
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ދޫކޮށްފައި ހުންނަ ފްލެޓްތައް އެހެން ބަޔަކު ދިރިއުޅެން ކުއްޔަށް ނުވަތަ ހިލޭ ވެސް ދީގެން ނުވާނެ ކަމަށާއި އަދި ގާނޫނު ބަދަލުކޮށްގެން ނަމަވެސް އެކަން ހުއްޓުވާނެ ކަމަށް ހައުސިން މިނިސްޓަރު، އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ. ގެދޮރުވެރިޔާ ފްލެޓްތައް ހަވާލުކުރަން ފެށިތާ ދެ ހަފްތާ ނުވަނީސް ބައެއް ފްލެޓްތައް ކުއްޔަށް ދޭން މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން ތިން ކޮޓަރީގެ ތަންތަން ކުއްޔަށް ދޭން އިއުލާން ކޮށްފައި ހުރީ 25،000ރ. އާއި 30،000ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އެކަމާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ފްލެޓް ކުއްޔަށް ދޭ މީހުން ހޯދުމުގެ މަސައްކަތްކުރާ ކަމަށެވެ.
އެކަން ސަރުކާރުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެކަން ފާހަގަ ކުރައްވައި، މުއްތަލިބް އިތުރަށް ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުން ދޫކުރާ ފްލެޓްތަކަކީ މީހުންގެ ދިރިއުޅުމުގެ ހާލަތަށް ބަލައިގެން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ތަންތަން ކަމަށާއި އެތަންތަން އަގުތަކުގައި ކުއްޔަށް ނުވަތަ ހިލޭ ވެސް އެހެން ބަޔަކަށް ދިނުމަކީ ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަށް ގާނޫނީ އިސްލާހުކޮށްގެން ވެސް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ “އެހެން ފަރާތަކަށް އެތަން ދެވިގެން ނުވާނެ ހިލޭ ވެސް ދިރިއުޅޭކަށް. އެއީ އެ އާއިލާއެއްގެ ހާލަތަށް ބަލާފައި ދީފައި ހުރި ތަނެއް. އެ އާއިލާ އެތަނެއްގައި އުޅެން ޖެހޭނީ. އެ އާއިލާ ނޫން އެހެން ބަޔަކު އެތަނެއްގައި އުޅެގެން ނުވާނެ. އެހެންވީމަ އެ އުސޫލުން ބަލާފައި އަޅުގަނޑުމެންނަށް އެއަށް ފިޔަވަޅު އެޅޭނެ ކަމަށް ގަބޫލު ކުރަނީ. އެކަން ކުރުމަށް ގާނޫނަށް ބަދަލު ގެންނަން ޖެހެންޏާ އެ ބަދަލެއް ގެނެސްގެން ވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރުމަށް މަސައްކަތް ކުރާނީ.” މުއްތަލިބް ވިދާޅުވި އެވެ
މިނިސްޓަރު މުއްތަލިބު ވަނީ ގެދޮރުވެރިޔާ ފްލެޓުތައް ދޫކޮށްފައިވާ މީހުންނާއި އެފްޑީސީ އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ތިން ވަނަ ފަރާތަކަށް އެ ފްލެޓުތައް ކުއްޔަށް ނުދެވޭނެކަން ބަޔާންކުރާ މާއްދާތައް ވެސް އާންމު ކުރައްވައިފަ އެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އެފްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ކުއްޔަށް ހިފާ ފަރާތުން ތިންވަނަ ފަރާތަކަށް ފްލެޓު ކުއްޔަށް ދިނުމަކީ މަނާކަމެކެވެ. އަދި އެހެން ފަރާތަކަށް ފްލެޓު ކުއްޔަށް ދިން ކަމަށް ބުނެ އެފްޑީސީއަށް ޝަކުވާއެއް ލިބިއްޖެނަމަ ފިޔަވަޅު އެޅުމުގެ އިހުތިޔާރު އެ ކުންފުންޏަށް އޮވެ އެވެ. އެފްޑީސީން ވެސް އިއްޔެ ވަނީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށް ދޫކުރާ އެ ފްލެޓްތައް އެއްބަސްވުމާ ހިލާފަށް ކުއްޔަށް ދޭ ނަމަ ފްލެޓުތައް އަތުލާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ތެރެއިން މިހާތަނަށް ހަވާލުކުރި ބައެއް ފްލެޓްތައް މިހާރު ވަނީ ކުއްޔަށް ދޭން އިއުލާންކޮށްފަ އެވެ. އެކަމަކު ފްލެޓް ލިބުނު މީހުންނާއި އެފްޑީސީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ފްލެޓްތައް ކުއްޔަށް ދޫކުރުމަކީ މަނާކަމެކެވެ. އެއީ، ފްލެޓް އަތުލެވިދާނެ ކަމެއް ކަމަށް އެއްބަސްވުގައިވެ އެވެ. ތިން ކޮޓަރީގެ ފްލެޓެއް ބޮޑު އަގުގައި ކުއްޔަށް ދޭން އިއުލާން ކޮށްފައިވާއިރު، އެ ތަނުގެ ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައި ވަނީ 11،500ރ. އެވެ. އެހެންކަމުން އިއުލާންކޮށްފައި ވަނީ ކުއްޔަށް ވުރެ 13،500ރ. ބޮޑުކޮށް ކުއްޔަށް ދިނުމަށެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
