
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން)
ޤައުމީ އެއާލައިން މޯލްޑިވިއަނުން ކޮޗިން އަދި ޓްރިވެންޑްރަމަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގު ހެޔޮކޮށް، ޚާއްޞަ ފެއާއެއް ތަޢާރަފުކޮށްފިއެވެ. މި ފެއަރގެ ދަށުން އިންޑިއާއަށް ދަތުރުކުރުމަށް ބޭނުންކުރާނީ އެއަރބަސް އޭ320 ބޯޓުކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ. މޯލްޑިވިއަނުން ވިދާޅުވީ، ޓިކެޓުގެ އަގު ހެޔޮކުރުމާއެކު، ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، ރާއްޖެއާއި ދެކުނު އިންޑިއާއާ ދެމެދު ދަތުރުކުރުމަށް އިސްކަންދޭ އެއާލައިނެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
އެގޮތުން މި މަސައްކަތުގެ ދަށުން މޯލްޑިވިއަނުން ކޮޗިން އަދި ޓްރިވެންޑްރަމަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގު ހެޔޮކޮށް، ޚާއްޞަ ފެއާއެއް ތަޢާރަފުކޮށްފައިވާކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ. އަދި މި ފެއަރއާއެކު ކޮޗިންއަށް ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގު ފެށޭނީ 176 އެމެރިކާ ޑޮލަރުން ކަމަށާއި، ތިރުވަނަންތަޕުރަމަށް ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގު ފެށޭނީ 232 އެމެރިކާ ޑޮލަރުން ކަމަށް އެއާލައިނުން ވިދާޅުވިއެވެ.
Malé ↔️ Cochin
From Malé to Cochin 🌸 travel the easy way. Enjoy the comfort, warmth, and peace of mind that only Maldivian brings to every flight ✈️ #MaldivianAero pic.twitter.com/KMmxZwAgH5
— MaldivianAero (@MaldivianAero) October 10, 2025
މޯލްޑިވިއަނުން ވިދާޅުވީ، މި ބަދަލާއެކު ފަސިންޖަރުންނަށް ލިބޭ އިތުރު ފައިދާތަކުގެ ތެރޭގައި، އޭ320 ފްލައިޓްގެ އިކޮނޮމީ ކްލާހުގައި 20 ކިލޯގެ ހިލޭ ބެގޭޖް އެލަވަންސްއާއި، ކޮމްޕްލިމަންޓްރީ ހޮޓް މީލް އަދި ބުއިންތައް ހިމެނޭކަމަށެވެ. އަދި ޕްރިމިއަމް އިކޮނޮމީ ކްލާހުގައި 30 ކިލޯގެ ބެގޭޖް އެލަވަންސްއާއި، އަވަސް ޗެކް-އިން ޚިދުމަތާއި، ޓިކެޓުގެ ދުވަސް ބަދަލުކުރުމުގެ ފުރުސަތު އިތުރު އަގަކާ ނުލައި ލިބޭނެކަމަށްވެސް މޯލްޑިވިއަނުން ވިދާޅުވިއެވެ. މީގެ އިތުރުން، މި ބަދަލަކީ ހަމައެކަނި ވިޔަފާރިއަށް ފައިދާވާ ކަމެއް ނޫންކަމަށާއި، މިއީ މުޅި ގައުމަށް، އަދި ވަކިން ޚާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއްކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ. އަދި މީގެ ސަބަބުން ދެކުނު އިންޑިއާއިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، އެކި ބޭނުންތަކުގައި ދަތުރުކުރާ މީހުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް އެއެއަރލައިނުން ފާހަގަކުރެއްވިއެވެ.
Malé ↔️ Trivandrum
Your trip from Malé to Trivandrum 🌤️ deserves more than the basics. With Maldivian, everything that makes flying feel right is already included ✨#MaldivianAero pic.twitter.com/4tOQUTBgKY
— MaldivianAero (@MaldivianAero) October 10, 2025
މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 25 މަތިންދާބޯޓު ހިމެނެއެވެ. މީގެ ތެރޭގައި ވައިޑް-ބޮޑީ އެއަރބަސް އޭ330، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ މަތިންދާބޯޓަކާއި، އޭޓީއާރު މަރުކާގެ 5 މަތިންދާބޯޓަކާއި، ޑޭޝް 8 މަރުކާގެ 8 މަތިންދާބޯޓާއި، އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
