކުރީކޮޅު އެ މަޝްރޫޢު ފަށާނެކަމަށް ވިދާޅުވިއެވެ.
މިއަހަރުގެ ތެރޭގައި ސިއްޙީ ދާއިރާއިން އިތުރު ކުރިއެރުން ގެނައުމަށް ޑައިލިސިސްގެ ޚިދުމަތް ފަށްޓަވާނެކަމަށާާއި އަންނަ އަހަރު ތަޢުލީމީ ދާއިރާއިން ސްކޫލް މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް ބަޖެޓުގައި ހިމަނާނެކަމަށް ވިދާޅުވިއެވެ. ކުޅިވަރުގެ ދާއިރާއަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ކޮމަންޑޫގައި ގި ކުޅިވަރުތައް ކުޅެވޭނެ ގޮތަށް އިންޑޯ ސްޕޯޓްސް ކޮމްޕެލެކްސްއެއް ތަރައްޤީކުރުމަށް ބަޖެޓުގައި ހިމަނާފައިވާކަމަށާއި އެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެކަމަށެވެ.

ރައީސް ވިދާޅުވީ ކޮމަންޑޫގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން މަގުހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ބަޖެޓުގައި ހިމަނުއްވާނެކަމަށެވެ. “އެއްބަސްވުމުގެ ތެރެއިން މި މަސައްކަތް ނުކުރާނަމަ އައު އެއްބަސްވުމެއް އެކުލަވާލާނެ. އެކަން ނިމުނީމަ މަގުހެދުން ބަޖެޓުގައި ހިމަނާނެ. އޭގެ އިތުރުންވެސް ފުލުހުންގެ އިދާރާ އެޅުމާއި ކައުންސިލް އިދާރާއެއްވެސް އެޅުން އޮބަހުރި. މަތި ކޮމަންޑޫ ގުޅުވާލުންވެސް ކުރިއަށްދިޔުން އެބައޮތް. މަތި ކޮމަންޑޫގެ ފެނާ ކަރަންޓު ގުޅާލުންވެސް އެބައޮތް. ވީ ހުރިހާ ވަޢުދެއް ފުއްދާނަން.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ފަތރުވެރިކަމުގެ ދާއިރާއަށް އަލިއަޅުވާކައްވަމުން ރައީސް ވިދާޅުވީ ށ. އަތޮޅަށް އެކަށީގެންވާ ގޮތަށް ފަތުރުވެރިކަން އައިސްފައިނުވާކަމަށެވެ. އެހެންކަމުން ޚާއްސަ ލުއިތަކަކާއެކު އެ އަތޮޅަށް ފަތުރުވެރިކަން ގެނައުމަށް ފުރުޞަތު ހުޅުވާލާފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން 2 އަހަރު ދުވަހަށް ޚާއްސަ ލުއިތަކަކާއެކު އޯޕަން ބިޑިން އުޞޫލުން ށ. ފުށިފަރާއި ގޮނާފަރު ފަޅުން 200 ހެކްޓަރުގެ 3 ޕްލޮޓް ހިމެނޭހެން ތަރައްޤިކުރުމަށް ހުޅުވާލާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ކްލޯޒް ބިޑިންގ އުޞޫލުން ކުޑަޅައިމެންދޫގައި ރިސޯޓް ތަރައްޤީކުރުމަށް ބަޔަކާ އެވޯޑުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ށ. ނަލަންދޫވެސް ފަތުރުވެރިކަމަށް ހުޅުވާލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެއަރޕޯޓްތައް ތަރައްޤީވަމުން އަންނައިރު ފަތުރުވެރިކަން މި ސަރަޙައްދުގައި ފުޅާވުމަކީ މުހިއްމުކަމެއްކަން ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ބޭނުންވަނީ ރަށާ ކައިރިން ރިސޯތުތަކުގައި ޒުވާނުން މަސައްކަތް ކުރުމަށްކަމަށާއި އެއަޕޯޓުން އަންނަ ފަތުރުވެރިން ތިބޭނެ ރިޒޯޓްތައް ތަރައްޤީކުރުމަކީ މުހިއްމުކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
