
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޙައްޤުގައި އޮސްޓްރޭލިޔާގެ ސިޑްނީގެ އިތުރުން ގިނަ ސިޓީތަކުގައި އެތައް ހާސް ބަޔަކު އެއްވެ، އަޑުއުފުލައިފިއެވެ. އެ އެއްވުންތައް އިންތިޒާމުކުރި، ޕަލަސްޓީނިއަން އެކްޝަން ގުރޫޕުން ބުނީ، މިއަދު ސިޑްނީގައި ބޭއްވި އެއްވުމުގައި 30،000 އެއްހާ މީހުން ބައިވެރިވި ކަމަށެވެ. އަދި މިފަދަ އެއްވުންތައް އޮސްޓްރޭލިޔާގެ 27 ސަރަޙައްދެއްގައި ކުރިއަށްދިޔަ ކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ. ނަމަވެސް، މި އެއްވުންތަކުގައި ބައިވެރިވި މީހުން ރަސްމީ އަދަދެއް ފުލުހުން ރަސްމީކޮށް ހާމައެއް ނުކުރެއެވެ. މި ބައިވެރިވުމުގައި ގިނަ ބައިވެރިންވަނީ، ފަލަސްޠީނުގެ ޣައްޒާ ޢުދުވާން ނިމުމަކަށް ގެނައުމަށް ޙަމާސާއި ޔަހޫދީންނާ ދެމެދު އޮކްޓޫބަރު 9ވަނަ ދުވަހު އެކުލަވައިލެވުނު އެއްބަސްވުމަށް ޔަހޫދީން އިޙްތިރާމްކުރާނެކަމުގެ އިތުބާރެއް ނެތް ކަމަށް ބުނެ އަޑުއުފުލައިފައެވެ.
އަދި އެ އެއްބަސްވުން ދެމިއޮތްނަމަވެސް، ޣައްޒާގެ އިތުރުން ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އިސްތިއުމާރުގެ ދަށުން ފަލަސްޠީނުގެ ރައްޔިތުން މިނިވަންކުރަންޖެހޭކަމަށް ވެސް އެ އެއްވުންތަކުގައި ވަނީ ގޮވާލައިފައެވެ. ޣައްޒާގެ ޢުދުވާން ޔަހޫދީންގެ ނިރުބަވެރި ފައުޖުން 7 އޮކްޓޫބަރު 2023ގައި ފެށި ފަހުން، އޮސްޓްރޭލިޔާގައި އެކަމާ ދެކޮޅަށް ގިނަ އެއްވުންތައް ބާއްވައި، ފަލަސްޠީނުގެ ޙައްގުތައް ހިމާޔަތްކުރުމަށް ގޮވާލާފައިވެއެވެ. ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނެވިފައި ވަނީ، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި 67,000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލި ފަހުންނެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
ފަވަރަ ޔޫޕީއައި ގުޅާލުން: މި ނިޒާމު މަސައްކަތް ކުރަނީ ކިހިނެއް؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާގައި ދިރިއުޅޭ އަދި ބޭސްފަރުވާއާއި ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އިންތިޒާމު މަރުކަޒީ...
ވައިގެ ދަތުރުފަތުރުގެ އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށްޓަކައި، އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް...
