
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމުގައި ރައްޔިތުންގެ މަޖިލީހުން އަމަލުކުރާނެގޮތުގެ ގަވާއިދު ފާސްކޮށްފިއެވެ. ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނުގެ ދަށުން ރައްޔިތުންގެ ޚިޔާލު ހޯދަން މުހިންމު ކަމަށް މަޖިލީހަށް ފެންނަ ކަންތައްތަކުގައި ރައްޔިތުން ދެކޭގޮތް ބެލުމަށް އާންމު ވޯޓެއް ނެގުމަށް މަޖިލީހުން ޤަރާރަކުން ކަނޑައެޅޭނެއެވެ. އަދި ޤާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކޮށް އަނބުރާ ފޮނުވާލާ ހާލަތްތަކުގައި އެ ބިލަކާމެދު ރައްޔިތުން ދެކޭގޮތް ބެލުމަށްވެސް އާންމު ވޯޓެއް ނެގިދާނެއެވެ.
މަޖިލީހުން އެކުލަވައިލި ގަވާއިދުގެ ދަށުން ރައްޔިތުންގެ ޚިޔާލު ހޯދުން މުހިންމު ކަމަށް ފެންނަ ހާލަތްތަކުގައި ވޯޓަށް އެހުމަށް ވަކިވަކި މެންބަރުންނާއި މަޖިލީހުގެ ރައީސަށްވެސް ހުށަހެޅުއްވޭނެއެވެ. ނަމަވެސް ރައީސް އަލުން ވިސްނުމަށް ފޮނުވާ ބިލުތަކުގައި ރައްޔިތުން ޚިޔާލު ހޯދަން ވޯޓަށް އެހުމަށް ހުށަހެޅުއްވޭނީ މަޖިލީހުގެ ރައީސެވެ. މަޖިލީހުގެ މެންބަރަކު ނުވަތަ ރައީސް ރައްޔިތުންގެ އާންމު ވޯޓެއް ނެގުމަށް ޤަރާރު ހުށަހެޅުއްވުމުން އެކަން ދިރާ ކުރުމަށް ދާއިމީ ނުވަތަ ވަގުތީ ކޮމިޓީއަކަށް ފޮނުވަންވާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކުރައްވާފައެވެ. މި ޤަރާރު ހުށަހަޅުއްވާތާ 14 ދުވަހުގެ ތެރޭގައި ގޮތެއް ނިންމައި ކޮމިޓީ ރިޕޯޓު މަޖިލީހަށް ހުށަހަޅަންވާނެ ކަމަށްވެސް ވަނީ ބަޔާންކުރައްވާފައެވެ. ރައްޔިތުންގެ ޚިޔާލު ހޯދުން މުހިންމު ކަމަށް ފެންނަ ހާލަތްތަކުގައި ހުށަހަޅުއްވާ ޤަރާރު ފާސްކުރެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި ރައީސް އަނބުރާ ފޮނުއްވާ ބިލަކާ ގުޅޭގޮތުން ވޯޓު ނެގުމަށް ޤަރާރު ފާސްކުރެވޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެންބަރުންގެ ތެރެއިން 42 މެންބަރުންގެ ވޯޓުންނެވެ.
ގަވާއިދުގައިވާގޮތުން މަޖިލީހުން ޤަރާރު ފާސްކުރާތާ 3 ދުވަހުގެ ތެރޭގައި ވޯޓު ނެގުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ. ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނުގެ ދަށުން މަޖިލީހުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ޤަރާރަކުންވެސް ވޯޓަށް އެހޭނެއެވެ. މި ޤާނޫނުގެ ދަށުން ނަގާ ފުރަތަމަ ވޯޓު މި މަހުގެ 25ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތާ ގުޅޭގޮތުން އެ އަތޮޅުގެ ތިން ރަށެއްގެ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައީސް ހުށަހަޅުއްވާފައިވާ ޤަރާރެކެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
