
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުން ދިޔަ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށް މި ހަފްތާގެ ތެރޭގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މިނިވަންކުރަން ހަމަޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން 154 މިނިވަންކޮށް، ދުވަހަކުވެސް ފަލަސްޠީނަށް އަނބުރާ ނާދެވޭ ގޮތަށް އެހެން ޤައުމުތަކަށް އަރުވައިލަން ޔަހޫދީން ނިންމައިފިއެވެ. އެއްބަސްވުމުގެ ދަށުން ހޯމަ ދުވަހު ޔަހޫދީ ޖަލުތަކުން މިނިވަންވި 250އެއްހާ މީހުންނާއި ދެ އަހަރުގެ ޢުދުވާނުގެ ދުވަސްވަރު ޔަހޫދީންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ފަލަސްޠީިނުގެ 1،700 މީހުންގެ ތެރެއިން ބަޔަކު އަނބުރާ ނާދެވޭ ގޮތަށް އެހެން ޤައުމަކަށް ފޮނުވައިލާކަން ފަލަސްޠީނިއަން ޕްރިސަނަރސްގެ މީޑިއާ އޮފީހުން ވެސް ވަނީ ޔަޤީންކޮށްދީފައެވެ. ނަމަވެސް އެ މީހުން ފޮނުވާލަނީ ކޮން ޤައުމަކަށްކަން ސާފެއް ނުވެއެވެ. ޔަހޫދީން މިނިވަން ކުރުމަށް އެއްބަސްވެފައިވާ ފަލަސްޠީނުގެ ރައްޔިތުންނާމެދު މި ފަދަ އިހާނެތި ގޮތަކަށް ކަންތައް ކުރުމަށް ނިންމާފައިވާއިރު، ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ވަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުން އެއްބަސްވުމާ އެއްގޮތަށް މިނިވަންކޮށްފައެވެ.
މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ޙަމާސްއާއި ޔަހޫދީންނާ ދެމެދު އަސީރުން ބަދަލުކުރި އިރު ވެސް ޔަހޫދީން ވަނީ ފަލަސްޠީނުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ތޫނިސްއާއި އަލްޖަޒާއިރާއި ތުރުކީވިލާތް ހިމެނޭ ގޮތަށް އަނބުރާ ޤައުމަށް ނާދެވޭނޭހެން ސަރަޙައްދީ ޤައުމުތަކަށް މީހުން އަރުވާލައިފައެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރި ގޮތުގައި މަޖުބޫރުން ބަޔަކު އެހެން ޤައުމަކަށް އަރުވައިލުމަކީ މިނިވަންވި ފަލަސް ޠީނުގެ ރައްޔިތުންގެ ރަށްވެހިކަމުގެ ހައްޤުތަކާ ޚިލާފު އަމަލެއް ކަމަށެވެ. އަދި އޭގެ ސަބަބުން ޔަހޫދީންގެ ހީލަތްތެރިކަން ދައްކުވައިދޭ ކަމަށް ވެސް އެ މީހުން ބުނެއެވެ.
ޔަހޫދީންގެ ނިންމުމާއެކު މިނިވަންވި ޣައްޒާގެ ޤައިދީންނާއި އަސީރުންގެ ޢާއިލާތަކަށް ވަނީ އަނެއްކާ ވެސް އިތުރު ހިތާމައާއި މޮޅިވެރިކަން ކުރިމަތިވެފައެވެ. ބޭރު ޤައުމުތަކަށް ޤައިދީންނާއި އަސީރުން އަރުވައިލުމުން ޢާއިލާތަކާ އެ މީހުންނާ ބައްދަލު ކުރުމަށް އިތުރު ހުރަސްތައް ކުރިމަތިވާނެއެވެ. އެއީ ޣައްޒާގެ ސަރަޙައްދީ ރޮނގުތަކުގައި ހިނގަނީ ޔަހޫދީންގެ ބާރު ކަމަށް ވާތީއެވެ. އެ ޤައުމުތަކަށް ދިޔުމަށް ޔަހޫދީން ޢާއިލާތަކަށް ފުރުޞަތު ދިން ކަމުގައި ވި ނަމަވެސް އެ ފަދަ ޙާލަތެއްގައި އެ މީހުންގެ އަމިއްލަ ވަޒަން ދޫކޮށް ދިޔުމަށް ޢާއިލާތަކަށް ވެސް މަޖުބޫރުވާނެއެވެ.
ފަލަސްޠީނުގެ ޤައިދީންނާއި އަސީރުންނާމެދު ޔަހޫދީން މި ގޮތަށް އަމަލުކުރުމުގެ މަޤްޞަދަކީ ޙަމާސްއާއި ފަލަސްޠީނުގެ އެހެނިހެން ޖަމާޢަތްތަކަށް ޢުދުވާން ހުއްޓައިލުމާ ގުޅޭ އެއްބަސްވުމުގެ ސަބަބުން އެއްވެސް ރަމްޒީ ކާމިޔާބީއެއް ލިބުމުގެ ފުރުޞަތުން މަޙްރޫމް ކުރުމެވެ. އަދި އަރުވައިލެވޭ ޤައިދީން އެއްވެސް ސިޔާސީ ނުވަތަ އެހެނިހެން ޙަރަކާތްތަކުގައި ބައިވެރިވުމުން މަޙްރޫމްކުރުމާއި ޢުދުވާނާ ގުޅޭ އެއްވެސް ކަމެއްގައި ބައިވެރިނުވެވޭނެ ކަން ޔަޤީން ކުރުމެވެ. އެ މީހުން އަރުވައިލެވޭ ޤައުމުތަކުގައި އެ މީހުންނަށް ބޮޑެތި ހުރަސްތައް ކުރިމަތިވާނެ ކަމަށް ބެލެވޭއިރު، ބައެއް ފަރާތްތަކުން އެ ނިންމުން ސިފަ ކުރަނީ ކުޑަ ގޮޅިއަކުން ނެރެ، ބީރައްޓެރި ބޮޑު ގޮޅިއަކަށް ލުމުގެ ގޮތުގައެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
ފަވަރަ ޔޫޕީއައި ގުޅާލުން: މި ނިޒާމު މަސައްކަތް ކުރަނީ ކިހިނެއް؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާގައި ދިރިއުޅޭ އަދި ބޭސްފަރުވާއާއި ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އިންތިޒާމު މަރުކަޒީ...
ވައިގެ ދަތުރުފަތުރުގެ އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށްޓަކައި، އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް...
