
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާނާ ވާދަކުރަން ގައުމީ ޓީމުން ނުކުންނައިރު ވީހާވެސް ގިނަ ބަޔަކު ދަނޑަށް ހާޒިރުވެ ސަޕޯޓުކޮށްދިނުމަށް ގައުމީ ޓީމުގެ ކެޕްޓަން ސަމޫހު އަލީ އެދިއްޖެއެވެ. ސަމޫހު ބުނީ ސަޕޯޓަރުންގެ ތަރުހީބަކީ މެޗެއް ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއްކަމަށާއި މާދަމާގެ މެޗަށް ވީހާވެސް ގިނަބަޔަކު ގަލޮޅު ދަނޑަށް ހާޒިރުވެ ގައުމީ ޓީމަށް ތަރުހީބުދިނުމަށް އެދޭކަމަށެވެ. ފާއިތުދިޔަ ދުވަސްތަކަށް ބަލާއިރު ގައުމީ ޓީމުން ޖެހިޖެހިގެން ފަސް މެޗުން ބަލިވެފަވީނަމަވެސް ލަންކާގައި ކުރިއަށްދިޔަ ސުޕަކަޕު މުބާރާތުން ލިބުނު ކާމިޔާބީއާއެކު ޓީމުގެ ރޫހަށް ދިރުން ލިބިފަވިޔަސް، ގިނަ ދުވަސްތަކެއްގެ މެދު ކެނޑުމަކަށްފަހު އަމިއްލަ ދަނޑުގައި ސަޕޯޓަރުންގެ ކުރިމައްޗަށް އަރަންޖެހުމުން ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވެފަވާކަމަށް ސަމޫހް ބުންޏެވެ.
“އަސްލު ވަރަށް ގިނަ ދުވަސްފަހުން ގަލޮޅު ދަނޑުގައި މެޗެއް މިކުޅެނީ. އަންނާނެ އެކަހަލަ އުނދަގޫތަކެއް. އެކަމަކު ހުރިހާ ކުޅުންތެރިންގެ ފޯކަސް މިގަޑީގަ ހުރީ މިމެޗުން ޕޮއިންޓެއް ހޯދަން، ނޫނީ މޮޅުވާން. ސަޕޯޓަރުންނަށް ދަންނަވާނީ ދަނޑަށް ހާޒިރުވެ ސަޕޯޓުކޮށްދޭށޭ، ޓީމު އިރާދަކުރެއްވިއްޔާ ރަނގަޅު ނަތީޖާއެއް ނެރެވޭތޯ މަސައްކަތްކުރާނަމޭ ހުރިހާ ޕްލެޔަރުންވެސް” ސަމޫހް ބުންޏެވެ. ސަމޫހް ބުނީ ތަޖިކިސްތާނާ ބައްދަލުކުރި މެޗުގައި ބަލިވީ ގޯސްތަކެއް ހެދިގެންކަމަށް ގަބޫލުކުރާކަމަށެވެ. އެހެންނަމަވެސް އަމިއްލަ ދަނޑުގައި ކުރިއަށް އޮތް މެޗު ކުޅެލަން ލިބުމަކީ ވަރަށް ބޮޑު ޕޮޒިޓިވްއެއްކަމަށް އޭނާ ގަބޫލުކުރާކަމަށް ސަމޫހް ބުންޏެވެ. އަދި ސަޕޯޓަރުންގެ ހިތްވަރާއެކު ކުޅުންތެރިންގެ ކޮންފިޑެންސް ރަނގަޅުވާނެކަމަށާ ކުރިއަށް އޮތްތަނުގައިވެސް ޓީމުގެ ކުޅުންދާނީ ރަނގަޅުވަމުންކަމަށް ސަމޫހް ވަނީ ބުނެފައެވެ.
“އެއީ ވަރަށް ބޮޑު ޕޮޒިޓިވްއެއް. އަސްލު ޕްލެޔަރުންގެ ކޮންފިޑެންސާއި އެއްޗިހި ރަނގަޅުވީމަ ބޯޅަ ހިފަހައްޓާލައިގެން ކުޅެން އެމަސައްކަތްކުރަނީ. އޭތި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާވެސް ރަނގަޅުވާނެ” ގައުމީ ޓީމުގެ ކެޕްޓަން ބުންޏެވެ. ގައުމީ ޓީމުގެ ސަޕޯޓަރުންގެ ކުރިމަތީގައި އަމިއްލަ ދަނޑުގައި ކުޅުމަކީ ހިތްވަރު އާލާވާކަމެއްކަމަށް ސަމޫހް ފާހަގަކުރިއެވެ. އޭނާ ބުނީ މީގެ ކުރިންވެސް މޮޅެތި ޓީމުތަކާއި ދެކޮޅަށް ގައުމީ ޓީމުން ގަލޮޅު ދަނޑުގައި ވަރުގަދަ މެޗުތަކެއް ކުޅެފަވާކަމަށާއި އަމިއްލަ ދަނޑުގައި ކުޅެލަން ލިބުމަކީ ކާމިޔާބީ ހޯދުމަށް ބާރަކަށްވެގެންދާކަމެއް ކަމަށެވެ. އަދި ކޯޗުގެ އިރުޝާދާއެކު ޓީމު ތައްޔާރުވަމުން އަންނައިރު، ޓީމުގެ ކޮންމެ ކުޅުންތެރިއެއްގެވެސް އަޒުމަކީ މެޗު ކާމިޔާބުކޮށް ދިވެހި ސަޕޯޓަރުންނަށް ހިނިތުންވުން ގެނެސްދިނުންކަމަށް ސަމޫހް ބުނެފަވެއެވެ.
