
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގި ޤަތުލުޢާންމުގައި އެ ސަހަރުގެ ރައްޔިތުން ދިރިއުޅޭ ގެދޮރާއި ޢުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަން ފާހަގަކޮށް، އެ ސަހަރު އަލުން އާރާސްތު ކުރުމަށް އެތަކެއް އަހަރެއް ހޭދަވާނެ ކަމުގައި އެކުވެރި ދައުލަތްތައް (އދ)ގެ ޚާއްޞަ ތަޖުރިބާކާރެއް ބުނެފިއެވެ. މި މޭރުމުން ވިދާޅުވެފައި ވަނީ، ގެދޮރުވެރިކަމުގެ ޙައްޤުތަކާ ބެހޭ އދގެ ޚާއްޞަ ރެޕޯޓަރ ބާލްކްރިޝްނަން ރާޖްގޯޕާލެވެ. ޔަހޫދީންގެ ޤަތުލުޢާންމު ހުއްޓުމަކަށް ގެނެސްފައި ވަނީ އޮކްޓޫބަރު 9ވަނަ ދުވަހު ޔަހޫދީންނާއި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާ ދެމެދު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ. އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމާ އެކު، އަމިއްލަ ވަޒަނުން މަޖުބޫރުން ބޭރުކޮށްފައިވާ ޣައްޒާގެ އެތަކެއް ސަތޭކަ ހާސް ރައްޔިތުން ވަނީ އެނބުރި އެ މީހުންގެ ގެދޮރަށް ދިޔުމަށް ދަތުރު ފަށާފައެވެ. ނަމަވެސް، އެ މީހުންނަށް ކުރިމަތިލާން ޖެހިފައި ވަނީ އެ މީހުން ދިރިއުޅުނު ރަށްތަކާއި ގެދޮރު ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ މަންޒަރުތަކާއެވެ.
ރާޖްގޯޕާލް ވިދާޅުވީ ޣައްޒާގެ ހުރިހާ ރަށެއް ސުންނާފަތި ކޮށްލާފައިވާ ކަމުގައެވެ. އަދި، ޣައްޒާގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް ފޭލިގެތަކާއި ވަގުތީ ހިޔާވަހިކަން ޤާއިމު ކޮށްދިނުމަށް ބޭނުންވާ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ވަގުތުން ހުޅުވައިލަން ޖެހޭ ކަމުގައެވެ. “ޣައްޒާގެ ރައްޔިތުންނަށް ތަޙައްމަލު ކުރަން ޖެހިފައިވާ ނަފްސާނީ އަނިޔާ ވަރަށް ބޮޑު، އަދި ޣައްޒާގެ އުތުރުގައި ދިރިއުޅުނު ރައްޔިތުން އެނބުރި އެ މީހުންގެ ގެދޮރަށް ދިޔުމުން އަޅުގަނޑުމެންނަށް ފެންނަމުން ދަނީ އެ މަންޒަރު،” އޭނާ ވިދާޅުވިއެވެ. ޣައްޒާގެ އެންމެ އުތުރުގައި އޮތް ޣައްޒާ ސިޓީން ޔަހޫދީ ސިފައިން ފޭބުމާ އެކު، އެ ރަށުގެ އެތަކެއް ސަތޭކަ ހާސް ރައްޔިތުން އެނބުރި ވަޒަނަށް ދިޔުމަށް ދަތުރު ކުރަމުންދާ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ހިންގަމުން ދިޔަ ޤަތުލުޢާންމުގައި ޔަހޫދީން ވަނީ 67,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައެވެ. އަދި، ޝަހީދު ކޮށްލާފައިވާ އިތުރު 10,000އަށްވުރެ ގިނަ މީހުންގެ ހަށިތައް، ސުންނާފަތިކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމުގައި ޣައްޒާގެ ކަމާ ގުޅޭ އިދާރާތަކުން ލަފާކުރެއެވެ. އދން ބުނީ، ޣައްޒާގެ ރައްޔިތުން ދިރިއުޅެމުން ދިޔަ ގެދޮރާއި އިމާރާތްތަކުގެ ތެރެއިން %92 ވަނީ ސުންނާފަތި ކޮށްލާފައިވާ ކަމުގައެވެ. މި އަހަރުގެ ކުރީކޮޅު ޙަމާސާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ދުވަސްވަރު ވެސް ޣައްޒާއަށް ގިނަ އަދަދެއްގެ ފޭލިގެ ފަދަ ތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ދިނުމަށް ޔަހޫދީން އެއްބަސްވި ކަމުގައި ރާޖްގޯޕާލް ވިދާޅުވިއެވެ. ނަމަވެސް، ޔަހޫދީން އެ ގޮތަށް އަމަލު ކޮށްފައި ނުވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
“އަޅުގަނޑު ފާޅު ކުރަމުން މި ދާ ކަންބޮޑުވުންތަކުގެ އަސްލަކީ އެއީ. ޣައްޒާގެ ސަރަޙައްދީ ހުރަސްތައް އިސްރާއީލުން ކޮންޓުރޯލު ކުރުން ހުއްޓައިލުމުން މެނުވީ ޣައްޒާއަށް އިންސާނީ އެހީ އެތެރެއެއް ނުކުރެވޭނެ. އެ ކަން ކުރުން ވަރަށް މުހިންމު،” ޔަހޫދީންގެ ޖަރީމާތަކާ މެދު ކަންބޮޑުވުން ފާޅު ކުރައްވަމުން ރާޖްގޯޕާލް ވިދާޅުވިއެވެ. ޣައްޒާގެ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރުކޮށް، އެ މީހުންގެ ގެދޮރު ހަލާކު ކޮށްލުމަށް ޔަހޫދީން ހިންގާފައިވާ ޖަރީމާތަކަކީ ޤަތުލުޢާންމެއްގެ ގޮތުގައި ވެސް އޭނާ ސިފަ ކުރެއްވިއެވެ. އަދި، ޣައްޒާ އަލުން އާރާސްތު ކުރުމަށް އެތަކެއް އަހަރެއް ހޭދަވާނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. މިއީ ނަކްބާގެ ދެވަނަ ބާބެއްގެ ގޮތުގައި ވެސް އޭނާ ސިފަ ކުރެއްވިއެވެ. އަލް-ނަކްބާއަކީ 1948ވަނަ އަހަރު ޒަޔަނިސްޓުންގެ ދަޢުލަތް ގާއިމު ކުރަން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ, ގެދޮރު ފޭރިގަނެ، އެ މީހުންގެ ނަސްލު ނައްތައިލުމަށް ޔަހޫދީން ހިންގާފައިވާ ލާއިންސާނީ، އަނިޔާވެރި ޖަރީމާއެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
ފަވަރަ ޔޫޕީއައި ގުޅާލުން: މި ނިޒާމު މަސައްކަތް ކުރަނީ ކިހިނެއް؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާގައި ދިރިއުޅޭ އަދި ބޭސްފަރުވާއާއި ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އިންތިޒާމު މަރުކަޒީ...
ވައިގެ ދަތުރުފަތުރުގެ އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށްޓަކައި، އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް...
