
މި ސީޒަނަށްފަހު ޕޮލަންޑުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ދޫކޮށްލަން ބާސެލޯނާއިން ނިންމައިފިއެވެ. އުމުރުން 38 އަހަރުގެ ފޯވާޑް މިހާރު ކުޅެމުންދަނީ ބާސެލޯނާގައި ތިން ވަނަ ސީޒަނެވެ. އޭނާ ވަނީ މިހާތަނަށް 156 މެޗުން ބާސެލޯނާ އަށް 105 ގޯލު ޖަހައިދީފަ އެވެ. 2022 ވަނަ އަހަރު ބަޔާން މިއުނިކުން ބާސެލޯނާ އަށް ބަދަލުވި ފޯވަޑްގެ ކޮންޓްރެކްޓުގައިވާ ގޮތުން ދެ ފަރާތުން އެއްބަސްވާނަމަ އިތުރު އަހަރަކަށް އޭނާގެ ކޮންޓްރެކްޓް ދަންމާލެވިދާނެ އެވެ. ނަމަވެސް ބާސެލޯނާއިން މި މާއްދާއަށް އަމަލު ނުކުރަން ނިންމީ ކުރިއަށް އޮތް ސީޒަނަށް މޮޅު ޒުވާން ފޯވާޑަކު ގެނައުމަށްޓަކަ އެވެ.
ލެވަންޑޯސްކީ ދޫކޮށްލަން ބާސެލޯނާއިން ބޭނުންވި މައިގަނޑު ސަބަބަކީ އުމުރުން ދުވަސްވެ އޭނާގެ ކުޅުން މަޑުމަޑުން ދަށްވާން ފެށުމެވެ. އަދި ކުރީގެ މޮޅު ކުޅުން އެއްފެންވަރެއްގައި ދަމަހައްޓަން އޭނާ އަށް ދަތިވަމުންދިއުމެވެ. އޭގެ ތެރޭގައި ގާތްގާތުގައި ގިނަ ހާނިއްކަތަކެއްވެ ނުކުޅެ ހުންނަންޖެހޭ މެޗުތައް ވެސް ގިނަވަމުންދިއުން ހިމެނެ އެވެ. ޕޮލެންޑްގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ލެވަންޑޯސްކީ އެންމެ ފުރަތަމަ ވިދާލީ ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑްގަ އެވެ. އެއަށްފަހު އޭނާ އެންމެ ބޮޑަށް ވިދާލީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކްގަ އެވެ. އެ ކުލަބުގައި އޭނާ ވަނީ ޔޫރަޕުގެ ރަންބޫޓު ވެސް ދެ ފަހަރު ހާސިލްކޮށްފަ އެވެ.
ކޮންޓްރެކްޓް އާ ނުކުރަން ބާސެލޯނާއިން ނިންމި ނަމަވެސް މިހާތަނަށް ލެވަންޑޯސްކީ މިކަމާމެދު ވަކި އެއްޗެއް ނުބުނެ އެވެ. އޭނާ ލައްވައި ކުޅުވަން އެމެރިކާ އާއި ހާއްސަކޮށް ސައޫދީ އަރަބިއާގެ ކުލަބުތަކުން ބޭނުންވެ އެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
