
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ދިނުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން ޅ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ގާއިމުކޮށްފިއެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށްފައި ނުވާ ރަށްރަށުގެ ރައްޔިތުން މިހާތަނަށް އޭޓީއެމްގެ ޚިދުމަތް ހޯދުން ވެފައި އޮތީ ވަރަށް ބޮޑު ތަކުލީފަކަށެވެ. އޭޓީއެމްގެ ޚިދުމަތް ހޯދުމަށް އެރަށްރަށުގެ ރައްޔިތުން ބޮޑެތި ޚަރަދުތަކެއް އައީ ކުރަމުންނެވެ. ވުމާއެކު އެ ރައްޔިތުން ދެކެމުންއައި ހުވަފެނަކީ އަމިއްލަ ރަށުގައި ތިބެގެން ބޭންކިންގެ ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ ދުވަހަކަށެވެ. ރައްޔިތުންގެ މި ތަކުލީފުތަކަށް ލުއި ހޯދައިދެއްވާ އަމިއްލަ ރަށުގައި ހުރެގެން ބޭންކިންގެ ޚިދުމަތް ހޯދާދެއްވާނެކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އެގޮތުން “މުޅި ރާއްޖޭގައި އޭޓީއެމް ޚިދުމަތް”ގެ ނަމުގައި މިދިޔަ އަހަރު ނޮވެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ޚާއްސަ މަޝްރޫޢެއް ފަށްޓަވާފައެވެ. އެ މަޝްރޫޢުގެ ދަށުން އެންމެ ފަހުން އޭޓީއެމް ޤާއިމްކުރި އަތޮޅަކީ ޅ. އަތޮޅެވެ. އެއަތޮޅުގެ އޮޅުވެލިފުށީގައި އޭޓީއެމްގެ ޚިދުމަތް ދޭން ފެށުމާއެކު އެ އަތޮޅު ހިމެނޭހެން މިހާތަނައް ޖުމްލަ 18 އަތޮޅެއްގައި ވަނީ ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށްފައެވެ. މިހާރު ހުރިހާ ރަށެއްގައި އޭޓިއެމް ޤާއިމްވެފައި ނުވަނީ ލ. އަތޮޅު އަދި އައްޑޫސިޓީއެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ މިމަހު އެ އަތޮޅުތަކުގައިވެސް އޭޓީއެމް ޤާއިމްކޮށް، މުޅި މަޝްރޫޢޫ އެއްކޮށް ނިންމާލުމަށެވެ. އޮޅުވެލިފުށީގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ ރައްރަށުގެ ވިޔަފާރިވެެރިން ނުވަތަ ވިޔަފާރިތަކުން އޭޓީއެމްތަކަށް ފައިސާ ޖަމާކޮށް، ބޭންކިން ނިޒާމުގެ ތެރެއިން އެފައިސާ ދައުރުވާން ފެށުމުން އެކަމުގެ ފައިދާ އެރަށެއްގެ ރައްޔިތުންނާއި އިގްތިޞާދަަށް ކުރަމުންދާކަމަށެވެ.
“ފައިސާ ޖަމާކުރެވުނީމަ އެ ފައިސާ ބެންކިން ނިޒާމުގެ ތެރެއަށް ވެދެގެން ދިޔާމައި އެކި ބޭފުޅުން އަތުގައި ހުންނަ ފައިސާ ކިތަންމެ ކުޑަ މިންވަރެއްވިއަސް ޖަމާވެގެންދިޔާމަ، އިގްތިޞާދަށް އޭގެ ރަނގަޅު އަސަރުތަކެއް ކުރާނެ. ބޭންކިން ސިސްޓަމްތެރެއިން ދައުރުވާން ފަށަނީ. މިއީ ވަރަށް ބޮޑު ފައިދާއެއް ލިބޭނެކަމެއް.” މުހައްމަދު ޝަރީފް ވިދާޅުވިއެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42ބްރާންޗް، 193 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 251 އޭޓީއެމްގެ އިތުރުންއެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީއާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށްއެހީތެރިކަން ފޯރުކޮށްދިނުމެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
