
(ފޮޓޯ ކްރެޑިޓްސް: އަލްޖަޒީރާ)
ފަލަސްޠީނުގެ ނޫސްވެރިއެއް ކަމަށްވާ ޞާލިޙް އަލް ޖަޢްފަރާވީ ޝަހީދުވެއްޖެއެވެ. އުމުރުން 27 އަހަރުގެ ޞާލިޙް ޝަހީދުވެފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޢުދުވަނީ ޙަމަލާތައް ނިމުމަކަށް ގެނައުމަށް އެއްބަސްވުމެއް ޤާއިމްކޮށް، އެ އެއްބަސްވުމަށް އަމަލުކުރަމުން ދަނިކޮށެވެ. އެނގިފައިވާ ގޮތުގައި އޭނާ ޝަހީދުކޮށްލާފައި ވަނީ ޣައްޒާގައި ޙަރަކާތްތެރިވާ ޔަހޫދީންނާ ގުޅުންހުރި ހަތިޔާރުއެޅި ބައެކެވެ. މަސްދަރުތަކުން ބުނީ އޮކްޓޯބަރު މަހުގެ 12ވަނަ ދުވަހުގެ ހެނދުނުގެ ވަގުތަކު ބަޔަކު ޞާލިޙް ވަގަށް ނަގާފައިވާ ކަމަށާއި، އޭނާއަށް ބަޑިން ހަމަލާ ދީފައިވާ ކަމަށެވެ. އޭނާގެ ހަށިގަނޑަށް ހަތް ވަޒަން އަރާފައިވެއެވެ.
ހަނގުރާމަ ފެށުނު ފަހުން ޣައްޒާގެ ޚަބަރުތައް މީސްމީޑިޔާ މެދުވެރިކޮށް ބަރާބަރަށް ގެނެސްދެމުން ދިޔަ ޞާލިޙަކީ އާންމުންގެ ލޯބި ލިބިފައިވާ ޒުވާނެކެވެ. ޣައްޒާގެ ޚަބަރުތަކާއި ވާހަކަތައް ދުނިޔެއަށް ގެނެސްދިނުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އޭނާގެ މަސައްކަތުގެ ސަބަބުން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ޔަހޫދީން ދިޔައީ އޭނާއަށް ތަފާތު އިންޒާރުތައް ދީ މަލާމާތްކޮށް ދުއްތުރާ ކުރަމުންނެވެ. ނަމަވެސް ފެށުނީއްސުރެ ވެސް ޞާލިޙް އޭނާގެ ދީނާއި ވަޒަނުގެ ހައްޤުގައި މަސައްކަތް ކުރަމުން ދިޔައީ ޖެހިލުން ކުޑަ ކަމާއި ހިތްވަރާއި ޖޯޝާ އެކުގައެވެ.
ފާއިތުވި ދެ އަހަރުގެ ތެރޭގައި ޞާލިޙްގެ ތަފާތު އެކި ވީޑިޔޯތައް ދުނިޔެއަށް ފެނިފައިވާއިރު، އޭނާ ފާހަގަވެފައި ވަނީ މީހުންނަށް އަޅާލައި، ހިތްތިރި އަދި އެހާމެ ހިތްހެޔޮ މީހެއްގެ ގޮތުގައެވެ. އޭނާ ފާހަގަވެފައި ވަނީ ކީރިތި ޤުރުޢާނަށް ލޯބިކުރި މީހެއްގެ ގޮތުގައެވެ. ރީތި ރާގުތަކަށް ޤުރުޢާން ކިޔަވައި، ހަނގުރާމައިގެ ތެރޭގައި ވެސް އޭނާ ދިޔައީ އެ ކިޔެވުންތައް އާއްމުކޮށް އެ ވީޑިޔޯތައް މެދުވެރިކޮށް ޣައްޒާގެ ރައްޔިތުންނަށް ހިތްވަރު ދެމުންނެވެ. ޣައްޒާއާއި ހަނގުރާމައާ ގުޅޭ މަދަހަތައް ވެސް އޭނާ ކިޔާފައިވެއެވެ. ހަނގުރާމައިގެ ތެރޭގައި އޭނާގެ އިޙްސާސްތައް ދެއްކުމަށް އޭނާ ފަސްޖެހިފައެއް ނުވެއެވެ. ކަރުނަ އޮހޮރެމުންދާ ޙާލުގައި ވެސް ޣައްޒާގެ ހަޤީޤީ ޙާލަތު އޭނާ ދިޔައީ ދައްކުވައިދެމުންނެވެ. ހަނގުރާމައިގެ ދުވަސްވަރު ތުއްތު ކުދިންނާއި އެކި ޒަޚަމްތައް ލިބިފައިވާ ކުޑަކުދިންނާ އެކު ކުޅެ، ހީ ސަމާސާކޮށް އެ ކުދިން އުފާކޮށްދިނުމަށް ވެސް އޭނާ ޚާއްޞަ ގޮތެއްގައި މަސައްކަތްކޮށްފައިވެއެވެ.
