
(ފޮޓޯ ކްރެޑިޓްސް: މިހާރު)
މާލީ ދާއިރާގެ މާހިރުން ވިދާޅުވާ ގޮތުގައި، ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ބޮންޑުތަކުގެ ތެރެއިން އަންނަ އަހަރު ރާއްޖެއިން ދައްކަންޖެހޭ 500 މިލިއަން ޑޮލަރު ދެއްކުމަކީ މިހާރުގެ މާލީ ހާލަތު ހުރި ގޮތުން ދަތިކަމަކަށް ނުވާނެއެވެ. ބީއެމްއެލްގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އަބްދުﷲ ހަސަން ވިދާޅުވީ، މަރުކަޒީ ބޭންކުގެ ރިޒާވްގައި 800 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހުރި ކަމަށާއި، ސޮވަރިން ޑިވެލޮޕްމެންޓް ފަންޑުގައި ވެސް އެކަށީގެންވާ މިންވަރަކަށް ފައިސާ ހުރި ކަމަށެވެ. އަދި އަންނަ އަހަރުގެ އޭޕްރީލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ރިފައިނޭންސް ކުރެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށާއި، ފިނޭންސް މިނިސްޓްރީގައި އެކަމަށް ގިނަ ޕްލޭންތަކެއް ހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޗީފް ފައިނޭންސް އޮފިސަރު އަލީ ވާސިފް ވެސް މި ހިޔާލަށް ތާއީދުކުރައްވަމުން ވިދާޅުވީ، ދަރަނީގެ ބޮޑު ބައެއް ކަމަށްވާ ބައިލެޓްރަލް ދަރަނިތައް ރާއްޖެއަށް ރީސްޓްރަކްޗާކުރެވޭނެ ކަމަށާއި، އެއީ ގައުމުތަކާ ގުޅުން ރަނގަޅުކަމުން ލިބޭ ފަސޭހަތަކެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވެސް ވިދާޅުވީ، ކުރީގެ ރައީސުން ދަރަނި ނުދެއްކި “ޑިފޯލްޓް” ވާނެ ކަމަށް ވިދާޅުވި ނަމަވެސް، މި ސަރުކާރުން ދަރަނި ދެއްކުމަށް ފައިސާ ބަހައްޓަމުންދާ ކަމަށެވެ. އަދި އިންޑިއާ އާއި ޗައިނާ ފަދަ ބޮޑެތި ގައުމުތަކަށް ދައްކަންޖެހޭ ދަރަނީގެ ބޮޑު ބައެއް ރައީސް މުއިއްޒުގެ މަޝްވަރާތަކަށް ފަހު ފަސްކުރެވިފައިވާތީ، ދަރަނި ދެއްކޭނެ ކަމުގެ ޝައްކުތައް މިހާރު ފިލާފައިވާ ކަމަށް ވެސް ތޯރިގު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
