
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދިޔަ ޢުުދުވާނީ ޙަމަލާތައް ހުއްޓި، ހަނގުރާމަ ނިމިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްަޕް އިޢުލާނުކުރައްވައިފިއެވެ. ޓްރަމްޕް މި އިޢުލާނު ކުރައްވާފައި ވަނީ ފާއިތުވި ހަފްތާގެ ތެރޭގައި ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ވެފައިވާ ޢުދުވާން ހުއްޓައިލުމާ ގުޅޭ އެއްބަސްވުމެއްގެ ދަށުން ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުން މިނިވަންކޮށްފައި ވަނިކޮށެވެ. އަދި ޔަހޫދީ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ގިނަ ޢަދަދެއްގެ ޤައިދީން މިނިވަންކޮށްފައި ވަނިކޮށެވެ. އަސީރުން ބަދަލުކުރިތާ މާ ގިނައިރުތަކެއް ނުވެ ޓްރަމްޕް ވަނީ މިޞްރުގެ ޝާމް އަލްޝައިޚުގައި މުސްލިމް ޤައުމުތަކުގެ އިސްވެރިނާއި ވިލާތުގެ ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ޣައްޒާގެ ކުރިމަގާމެދު މަޝްވަރާ ކުރައްވައިފައެވެ. އެ ބައްދަލުވުމުގައި 20 ޤައުމަމުން ބައިވެރިވެފައިވެއެވެ. ނަމަވެސް އެ ބައްދަލުވުމުައި ސަޢުދީ ޢަރަބިއްޔާއާއި އެކުވެރި ޢަރަބި އިމާރާތުން ބައިވެރިވެފައެއް ނުވެއެވެ. އަދި ޔަހޫދީންނާއި ޙަމާސުން ވެސް ބައިބެރިވެފައެއް ނުވެއެވެ.
އެއްބަސްވުމުގެ ކުރިއަށް އޮތް މަރުހަލާތަކާމެދު ޔަހޫދީންނާއި ޙަމާސުން މިހާތަނަށް ގޮތެއް ނިންމާފައި ނުވާ ނަމަވެސް ސަރަޙައްދީ ޞުލްޙަ ޤާއިމްކުރުމާ ގުޅޭ ގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ. އެ ބައްދަލުވުމުގައި ޣައްޒާގެ ހިންގުމާއި، ސަލާމަތީ ކަންކަމާއި އެ ސަހަރު އަލުން އާރާސްތުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް މިޞްރުން ބުނެއެވެ. ހަނގުރާމަ ހުއްޓައިލުމާ ގުޅޭ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ އެކުލަވައިލުމުގެ މަސައްކަތުގަައި އެމެރިކާގެ އިތުރުން މިޞްރާއި ޤަޠަރާއި ތުރުކީވިލާތުން ބައިވެރިވެފައިވެއެވެ. އެއްބަސްވުމާ އެއްގޮތަށް ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި 20 އަސީރުން އެ ޖަމާޢަތުން މިނިވަންކޮށްފައިވާއިރު، ޔަހޫދީ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ 250އެއްހާ ޤައިދީންނާއި ހަނގުރާމައިގެ ދުވަސްވަރު ޔަހޫދީންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 1700އެއްހާ މީހުން ވެސް ވަނީ މިނިވަންކޮށްފައެވެ. ނަމަވެސް ޔަހޫދީން ވަނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ މީހުން އަނބުރާ ފަލަސްޠީނަށް ނާދެވޭ ގޮތަށް އެހެން ޤައުމުތަކަށް އަރުވައިލުމަށް ނިންމާފައެވެ.
ފާއިތުވި ދެ އަހަރު ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޙަމަލާތަކުގައި ޣައްޒާގެ 68،000 މީހުން ވަނީ ޝަހީދުވެފައެވެ. ޙަމަލާތަކުގައި މުޅި ޣައްޒާ ވަނީ ސުންނާފަތިވެ ބިމާ ހަމަވެފައެވެ. ހަނގުރާމަ ހުއްޓައިލުމުގެ ފުރަތަމަ މަރުހަލާ ކުރިއަށްދާއިރު، ޙަމާސުން ވަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިއްބާ މަރުވެފައިވާ 26 ޔަހޫދީ އަސީރުންގެ ހަށިތައް ވަޅުލާފައިވާ ސީދާ ސަރަޙައްދުތައް ނޭނގޭތީ އެ ހަށިތައް ޔަހޫދީންނާ ޙަވާލުކުރުމުގައި ދަތިތަކެއް ހުރި ކަމަށް ބުނެފައެވެ. ޣައްޒާގެ އެތައް ހާސް ރައްޔިތުންނެއް އަދިވެސް ބަނޑުހައިހޫނުކަމާ ކުރިމަތިލަމުންދާއިރު، މި ޙާލަތުގައި ޣައްޒާއަށް އެހީގެ ސާމާނު ވައްދައި މީހުންނަށް ކޮންމެހެން ބޭނުންވާ އެހީތެރިކަން ވަގުތުން ވަގުތަށް ފޯރުކޮށްދޭން ޖެހޭ ކަމަށް އދގެ އިންސާނީ އެހީ ފޯރުކޮށްދިނުމާބެހޭ އިދާރާގެ އިސްވެރިޔާ ޓޮމް ފްލެޗަރ ވަނީ ފާހަގަ ކުރައްވައިފައެވެ. ޣައްޒާގެ ކުރިމަގާމެދު ބޮޑެތި ސުވާލުތައް އުފެދިފައިވާއިރު، ކުރިއަށް އޮތް ތަނުގައި އެ ސަހަރު ހިންގާނެ ގޮތަކާމެދު އަދި އެއްބަސްވެވިފައެއް ނުވެއެވެ. ޙަމާސުން ހަތިޔާރު ބެހެއްޓުމަށް ޔަހޫދީން ޝަރުތުކުރަމުން ދާއިރު ޙަމާސުން ބުނަމުން ދަނީ އެ ޖަމާޢަތުން އެ ގޮތަށް އަމަލު ނުކުރާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
ފަވަރަ ޔޫޕީއައި ގުޅާލުން: މި ނިޒާމު މަސައްކަތް ކުރަނީ ކިހިނެއް؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާގައި ދިރިއުޅޭ އަދި ބޭސްފަރުވާއާއި ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އިންތިޒާމު މަރުކަޒީ...
ވައިގެ ދަތުރުފަތުރުގެ އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށްޓަކައި، އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް...
