
ބުރާސްފަތި ދުވަހު އަމިއްލަ ދަނޑުގައި ރާއްޖެ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް، އެ މެޗުގައި ގިނަ ލަނޑުތަކެއް ޖެހޭނެ ކަމަށް ތަޖިކިސްތާނުގެ ކޯޗު ގޯރާން ސްޓެވަންކޮވިޗް ބުނެފިއެވެ. އޭނާ މިހެން ބުނީ މި ދެ ގައުމު އަންގާރަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. ކޯޗު ބުނީ ފުރަތަމަ މެޗުގައި ގިނަ ފުރުސަތުތަކެއް ނަގާލެވުމުން ގިނައިން ފަރުތަކުރީ އެޓޭކްތައް ރަނގަޅު ކުރަން ކަމަށެވެ. “ފުރަތަމަ މެޗުގައި ރާއްޖެ ދެ ގޯލު ޖެހުމަކި ކުޑަކޮށް ނުތަނަވަސްވި ކަމެއް. ސަބަބަކީ އަހަރުމެންނަށް ވަރަށް ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބިފައިވުން. އަހަރުމެންނަށް ވަރަށް ގިނަ ފުރުސަތުތައް ގޯލަކަށް ބަދަލުކޮށް ނުލެވުނު. މިހެންވެ އަހަރުމެން މި މެޗަށް ތައްޔާރުވާން އެންމެ މުހިންމުކޮށް ކުރި ކަމަކީ ވެސް އެޓޭކިން ޑިޕާޓްމަންޓްގައި ހުރި އުނިކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރުން،” ކޯޗު ބުންޏެވެ.
އޭނާ އަދި ބުނީ އަމިއްލަ ދަނޑުގައި ރާއްޖެއާ ދެކޮޅަށް ނުކުންނައިރު ތަޖިކިސްތާން ޓީމުގެ އެހެން ޑިޕާޓްމަންޓްތަކުގައި ވެސް ރަނގަޅު ކުރަންޖެހޭ ކަންކަން ހުރި ކަމަށެވެ. “އަހަރެންނަށް ޓީމާއެކު ފަރިތަކުރަން ލިބުނީ އެންމެ ތިން ދުވަސް. މިހެންވެ އެހާ ކުރު މުއްދަތަކުން ކަންކަން ރަނގަޅު ނުކުރެވޭނެ. އެކަމަކު މެޗުގައި އަހަރެންނަށް ފެނުނު ޓީމުގެ ކުޅުންތެރިންގެ ފަރާތުން ވަރަށް ގިނަ ރަނގަޅު ކަންކަން. އެހެންވީމާ މަޑުމަޑުން ކަމަކަށްފަހު ކަމެއް ރަނގަޅު ކުރެވެމުންދާނީ،” މިދިޔަ މަހު ފަހުކޮޅު ޓީމާ ހަވާލުވި ކޯޗު ބުންޏެވެ.
ތަޖިކިސްތާން ޓީމު އަންގާރަ ދުވަހުގެ މެޗަށް އިއްޔެ ވަނީ ރާއްޖެ އައިސްފަ އެވެ. އަދި އެ ޓީމުގެ ފުރަތަމަ ޕްރެކްޓިސް އިއްޔެ ވަނީ މާފަންނު ޓާފް ދަނޑުގައި ކުރިއަށް ގެންގޮސްފަ އެވެ. މި މެޗަށް ނުކުންނައިރު ރާއްޖެ އޮތީ ހަތަރު ޓީމު ހިމެނޭ ގްރޫޕުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ޓޭބަލުގެ ފުލުގަ އެވެ. އެއްވަނާގައިވަނީ ޖުމުލަ ހަތް ޕޮއިންޓް ލިބިގެން ތަޖިކިސްތާނެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އީސްޓީމޯރާއި ފިލިޕީންސެވެ. ތަޖިކިސްތާނު މެޗަށް ތައްޔާރުވުމަށާއި ގައުމީ ޓީމަށް ތަރުހީބު އިތުރު ކުރުމަށް އެފްއޭއެމުން ވަނީ މަސައްކަތް ފަށައިފަ އެވެ. މި ގޮތުން އިއްޔެ ވަނީ ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވައިފަ އެވެ. މި ހަރަކާތުގައި ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ބައިވެރިވި އެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
