
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އަފްޣާނިސްތާނާއި ޕާކިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ވަރުގަދަ ޙަމަލާތަކެއް ބަދަލުކޮށް، ޕާކިސްތާނުގެ ގިނަ އަދަދެއްގެ ސިފައިންނާއި އަފްޣާނިސްތާނުގެ ހަނގުރާމަވެރިންތަކެއް މަރުވުމާ ގުޅިގެން، ސަރަޙައްދީ ރޮނގު ބަންދުކޮށްފިއެވެ. މި ކުރިމަތިލުންތަކުގައި 23 ސިފައިންގެ މީހަކު މަރުވެފައިވާކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފައިވާއިރު، އަފްޣާނިސްތާނުގެ ނުވަ ހަނގުރާމަވެރިން މަރުވިކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ. ނަމަވެސް، ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނީ 200 އަށް ވުރެ ގިނަ އަފްޣާނިސްތާނުގެ ހަނގުރާމަވެރިން މަރާލެވިފައިވާ ކަމަށެވެ. އޭގެ ރައްދުގައި އަފްޣާނިސްތާނުން ބުނަމުންދަނީ، މި ޙަމަލާތަކުގައި މަރާލެވުނު ޕާކިސްތާނުގެ ސިފައިންގެ އަދަދު 58އަށް އަރާ ކަމަށެވެ.
ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރަން ފަށާފައި މި ވަނީ، ކާބުލަށް ދާދި ފަހުން ވައިގެ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. ޠާލިބާނުން ވަނީ އެ ޙަމަލާތަކުގެ ޒިންމާ ޕާކިސްތާނުގެ ކޮނޑުގައި އަޅުވާފައެވެ. ނަމަވެސް، ޕާކިސްތާނުން އެ ޙަމަލާތަކުގެ ޒިންމާ އުފުލާފައެއް ނުވެއެވެ. ޠާލިބާނުންގެ ތުހުމަތުތަކަށް ރައްދު ދެމުން ޕާކިސްތާން ސަރުކާރުން ބުނީ، ޕާކިސްތާނުގައި ހަރަކާތްތެރިވާ ޠާލިބާން ޖަމާޢަތަށް ނިސްބަތްވާ ހަނގުރާމަވެރިންނަށް ކާބުލްގެ ސަރުކާރުން ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެމުންދާ ކަމުގައެވެ. ޕާކިސްތާނުގެ މީޑިޔާތަކުން ބުނީ، އަފްޣާނިސްތާނުގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ހަ ސަރަޙައްދަކަށް ޠާލިބާނުންގެ ފައުޖުން މިއަދުގެ ފަތިހުގެ ވަގުތެއްގައި ޙަމަލާތައް އަމާޒު ކޮށްފައިވާ ކަމުގައެވެ. އަދި، އާޓިލަރީ ބަޑި ފަދަ ހަަތިޔާރު ބޭނުން ކޮށްގެން ޕާކިސްތާންގެ އަސްކަރިއްޔާއިން ޠާލިބާނުންނަށް ވަރުގަދަ ރައްދެއް ދީފައިވާ ކަމުގައި ވެސް މީޑިޔާތަކުން ރިޕޯޓު ކުރިއެވެ.
ޕާކިސްތާނުގެ އޮފިޝަލުން ބުނީ ޑޫރަންޑް ލައިންގެ ނަމުން މަޝްހޫރު، އަފްޣާނިސްތާނާ 2،600 ކިލޯމީޓަރު ސަރަޙައްދީ ރޮނގު ހުރަސްކުރާ ހުރިހާ މަގުތަކެއް ބަންދުކޮށްފައިވާ ކަމަށެވެ. މީގެތެރޭގައި، ސަރަޙައްދީ ރޮނގު ހުރަސްކުރަން ބޭނުންކުރާ މައި މަގުތައް ކަމަށްވާ ޓޯކްހަމް އާއި ޗަމަން، ޚަރުލާޗީ، އަންގޫރު އައްދާ އަދި ޣުލާމް ޚާން މިއަދު ވަނީ ބަންދުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
ފަވަރަ ޔޫޕީއައި ގުޅާލުން: މި ނިޒާމު މަސައްކަތް ކުރަނީ ކިހިނެއް؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާގައި ދިރިއުޅޭ އަދި ބޭސްފަރުވާއާއި ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އިންތިޒާމު މަރުކަޒީ...
ވައިގެ ދަތުރުފަތުރުގެ އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށްޓަކައި، އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް...
