
ކަނޑިތީމުގެ ސިއްޙީ ޚިދުމަތް ފުޅާކުރުމަށް ސިއްޙީ މަރުކަޒަށް 2 ފަންގިފިލާގެ އިމާރާތެއް އިތުރުކުރުމަށް މިމަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ކަނޑިތީމުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަން ނިންމަވާފައިވާ ކަންކަން ހިއްސާކުރައްވާފައެވެ. ރައީސުލްޖުމްޙުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވެފައިވާ ވަޢުދުތައް ވީހާވެސް އަވަހަށް ފުއްދާ ނަތީޖާ ނެރެދިނުމަށްކަމަށެވެ. އެގޮތުން މިއަދު ކަނޑިތީމުގައި ފެށި މަޝްރޫޢުތަކާއި އަލަށް ހަވާލުކުރި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތާއި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސް ވަނީ ކަނޑިތީމުގައި ހުއްޓިފައި ހުރި މަސައްކަތްތަކަކީ ރަށަށް މުހިއްމު މަސައްކަތްތަކެއްކަންވެސް ފާހަގަކުރައްވާފައެވެ.
އެރަށު މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މަސައްކަތްވެސް ކުރިއަށްގެންދާނެކަމަށާއި، ސިއްޙީ މަރުކަޒުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށާއި މި މަހުގެ ތެރޭ 2 ފަންގިފިލާގެ އިމާރާތެއް ތަރައްޤީކުރުމަށް އަލުން ކޮންޓްރެކްޓަރަކާ ހަވާލުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. “10 ވޯޑް ހުންނާއި ޕްރްއިވެޓް ރޫމްތައް ހުންނާނެ. ޖުމުލަ 20 އެނދާއެކު އެ އިމާރާތް ތަރައްޤީކުރާނީ. މި މަޝްރޫޢު މިމަހުގެ ތެރޭ ބަޔަކާ ހަވާލުކިށް މިއަހރުގެ ތެރޭގައި މަސައްކަތް ފަށާނެ” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުޅިވަރުގެ ދާއިރާއިންވެސް އެރަށަށް މުހިއްމު މަސއްކަތްތަކެއް ކުރައްވާނެކަމަށެވެ. އެގޮތުން ފުޓްބޯލަ ދަނޑުގައި ރޭގަނޑު ކުޅޭވޭނެ އިންތިޒާމް ހަމަޖައްސަވާދެއްވާނެކަމަށާއި އެގޮތުން ފެންސް ޖަހައި، ލައިޓް ޖަހާދީ ޗޭންޖިންގ ރޫމްއާއެކު ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެރަށުގައި އަލަށް އާބާދުވެފައިވާ ސަރަހައްދަށް ކަރަންޓު ލުމުގެ މަސައްކަތްވެސް ކުރައްވާނެކަމަށާއި ހުރިހާ ރަށެއްގައިވެސް ކަރަންޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކަނޑިތީމުގައި ބިންގާ އެޅި ބީއެމްއެލްގެ ބްރާންޗާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެތަނުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެކަމަށެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
