
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ލާމަރުކަޒީ ނިޒާމު އެންމެ ހަރުދަނާ ގޮތެއްގައި ތަންފީޒކޮށް، އެ ނިޒާމުގެ ހަޤީގީ ފައިދާ ރައްޔިތުންނަށް ހޯދައިދިނުމަށް އެންމެ ބޮޑަށް މަސައްކަތްކުރައްވަމުންދަނީ މި ސަރުކާރުންކަމަށް ބިލެތްފަހި ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ބިލެތްފަހި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ކައުންސިލް ރައީސެއްގެ ގޮތުގައި މަސައްކަތްކުރައްވާތާ އެންމެ ގިނަ ދުވަސްވީ އެއް ބޭފުޅާކަމަށްވާ ބިލެތްފަހި ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ވަނީ މި ސަރުކާރުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
ބިލެތްފަހި ކައުންސިލްގެ ރައީސް ވިދާޅުވީ ރައްޔިތުންނާއި މިހާގާތުން ވެރިއަކު ކަންކަން ކުރައްވާނެ މަންޒަރު ފެންނާނެކަމަށް އުއްމީދުނުކުރައްވާކަމަށާއި، ނަމަވެސް މިއަދު ރައީސް މުޢިއްޒުގެ ފަރާތުން ފެނިވަޑައިގަންނަވަނީ އެ މަންޒަރުކަމަށެވެ. އެގޮތުން ބިލެތްފަހީގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވަރަށް ތަފްސީލުކޮށް ރައީސްއާ ހިއްސާކުރައްވަން ފުރުސަތު ލިބިވަޑައިގެންނެވިކަމަށާއި، އެއީ މީގެކުރިން ލިބުނު ފުރުސަތެއް ނޫންކަމަށެވެ.
ޒިޔާދު ވިދާޅުވީ ބިލެތްފަހީގެ ތަރައްގީއާ ގުޅޭގޮތުން ރައީސްއާ ހިއްސާކުރެއްވި ހުރިހާ ކަމަކަށްވެސް ރައީސްގެ ފަރާތުން ލިބިގެން ދިޔައީ ވަރަށް އުންމީދީ ޖަވާބުތަކެއް ކަމަށެވެ. އަދި ރައީސް ވިދާޅުވިގޮތަށް އެ ކަންކަން ނިމިގެންދާނެ ކަަމަށް ޔަގީން ކުރައްވާ ކަަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. “އެދުނު ހުރިހާ ކަމެއްގެ ވަރަށް އުންމީދީ ޖަވާބުތަކެއް ލިބިގެންދިޔައީ. އަޅުގަނޑު ހަމަ ޔަގީންކުރަން ވިދާޅުވި ތާރީހުތަކަށް ވިދާޅުވިގޮތަށް ނިމިގެންދާނެ ކަަމަށް.” ބިލެއްފަހި ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
2011 ވަނަ އަހަރުން ފެށިގެން ކައުންސިލް ރައީސްގެ މަޤާމު ފުރުއްވަމުން ގެންދަވާ ޒިޔާދު ވިދާޅުވީ ވޭތުވެދިޔަތަނުގައި 4 ރައީސުންނާއި ބައްދަލުވެގެން ދިޔައިރު ލާމަރުކަޒީ ނިޒާމު ހަގީގީ މާނައިގައި ތަންފީޒުކޮށް، އޭގެ ފައިދާ ރައްޔިތުންނަށް ހޯދައިދެއްވުމަށް އެންމެ ބޮޑަށް މަސައްކަތްކުރައްވަނީ ރައީސް މުޢިއްޒުކަމަށެވެ.
“މިއަދުގެ ރައީސަކީ ލާމަރުކަޒީ ނިޒާމު އަޅުގަނޑުމެނާއި ހިސާބަށް އޭގެ ފޮނިމީރުކަން ހަގީގީ މާނައިގަ ގެނެސްދެން މަސައްކަތް ކުރާ ރައީސްއެއްކަމަށް އަޅުގަނޑު ގަބޫލުކުރަން.” ބިލެއްފަހި ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ ރައީސް މުޢިއްޒުއަކީ ވަރަށް ޖެހިލުންކުޑަ ވަރަށް ހިތްވަރު ގަދަ ބޭފުޅެއް ކަމަށާއި، އަދި މީގެ ކުރިން ރާއްޖޭގައި ހައްލުނުވެ އިންތިހާއަށް ބޮޑުވެފައި ހުރި މައްސަަލަތައް އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ހައްލު ކޮށްދެވުމަށް މަސައްކަތްކުރައްވާ މަންޒަރު ފެންނަކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ނޭދެވޭ ވާހަކަތައް ދެއްކިނަމަވެސް، މިހާރު ފެންނަމުން ދަނީ ރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުން އަންނަ މަންޒަރުކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ. އެހެންކަމުން ބިލެއްފަހި ރައްޔިތުން ތިބޭނީ ރަށުގެ ތަރައްގީއަށް އަންނަ ކޮންމެ ކަމެއްގައި ސަރުކާރާ އެކީ މަސައްކަތްކުރަން ތައްޔާރަށްކަމަށްވެސް ބިލެއްފަހި ކައުންސިލްގެ ރައީސް ޒިޔާދު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
