
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އަންނަ އަހަރު ށ. ނޫމަރާގައި ފުޓްބޯޅަ ދަނޑަކާއި ވޮލީބޯޅަ ކޯޓެއް އަޅައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ. ނޫމަރާއަށް ވަޑައިގެން އެރަަސުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ނޫމަރާގެ ޒުވާނުންނާއި ކުޅިވަރު ކުޅޭ ފަރާތްތަކުން ބޭނުންވާ ކަންކަން ހާސިލްކޮށްދެއްވުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށެވެ. އެގޮތުން ކުޅިވަރުގެ ދާއިރާއިން ނޫމަރާއަށް އިތުރު މަޝްރޫއުތައް ގެނެސްދެއްވުމަށް އަންނަ އަހަރު ފަށާ އައު މަޝްރޫއުތަކުގެ ތެރޭގައި ބަޖެޓުގައި ހިމަނުއްވާނެ ކަމަށެވެ.
”އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާ އައު މަޝްރޫއުތަކުގެ ތެރޭގައި ހިމަނައިދޭނަން މިރަށުގައި ޒަމާނީ ފެންވަރުގެ ރަނގަޅު ފުޓްބޯޅަ ދަނޑެއް އަދި އޭގެ އިތުރަށް ވޮލީ ކޯޓެއް އެޅުން“ ރައީސް ވިދާޅުވިއެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހެދުމުގެ މަސައްކަތް ކުރިޔަށްދާއިރު ނޫމަރާ ވޮލީ ކޯޓާއި ފުޓްބޯޅަ ދަނޑަށް ބޭނުންވާ ފައިސާ ހިމަނުއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު މި ސަރުކާރުން ހަދާ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރަނީ ދުވާލާއި ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކޮށް ޒަމާނީ ފެންވަރަށެވެ. ފުޓްބޯޅަ ދަނޑުތަކާއި ވޮލީ ކޯޓުތައް އަދި އެނޫން ކުޅިވަރުތަކަށް ބޭނުންވާ ވަސީލަތްތައް ރަަށްރަަށުގައި ގާއިމުކޮށްދިނުމުގެ އެންމެ ބޮޑު ބޭނުމަކީ ކުޅިވަރު ލާމަރުކަޒުކޮށް ހުރިހާ ސަރަހައްދަކުން މޮޅަތި އެތުލީޓުން އުފެއްދުމެވެ.
ރަށްރަށުގެ ރައްޔިތުންގެމެދުގައި އެންމެ މަގުބޫލު ކުޅިވަރުތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދިނުމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ރައްޔިތުންނާއިއެކު ބާއްވާ ބައްދަލުވުންތަކާއި ކައުންސިލު ބައްދަލުވުންތަކުގައި ރައްޔިތުންގެ ފަރާތުން ހުށަހަޅާ ކަންކަމަށް ފުރިހަމަކޮށްދެއްވުމަށް ސަރުކާރުން އިސްކަންދެއްވައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
