
(ފޮޓޯ ކްރެޑިޓްސް: އޫރިދޫ)
އުރީދޫ ފިންޓެކްއާއި ޕޭޕަލް ގުޅިގެން ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިޚިދުމަތް ތަޢާރަފްކުރުމުގެ މަސައްކަތް ފެށުމުން ސަރުކާރުންވަނީ މަރުޙަބާ ދަންނަވާފައެވެ. ދިވެހި ރައްޔިތުންނަށް ޒަމާނީ އޮންލައިން ޕޭމަންޓް ސިސްޓަމްތަކާއި އިލެކްޓްރޯނިކް ވޮލެޓްތައް (އީ-ވޮލެޓް) މެދުވެރިކޮށް މާލީ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. އަދި އެމަނިކުފާނުވަނީ ރާއްޖެއަށް ޕޭޕަލް ތައާރަފްކުރައްވާނެކަން ރިޔާސީ ކެމްޕެއިންގެ ދުވަސްވަރު ވިދާޅުވެފައެވެ. މިކަން ހާސިލްކުރުމަށް ސަރުކާރުން ވަނީ މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ.
ޕޭޕަލްގެ ޚިދުމަތަކީ ފައިސާގެ މުޢާމަލާތްކުރުމުގައި ބައިނަލްއަޤުވާމީ މަންސަތަކުގައި ކުރިއަރާފައިވާ ޕްލެޓްފޯމަކަށްވާއިރު އެޚިދުމަތް ރާއްޖެއަށް ތަޢާރަފްކުރުމަކީ ގިނަ ޒުވާނުން އަދި ވިޔަފާރިވެރިން އެދެމުންދިޔަ ޚިދުމަތެކެވެ. އެހެންކަމުން އުރީދޫ ފިންޓެކްއާއި ޕޭޕަލް ގުޅިގެން ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްކުރުމަށް އެއްބަސްވުމެއް ޤާއިމުކުރުމަށް މިހާރު ތައްޔާރުވަމުންދާއިރު، އެއީ އިޤްތިޞާދީގޮތުން ރާއްޖެއަށް އަންނާނެ އިންޤިލާބީ ބަދަލެކެވެ. މިޚިދުމަތް ތަޢާރަފްކުރުމާއި ގުޅޭގޮތުން އުރީދޫ މޯލްޑިވްސްއިން ކުރި ޕޯސްޓެއްގައިވަނީ ޕޭޕަލް ރާއްޖެއަށް ތަޢާރަފްކުރުމަށް ގުޅިގެން މަސައްކަތްކުރަމުންދާކަން ޢިއުލާންކޮށްފައެވެ. އަދި މިއެއްބަސްވުމާއެކު ދިވެހި ކަސްޓަމަރުންނަށާއި ވިޔަފާރިތަކަށް ބޮޑު ފައިދާއެއް ލިބިގެންދާނެކަމަށް އެކުންފުނިން ފާހަގަކުރައްވައެވެ. އަދި މި ޚިދުމަތް އަންނަ އަހަރުގެ ތެރޭގައި އުރީދޫ އެމްފައިސާ މެދުވެރިކޮށް ލިބިގެންދާނެކަމަށް އުރީދޫއިން ވިދާޅުވެއެވެ.
Ooredoo Fintech and PayPal have announced their intent to collaborate in Maldives and are actively working on finalizing details of the partnership.
The intended partnership is expected to benefit both consumers and businesses in the Maldives. Expected to go live in 2026,… pic.twitter.com/cI3lFTEJv9
— Ooredoo Maldives (@OoredooMaldives) October 14, 2025
މިޚިދުމަތާއެކު ރާއްޖެއިން ބޭރުގައި ގަނެވިއްކުމުގެ ފުރުޞަތު ދިވެހީންނަށް ލިބިގެންދާނެކަމަށާއި، މިއާއެކު ރާއްޖެއިން ޑިޖިޓަލް އިޤްތިޞާދެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގައި އިތުރު ބާރަކަށް ވެގެންދާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. މިޚިދުމަތް ރާއްޖެއަށް ތަޢާރަފްކުރަން ކުރަމުންދާ މަސައްކަތަކަށް މަރުހަބާ ވިދާޅުވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިއީ ސަރުކާރުގެ ޑިޖިޓަލް އިޤްތިޞާދުގެ މުހިއްމު އަމާޒަކަށް ވަޞީލުވުމަށް ކުރެވޭ މަސައްކަތެއްކަމަށެވެ. މިއާއެކު ފައިސާގެ މުޢާމަލާތްތައް ކުރާ ޒަމާނީ އަދި ލުއިފަސޭހަ ޚިދުމަތެއް ތަޢާރަފްކުރުމުގެ އިތުރުން ރާއްޖޭގައި ބޭނުންކުރަމުންދާ ޑިޖިޓަލް ވޮލެޓްގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ދުނިޔޭ ފައިސާގެ މުޢަމަލާތުކުރުމުގައި ބޭނުންކުރާ ޑިޖިޓަލް މަންސަތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޚިދުމަތްތައް ރާއްޖޭގައި ލިބޭނެ މަގުފަހިކުރުމަކީ ސަރުކާރުގެ ވަޢުދެއްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. މީގެ ސަބަބުން ދިވެހި ވިޔަފާރިތަކަށާއި ފްރީލަންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށާއި، ކޮންޓެންޓް ތައްޔާރުކުރާ ފަރާތްތަކަށް ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގައި ޙަރަކާތްތެރިވުމަށް ފުރުސަތު ފަހިވެގެންދާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ޕޭޕަލް ފަދަ ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފްކުރުމުގައި ގިނަ ހުރަސްތަކެއް ރާއްޖޭގެ ނިޒާމުގެ ތެރޭގައި ހުރިއިރު، އެކަންކަމަށް ހައްލުގެނެއުމަށް ވަރަށް ގިނަ މަސައްކަތްކުރެވިފައިވާކަމަށެވެ. އެހެންކަމުން ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ފެށިގެން ދިޔުމާއެކު ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމަށާއި، އީޖާދީ ޑިޖިޓަލް ޙައްލުތައް ހޯދޭނެ ފަދަ މާލީ މާޙައުލެއް ޤާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް މިއީ ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެވުޒާރާއިން ފާހަގަކުރައްވައެވެ.
About Post Author
މާދަމާ ނިއުސް
ފަސްޓްލޭޑީ ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ރަސްމީކޮށް އިއްޔެ ހުޅުވައިދެއްވައިފިއެވެ. މާލޭ ސޯޝަލް...
އިންގްލޭންޑުން ކްރޮއޭޝިއާ ކޮޅަށް 4 ލަނޑު
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ފީފާ ވޯލްޑް ކަޕްގައި އިންގްލޭންޑާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު 4-2 އިން އިންގްލޭންޑް ކާމިޔާބުކޮށްފިއެވެ. މި މެޗުގައި އިންގްލޭންޑްގެ ކެޕްޓަން...
ފެނުނީ އާދައިގެ ޕޯޗްގަލްއެއް، ވަރލްޑްކަޕްގައި ކޮންގޯގެ ފުރަތަމަ ޕޮއިންޓް ޕޯޗްގަލް އަތުން!
(ފޮޓޯ ކްރެޑިޓްސް: ފީފާ) ތިން ގައުމެއްގައި ބާއްވާ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ވާދަކޮށް 1-1...
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
