
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދެނަމާދު ދޭތެރޭ ވަގުތުގައި [މަޣުރިބު ނަމާދާއި އިޝާ ނަމާދާ ދެމެދު] ގުރުއާން ކިޔެވުމަކީ ރާއްޖޭގައި ކުރިން އޮތް ވަރަށް ރަނގަޅު އާދައެއް ކަމަށާއި އެ އާދަ އަލުން އިޔާދަކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. ގުރުއާއާން ކިޔެވުމުގެ މި އަހަރުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމުދޭން، އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މަޣުރިބު ނަމާދަށް ފަހު، އިޝާނަމާދާ ދެމެދު ގުރުއާން ކިޔެވުމުގައި ކުދިންނާއި މައިންބަފައިން މަޝްއޫލުވެ އުޅުނު އުޅުން މިހާރު ގާތްގަނޑަކަށް ނެތިގެން ގޮސްފައިވާ ކަމަށެވެ. އެކަން ނެތިގެން ދިޔައީ މީހުން ބިޒީ ވުމާއި އެކިއެކި ސަބަބުތަކާ ހެދި ކަމަށާއި ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
“ވަގުތަކީ ވަރަށް ކުޑަ އެއްޗެއް. އެންމެން ވެސް ވަރަށް ބިޒީ. އެކި ކަންމުގައި، އާމްދަނީ ހޯދަން، ކުދިންނަށް ކިޔަވައިދޭން، ނޫނިއްޔާ ކުޅިވަރު ކުޅުމުގައި. ދެން ކިޔާނެ ކަމެއް ނެތް އެކި ކަންކަމުގައި ވަރަށް ބިޒީ. އެހެން ނަމަވެސް އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭން ޖެހޭ ކަންކަމުގައި ވަގުތު އޮންނަން ޖެހޭނެ،” ރައީސް މުއިއްޒު ވިދާޅުވި އެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އެ މަނިކުފާނު ވިދާޅުވީ އެންމެ އިސްކަންދޭން ޖެހޭނީ އިސްލާމްދީނުގައި ކުރަން އަންގަވާފައިވާ އަޅުކަންތައް ކުރުމާއި ގުރުއާން ކިޔެވުން ފަދަ ކަންކަމަށް ކަމަށެވެ. އެ ކަންކަަމަށް ފަރުވާކުޑަކޮށް ފަހަތަށް ދޫކޮށްލައިފި ނަމަ މުޖުތަމައުގައި އުފާފާގަތިކަމެއް ނޯންނާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. “އެހެންވީމާ އަަޅުގަނޑުމެން އިސްކަމެއް ދޭން ޖެހޭ ކުރީގައި މިހެން ހުރި ރީތި އާދަތައް އަނބުރާ ގެންނަން. މަޣުރިބު ނަމާދުކޮށްގެން، އިޝާނަމާދާ ދޭތެރޭގައި ތަރުތީބު ކޮށްގެން އަޅުގަނޑުމެން ވަގުތު ހުސްކުރަން އެބަ ޖެހޭ ކިޔަވަން،” ރައީސް ވިދާޅުވި އެވެ. އެއީ އެހެން ނަމަވެސް އެ ގަޑީގައި އެކަނި ކިޔަވަން ނޫން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރީތިކޮށް ގުރުއާން ކިޔަވަން ކުދިން ހޭނުމަށްޓަކައި ހުރިޙާ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރަން ސްކޫލްތަކުގެ ވެރިންނަަށާއި ބެލެނިވެރިންނަށް އެ މަނިކުފާނު އިލްތިމާސް ކުރެއްވި އެވެ. ނަމާދުތަކަށް ސަމާލުވެ، ކިރިޔާ ވެސް ދެން އޮތް ނަމަ ޖަމާއަތަކަށް ނަމާދަށް ދާން ވެސް ރައީސް މުއިއްޒު އިލްތިމާސް ކުރެއްވި އެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
