
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އިންޑިއާގެ ތިން ކުންފުންޏަކުން އުފައްދާފައިވާ ތިން ބޭހެއްގައި ވިހަ މާއްދާއެއް ހުރުމާއެކު، އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ. ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، އިންޑިއާގެ ތިން ކުންފުންޏަކުން އުފައްދާފައިވާ ކެއްސުމަށް ބޭނުންކުރާ ތިން ބޭހެއްގައި ވިހަ މާއްދާއެއް ހުރެގެން ބޭސް ބޭނުންކުރުމާއި، ވިއްކުން މަނާކޮށްފައިވާކަމަށް ސައުތް އީސްޓް އޭޝިއާ ރީޖަން ނެޓްވޯކް އިން އެ އޮތޯރިޓީއަށް އެލާޓްކޮށްފައިވާކަމަށެވެ. ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވީ، އެ ތިން ކުންފުންޏަކީ އެ އޮތޯރިޓީއިން ބޭސް އިމްޕޯޓްކުރުމަށް ހުއްދަ ދީފައިވާ ކުންފުނިތަަކެއް ނޫންކަމަށެވެ. އެހެންކަމުން، އެ ކުންފުނިތަކުން އުފައްދާ އެއްވެސް ބޭހެއް ރާއްޖެ އިމްޕޯޓްކޮށްފައިނުވާކަން ޔަޤީންކުރެވިފައިވާކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.
އެހެންނަމަސް އަވައްޓެރި އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސްފަރުވާއަށް ގޮސްއުޅޭ ގައުމަކަށްވެފައި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާއިން ބޭސް އެތެރެކުރާތީ، މިކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އެދިވަޑައިގެންފައެވެ. ރާއްޖެއަށް އެތެރެކުރާ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ވަކިން ޚާޢްސަކޮށް ތުއްތު ކުދިންނަށްދޭ ބޭހުގައި މިހާރު ފާހަގަކުރެވެމުންދާ މައްސަލަތައް ހައްލުކުރުމަށް އެ އޮތޯރިޓީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުން މިހާރުވެސް ކެއްސުމާއި، ރޯގާއަށް ބޭނުންކުރާ ކުޑަކުދިންނަށްދޭ ދިޔާބޭސް އެތެރެކުރާއިރު “ޑައިތެލިން ގްލައިކޯލް” އަދި އެތިލައިން ގްލައިކޯލް” ކެމިކަލް ނުހިމެނޭކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އެ އޮތޯރިޓީން ފާހަގަކުރައްވައެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީންވަނީ މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ އެ އޮތޯރިޓީގެ ހޮޓްލައިން 7200321 އަށް ގުޅުއްވުމަށް އެދިވަޑައިގެންފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
