
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ދެކުނު އޭޝިއާ ސަރަޙައްދުގައި ބޭހަށް ނުގުޑާ ޓައިފޮއިޑް ހުމުގެ ބާވަތެއް ފެތުރެމުން ދިޔުމާ ގުޅިގެން، އެ ބައްޔާ ދެކޮޅަށް ވެކްސިން ދިނުމުގެ ޤައުމީ ކެމްޕޭނެއް ބަންގްލަދޭޝްގައި ފަށައިފިއެވެ. މަހެއްހާ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކެމްޕޭންގެ މަޤްޞަދަކީ، ޓައިފޮއިޑް ކޮންޖުގޭޓް ވެކްސިން (ޓީސީވީ)ގެ އެއް ޑޯޒް ދީގެން ނުވަ މަހާއި 15 އަހަރާ ދެމެދުގެ އުމުރުފުރައިގެ ގާތްގަނޑަކަށް 50 މިލިއަން ކުދިންނަށް ވެކްސިން ދިނުމެވެ. ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯއިން ހުއްދަ ދީފައިވާ މި ވެކްސިނަކީ ފަސް އަހަރާ ހަމައަށް ޓައިފޮއިޑް ބަލިން ރައްކާތެރިކަން ފޯރުކޮށްދޭ މި ވެކްސިން ދޭނީ ހިލޭކަމަށް ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ބުނެފައެވެ.
ބަންގްލަދޭޝުން ވެކްސިން ދިނުމުގެ މި ކެމްޕޭނު ފަށާފައިމިވަނީ، މުޅި ދެކުނު އޭޝިއާގައި ބޭހަށް ނުގުޑާ ޓައިފޮއިޑް ހުމުގެ ބާވަތްތަކެއް ފެތުރެންމުންދިޔުމުގެ ކަންބޮޑުވުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. 2016 ވަނަ އަހަރުން ފެށިގެން ޕާކިސްތާނުން ދަނީ އެއް އެންޓިބަޔޮޓިކް ފިޔަވައި ގާތްގަނޑަކަށް ހުރިހާ އެންޓިބަޔޮޓިކްސް އަށް ނުގުޑާ ޓައިފޮއިޑް ހުމުގެ ބާވަތްތަކެއް ފެތުރުން ހުއްޓުވަން މަސައްކަތް ކުރަމުންނެވެ. ބަންގްލަދޭޝްގެ ސިއްޙީ ޚިދުމަތްތެރިން ކުދިންނަށް ވެކްސިން ދެމުންދަނީ ސްކޫލްތަކާއި ކްލިނިކްތަކާއި ދޮރުން ދޮރަށް ޒިޔާރަތްކޮށް، ފަގީރުންގެ އާބާދީ އިތުރު އަދި ދުރު ހިސާބުތަކަށް ޚާއްސަ ސަމާލުކަމެއް ދީގެންނެވެ. މި ކެމްޕޭނު ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާއިރު، އޭގެ ފަހުން ޓީސީވީ ބަންގްލަދޭޝްގެ އިމިއުނައިޒޭޝަން ޝެޑިއުލްގައި ހިމަނާނެއެވެ.
ސަލްމޮނެލާ ޓައިފީ ބެކްޓީރިއާ އިން ޖެހޭ ޓައިފޮއިޑް ހުމަކީ، ތަޣައްޔަރުވެފައިވާ ކާނާ އާއި ފެނުގެ ތެރެއިން ފެތުރޭ ބައްޔެކެވެ. ފުރާނައަށް ނުރައްކާވާ މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި، ހުން އައުމާއި، ބޯއެނބުރުމާއި، ބަނޑުގައި ރިއްސުމާއި، މޭމަތީގައި ފިޔާތޮށި ކުލައިގެ ލައްތަކެއް ޖެހުން ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
ފަވަރަ ޔޫޕީއައި ގުޅާލުން: މި ނިޒާމު މަސައްކަތް ކުރަނީ ކިހިނެއް؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާގައި ދިރިއުޅޭ އަދި ބޭސްފަރުވާއާއި ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އިންތިޒާމު މަރުކަޒީ...
ވައިގެ ދަތުރުފަތުރުގެ އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށްޓަކައި، އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް...