އޭނާ ބުނީ ގައުމީ ޓީމުގެ ކުޅުން އެއްދުވަހަށްވުރެ އަނެއް ދުވަހަށް ރަނގަޅުވަމުން އަންނަކަމަށެވެ. އަދި މިއީ މުސްތަގުބަލުގައި ފޮނި ކާމިޔާބީތަކެއް ހޯދާނެ ޓީމެއްކަމަށް ގަބޫލުކުރާކަމަށެވެ. “މިހާރު އޮތް ސްކޮޑުވެސް މިހާރު މިދަނީ ދުވަހަކަށްވުރެ ދުވަހެއް ރަނގަޅުވަމުން. އިރާދަކުރެއްވިއްޔާ ރަނގަޅު ނަތީޖާތައް ފެންނާނެ ކުރިއަށް އޮތްތާނގަ” ސަމޫހް ބުންޏެވެ. އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ރާއްޖެއާއި ތަޖަކިސްތާނު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 15:30 ގައެވެ. މިމެޗުގެ ޓިކެޓު މިހާރުވެސް ގަލޮޅު ދަނޑުން އަންނަނީ ވިއްކަމުންނެވެ. އެގޮތުން މެންދުރުފަހު 2:00 އިން 6:00 އަދި ރޭގަނޑު 8:00 އިން 10:00 އަށް ޓިކެޓް ކައުންޓަރުން ޓިކެޓް ލިބެން ހުންނާނެއެވެ. އަދި މާދަމާވެސް ހެނދުނު 10:00 ޖެހުމާއެކު ޓިކެޓް ވިއްކަންފަށާނެއެވެ. ސިޑިބަރީގެ ޓިކެޓް 50 ރުފިޔާއަށް ވިއްކާއިރު، ގޮނޑިބަރީގެ ޓިކެޓުގެ އަގަކީ 100 ރުފިޔާއެވެ.
About Post Author
މާދަމާ ނިއުސް
މޭޔަރު އާޒިމް “މީޑިއާ ސްޓަންޓް” ނުޖައްސައި ލިޔުމުން މުއާމަލާތްތައް ކުރައްވަން މިނިސްޓަރު މުއްތަލިބް އެދިވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭ މޭޔަރު އާދަމް އާޒިމް ދައްކަވާ ވާހަކަތަކުގައި ހަގީގަތް އޮޅުވާލައްވާ ކަމަށް ވިދާޅުވެ، މީގެފަހުން މޭޔަރާ އެކު ކުރާ ހުރިހާ...
މާލޭގެ ރައްޔިތުންގެ ތަރައްޤީއަށް ހުރަސްއެޅުމުގެ ފުރަތަމަ ބޮޅު: މަސް މާރުކޭޓު އަޅާ ބިން ހަވާލުނުކުރަން ކައުންސިލުން ނިންމައިފި!
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭގެ އާ މަސް މާރުކޭޓު އެޅުމަށް ކަނޑައަޅާފައިވާ ބިން، ގާނޫނީ އިމުގެ ތެރެއިން ނޫނީ އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުނުކުރުމަށް މާލޭ...
ރާއްޖޭގެ އިޤްތިޞާދީ ދުވެލި ދެމެހެއްޓުމުގައި ފަތުރުވެރިކަން ކުރިއެރުމުގެ ދައުރު ބޮޑު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް) ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓުމުގައި ފަތުރުވެރިކަމުގެ ސިނާޢަތް މުހިންމު ދައުރެއް އަދާކުރާ ކަމަށް އައިއެމްއެފްއިން ފާހަގަކޮށްފިއެވެ. އެ އިދާރާއިން ނެރުނު ރިޕޯޓެއްގައިވާ...
މޭ މަހު ދަޅު މަސް ބޭރުކުރި މިންވަރު އިތުރު
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މޭ މަހު ރާއްޖެއިން ވަނީ 98 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ. މީގެ ތެރެއިން އެންމެ...
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޓްރަމްޕްގެ އިންޒާރު އީރާނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) އީރާނާއި އެމެރިކާއާ ދެމެދު ވެވުނު ތާރީޚީ އެއްބަސްވުމެއްގެ ދަށުން، ދެ ޤައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލައި 60 ދުވަހުގެ...
ފަސްޓްލޭޑީ ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ރަސްމީކޮށް އިއްޔެ ހުޅުވައިދެއްވައިފިއެވެ. މާލޭ ސޯޝަލް...
