
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ޖެހޭނީ ހަތިޔާރު ބަހައްޓަން ކަމަށާއި، އެގޮތަށް އަމަލު ނުކޮށްފި ނަމަ ގަދަބާރުން ހަތިޔާރު އަތުލާނެކަން އެ ޖަމާޢަތަށް އަންގާފައިވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ލާއިންސާނީ ޢުދުވާނީ ޙަމަލާތައް، ޔަހޫދީންނާއި ޙަމާސްއާ ދެމެދު ޤާއިމްކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ވަނީ މި ހަފްތާގެ ތެރޭގައި ނިމުމަކަށް ގެނެސްފައެވެ. އެ އެއްބަސްވުން އެކުލަވައިލުމުގައި އެންމެ އިސް ދައުރެއް އަދާ ކުރައްވާފައި ވަނީ ޓްރަމްޕްއެވެ. އެ އެއްބަަސްވުމުގެ ދަށުން ދެ ފަރާތުން އަސީރުންނާއި ޤައިދީން ބަދަލުކޮށްފައިވާއިރު، ހަމާސުން ހަތިޔާރު ބެހެއްޓުމަކީ ވެސް އެއްބަސްވުމުގެ ޝަރުތެކެވެ. ނަމަވެސް ހަތިޔާރު ބަހައްޓާނެ ކަމަށް ޙަމާސުން މިހާތަނަށް ފާޅުގައި ބުނެފައެއް ނުވެއެވެ.
ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ޙަމާސުން ހަތިޔާރު ނުބަހައްޓާނަމަ އެމެރިކާއިން ޙަމާސްގެ އަތުން ހަތިޔާރު އަތުލާނެ ކަމަށެވެ. އެ ކަން ކުރުމަށް މާ ގިނަ ވަގުތެއް ނުނަގާނެ ކަމަށާއި، އެ ކަން ޙާޞިލް ކުރުމަށް ގަދަބާރު ބޭނުންކުރުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ކަން ޙަމާސްއަށް އަންގާފައިވާނެ ކަމަށާއި ހަތިޔާރު ބެހެއްޓުމަށް އެ ޖަމާޢަތުން އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޢުދުވާން ނިމުމަކަށް އައިފަހުން ޙަމާސުން ދަނީ ޔަހޫދީންނާ ގުޅުންހުރި ޚިޔާނާތްތެރިންނަށް ޙަމަލާ ދެމުންނެވެ. ޓްރަމްޕް ވަނީ ސަލާމަތީ ކަންކަން ދެމެހެއްޓުމަށް ޚިޔާނާތްތެރިންނަށް ޙަމަލާ ދިނުން އެންޑޯަޒް ކުރައްވައިފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
