
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކޮޅަށް ލަނޑު ޖެހި ތަޖިކިސްތާނުގެ މުހިންމު ފޯވާޑް ޝަހްރޮމް ޝަމިއޭވް މާދަމާ ކުޅޭ މެޗަށް ސަސްޕެންޑް ވެއްޖެއެވެ. އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗަށް އޭނާ ސަސްޕެންޑްވީ ދެ ރީނދޫ ކާޑު ހަމަވުމުންނެވެ. ޝަހްރޮމް އަކީ މިވަގުތު ތަޖިކިސްތާނުގެ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމުގެ އެންމެ މުހިންމު ފޯވާޑެވެ. އިސްކޮޅުން ދިގު ފޯވާޑް ވަނީ މިހާތަނަށް ގައުމީ ޓީމަށް 39 މެޗު ކުޅެދީ ނުވަ ގޯލު ޖަހައިދީފަ އެވެ. އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ކުޅެނީ އުޒުބަކިސްތާން ލީގުގަ އެވެ.
މި ދެ ގައުމު މާދަމާ ކުޅޭ މެޗަކީ ރާއްޖެ އަށް ވަރަށް މުހިންމު މެޗެކެވެ. ކޮލިފައިންގައި ރާއްޖެ އަށް އިތުރަށް ކުރިއަށް ދެވޭނީ މި މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. މި މެޗަށް ނުކުންނައިރު ރާއްޖެ އޮތީ ހަތަރު ޓީމު ހިމެނޭ ގްރޫޕުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ޓޭބަލުގެ ފުލުގަ އެވެ. އެއްވަނާގައިވަނީ ޖުމުލަ ހަތް ޕޮއިންޓް ލިބިގެން ތަޖިކިސްތާނެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އީސްޓީމޯރާއި ފިލިޕީންސެވެ.
ތަޖިކިސްތާނު މެޗަށް ތައްޔާރުވުމަށާއި ގައުމީ ޓީމަށް ތަރުހީބު އިތުރު ކުރުމަށް އެފްއޭއެމުން ވަނީ މަސައްކަތް ފަށައިފަ އެވެ. މި ގޮތުން ހުކުރު ދުވަހު ވަނީ ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވައިފަ އެވެ. މި ހަރަކާތުގައި ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ބައިވެރިވި އެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
