
އެކައުންޓިންގ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި، މިދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް ތައްޔާރަށް ތިބޭނެކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގައި ބާއްވާ އެކައުންޓިން ދާއިރާގެ އެންމެ ބޮޑު ފޯރަމްކަމަށްވާ ” މޯލްޑިވްސް އެކައުންޓެންޓްސް ޕޯރަމް 2025″ ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. ދިވެހިރާއްޖޭގައި ބާއްވާ އެކައުންޓިންގ ދާއިރާގެ އެންމެ ބޮޑު ފޯރަމްކަމަށްވާ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމަކީ ރާއްޖޭގައި މަސައްކަތްކުރާ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ މެދުގައި ޢިލްމު ހިއްސާކުރުމާއި، މަޝްވަރާ އުފެއްދުމާއި، ފަންނީ ތަޖުރިބާ އިތުރުކުރުމަށް ބާއްވާ ފޯރަމެކެވެ.
މިފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގެ މާލީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނަމުންދާއިރު، އެއް ކަމެއް ބަދަލުނުވެ ދެމިއޮތްކަމަށެވެ. އެއީ އިތުބާރުގެ މުހިންމުކަންކަމަށް ވަޒީރު ވިދާޅުވިއެވެ. “އިތުބާރަކީ އަޅުގަނޑުމެންގެ މާލީ ނިޒާމު ގުޅުވައިދޭ އެއްޗެއް. އަދި އެ ފެށެނީ އެކައުންޓަންޓުންގެ މަސައްކަތުން. އިތުބާރުހުރި މާލީ މަޢުލޫމާތުގެ ސަބަބުން ބޭންކުތަކަށް ޒިންމާދާރުކަމާއެކު ލޯނު ދޫކުރެވޭ. އިންވެސްޓަރުންނަށް ރަނގަޅު ނިންމުންތައް ނިންމޭނެ. އަދި ސިޔާސަތު އެކުލަވާލާ ފަރާތްތަކަށް އިތުބާރާއެކު ޕްލޭންކުރެވޭނެ.” މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ. އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް މޯލްޑިވްސްގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ސީއޭ މޯލްޑިވްސްއަކީ ހަމައެކަނި ރެގިއުލޭޓަރެއް ނޫން ކަމަށާއި، އެއީ ރާއްޖޭގެ މާލީ ދާއިރާގެ އިތުބާރާއި ތެދުވެރިކަން ރައްކާތެރިކޮށްދޭ ފަރާތެއް ކަމަށެވެ. އަދި އޮޑިޓްގެ ފެންވަރާއި، އަޚްލާޤީ މިންގަނޑުތައް މަތިކުރުމަށް އެއިންސްޓިޓިއުޓުން ކުރަމުންދާ މަސައްކަތާއެކު، ރާއްޖޭގެ މާލީ ނިޒާމު ބިނާވެފައިވާ އަސާސް ވަރުގަދަކުރާކަން ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، އެކައުންޓިންގ އަދި ރިޕޯޓިންގ މިންގަނޑުތަކުން ކްރެޑިޓް ރިސްކް އެސެސްކުރުމަށާއި، ކޮމްޕްލަޔަންސްކަން ކަށަވަރުކުރުމަކީ ހަމައެކަނި އެއް މުއައްސަސާއަކުން ކުރަމުންދާ މަސައްކަތުން ހާސިލްކުރެވޭނެކަމެއް ނޫންކަމަށެވެ. އަދި މިކަމަށް ސަރުކާރުގެ އިތުރުން މި ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ. މިރަސްމިއްޔާތު ނިންމަވާލައްވަމުން ވަޒީރު ވަނީ އެކައުންޓިންގ ޕްރޮފެޝަނަލުންގެ ދައުރު ފުޅާކޮށް، ޤައުމު ތަރައްޤީކުރުމުގައި އެ ފަރާތްތަކުގެ ދައުރު އަދާކުރުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
