
ރައްޔިތުންގެ މަޖިލީހުގެ ހެދުން އެޅުމުގެ އުސޫލަށް ގެނައި އިސްލާހު އެ މަޖިލީހުން ފާސްކޮށްފިއެވެ. މި އިސްލާހު މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ. މަޖިލީހުގެ ރައީސް މި މައްސަލަ ހުށަހެޅުއްވީ މި ހިނގާ 20ވަނަ މަޖިލީހުގެ ބައެއް މެންބަރުން ޖަލްސާތަކަށް ވަޑައިގަންނަވާއިރު ޓައި ނާޅުއްވާ ވަޑައިގަންނަވާތީއެވެ. އެގޮތުން، މަޖިލީހުގެ ގަވާއިދުގެ 61ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް އެމަނިކުފާނު ހުށަހެޅުއްވިއެވެ. މަޖިލީހުގެ ގަވާއިދަށް ހުށަހެޅުއްވި އިސްލާހުގެ ދަށުން އެކުލަވާލާފައިވާ އުސޫލުގައިވާގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މެންބަރުން ތިބެންވާނީ ރަސްމީ ހެދުމެއްގައި ކަމަށް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، ރަސްމީ ހެދުމުގެ ތެރޭގައި ހިމެނެނީ ކޯޓު ފަޓުލޫނާއި ޓައި، ގަމީހާއި ޓައިއާއި ފަޓުލޫނު އަދި ޤައުމީ ހެދުން ނުވަތަ ސަގާފީ ހެދުން ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.
މި އިސްލާހުގައި މަޖިލީހުގައި ހެދުން ނޭޅޭނެ ގޮތްތައްވެސް ވަނީ ބަޔާންކުރައްވާފައެވެ. މީގެ އިތުރުން މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އަމަލު ނުކުރާ މެންބަރުންނާ މެދު ފިޔަވަޅު އެޅޭނެ ކަމަށްވެސް ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. މި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓު ދެއްވި މެންބަރުންގެ އިއްތިފާގުންނެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