ޞާލިޙްއަކީ ހަނގުރާމައިގެ ތެރޭގައި ޔަހޫދީން އައްޝިފާ ހަސްފަތާލު ހުސްކުރުމަށް އެނގުމުން އެންމެ ފަހު ވަގުތާ ހަމައަށް ވެސް ހަސްފަތާލުގައި މަޑުކުރި ނޫސްވެރިއެކެވެ. އެ ހަސްފަތާލުން އެންމެ ފަހުން ނިކުތް މީހުންގެ ތެރޭގައި އޭނާ ހިމެނެއެވެ. އޭނާގެ ފަހުގެ ވީޑިޔޯތަކަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެއް ވީޑިޔޯއަކީ ޢުދުވާން ހުއްޓައިލުމާ ގުޅޭ އެއްބަސްވުމުގައި ސޮއި ކުރުމުން، އެހެން ނޫސްވެރިންތަކަކާއެކު ޣައްޒާގެ މަގުތަކުގައި އެ ކަން އިޢުލާނުކޮށް ދަންވަރުގެ ވަގުތުގައި ހިނގައި މަންޒަރު ފެންނަ ވީޑިޔޯއެކެވެ. ޝަހީދުވުމުގެ ކުރިން ދޫކޮށްލާފައިވާ އެއް ވީޑިޔޯގައި އޭނާގެ ޕްރެސް ޖެކެޓު ކުޑަކުއްޖެެއްގެ ގައިގައި އަޅުވައި، ބޮޑެތި މީހުން މަރުވެ ދިޔަސް، އެ މަސައްކަތް ކުރަން ޣައްޒާގެ ކުޑަކުދިން ތިބި ކަމަށް ބުނެ، އެ ކުދިންނަށް އެ މަސައްކަތައިގެން ކުރިއަށް ދިޔުމަށް ހިތްވަރު ދީފައިވެއެވެ.
ޞާލިޙްގެ ވަޞިއްޔަތުގައި އޭނާ ބުނީ އޭނާގެ މަރަކީ ނިމުން ކަމުގައި ނުދެކުމަށެވެ. އަދި މުޅި ދުނިޔެއަށް އޭނާ ފޯރުކޮށްދޭން ބޭނުންވި މެސެޖު ފޯރުކޮދިނުމުގައި ދެމިތިބުމަށް އޭނާ ގޮވާލާފައިވެއެވެ. اللهގެ މަގުގައި ޝަހީދުވުމަކީ އޭނާ ދެކެމުންއައި ހުވަފެނެއް ކަމަށާއި، އޭނާގެ މަރާމެދު ހިތާމަ ނުކުރުމަށް ވެސް އޭނާ ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ފަސްޓްލޭޑީ ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ރަސްމީކޮށް އިއްޔެ ހުޅުވައިދެއްވައިފިއެވެ. މާލޭ ސޯޝަލް...
އިންގްލޭންޑުން ކްރޮއޭޝިއާ ކޮޅަށް 4 ލަނޑު
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ފީފާ ވޯލްޑް ކަޕްގައި އިންގްލޭންޑާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު 4-2 އިން އިންގްލޭންޑް ކާމިޔާބުކޮށްފިއެވެ. މި މެޗުގައި އިންގްލޭންޑްގެ ކެޕްޓަން...
ފެނުނީ އާދައިގެ ޕޯޗްގަލްއެއް، ވަރލްޑްކަޕްގައި ކޮންގޯގެ ފުރަތަމަ ޕޮއިންޓް ޕޯޗްގަލް އަތުން!
(ފޮޓޯ ކްރެޑިޓްސް: ފީފާ) ތިން ގައުމެއްގައި ބާއްވާ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ވާދަކޮށް 1-1...
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
