
ށ. ގޮއިދޫގައި ހުއްޓިފައި ހުރި 8 ކްލާސްރޫމްގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ ދިރާސީ އަހަރު ބޭނުންކުރަން ފެށޭވަރުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ށ. އަތޮޅުގެ ރަށްރަށަށް ފައްޓަވާފައިވާ ދަތުރުފުޅުގައި އެއަތޮޅު ގޮއިދޫއަަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ރައްތުންނަށް ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް ރާވާފައިވާ ކަންކަން ހިއްސާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ގޮއިދޫގައި އަލަށް ފެށި މަޝްރޫޢުތަކުގެ އިތުރުން އެއްބަސްވުންތަކުގައި ސޮއިކުރި ބަނދަރު ތަރައްްޤީކުރުމުގެ މަސައްކަތާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތަކީ ރަށުގެ ރައްޔިތުންނަށް މުހިއްމު މަޝްރޫޢޫތަކެއްކަމަށެވެ. ރައީސް ވިދާޅުވީ ރަށްރަށުގައި ކުރިއަށްގެންދާ މިފަދަ މަޝްރޫޢުތައް ކުންފުނިތަކާ ހަވާލުކުރަނީ މަޝްރޫޢުއަށް ބޭނުންވާ ވަޞީލަތްތައް ހަމަކޮށްގެންކަމަށެވެ. އެމަނިކުފާނު ރައްޔިތުންގެ ގާތަށް ވަޑައިގަންނަވަނީ އެމަޝްރޫޢޫތައް ކުރިއަށް ގެންދާ ގޮތާ ގުޅޭގޮތުން ރައްޔިތުންނާ މަޝްވަރާކޮށް، ރައްޔިތުން އެދޭގޮތަށް މަޝްރޫޢުތައް ކުރިއަށްގެންދަވަންކަން ރައީސް ފާހަގަކުރެއްވިއެވެ.

ގޮއިދޫގައި ހުއްޓިފައި ހުރި މަޝްރޫޢޫތަކަށް އަލިއަޅުވާލައްވަމުން ރައީސް ވަނީ އެރަށު ސްކޫލަށް އިތުރުކުރާ 8 ކްލާސްރޫމްގެ މަސައްކަތް ނިންމުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ބާރަށް ކުރިއަށްގެންދަވަނެކަމަށެވެ. އެގޮތުން އެ ކްލާސްރޫމްތައް ނިންމުމުގެ މަސައްކަތް މިހާރު ފެނަކައާ ހަވާލުކޮށްފައިވާކަމަށާއި މަސައްކަތަށް ބޭނުންވާތަކެތި ހަފްތާއެއްހާ ދުވަހުގެތެރޭގައި އެރަށަށް ގެންގޮސް ފަށްޓަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. “މިއި ދިގުލަިއގެން ގޮސްފައިވާ މަޝްރޫއެއް. ސްކޫލަށް ވަރަށް ދަތިވޭ މި މަސައްކަތް ނުނިމޭތީ. އެހެންވީމާ ހިޔާކުރަން ބޭނުންވާ ސާމާނު ގެނެސް އެ މަސައްކަތް ފަށާނެ. އަދި މަސައްކަތް ދިރާސީ އަހަރަށް ނިންމާނެ.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ސިއްޙީ ޚިދުމަތަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ 2 ފަންގިފިލާގެ އިމާރާތްތެއް ތަރައްޤީކުރުމަށް ބަޔަކާ ހަވާލުކުރުމުގެ މަރުހަލާގައި އޮތްކަމަށެވެ. އެގޮތުން ވޯޑުތަކާއި ޕްރައިވެޓް ރޫމާއި އެހެނިހެން ވަޞީލަތްތައް ހިމެނޭހެން 20 އެނދުގެ އިމާރާތެއް ތަރައްޤީކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ކުރުމަށް މިމަހުގެތެރޭގައި ބަޔަކާ ހަވާލުކޮށް ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިއަންނަ އަހަރު ކުޅިވަރުގެ ދާއިރާއިން މުހިއްމު މަސައްކަތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ފުޓްބޯޅަ ދަނޑު ހަދައިދިނުމާއި، ވޯލީކޯޓާއި ހޭންޑްބޯލަ ކޯޓެއް ތަރައްޤީކޮށްދެއްވުމަށް ހިމަނުއްވާނެކަމަށެވެ. އަދި ގޮއިދޫއަކީ ދަނޑުވެރި ރަށަކަށްވުމާއެކު ދަނޑުވެރިންނަށް ބޭނުންވާ ކަންކަން ފޯރުކޮށްދެއްވާނެކަމަށާއި ޔުޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދިނުންފަދަ ކަންކަން ކުރުމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާ މެދުވެރިކޮށް މެދުވެރިކޮށް ކޮށްދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
